އިންޑިއާއަށް ނިސްބަތްވާ ސިންގ ނަރުކާ ނަމަކަށް ކިޔާ މީހަކަށް ބޮޑު ހައިރާން ކަމެއް ލިބިގެންދިޔައީ، އޭނާ ރަޖަސްތާން ހައިވޭ މަތިން ދަތުރު ކުރަމުން ދަނިކޮށް، ބަނޑަށް ޖެހިފައިވާ މީހަކު މަގުމަތީގައި މަރުވެފައި އޮތް ކުއްތާއެއް ކަމުންދާ މަންޒަރު ފެނުމުންނެވެ.

ކޮވިޑް-19 އާ ހެދި އިންޑިއާ ފުރަބަންދުކޮށްފައިވާ މި ދަނޑިވަޅުގައި، އެތައް ބަޔަކު ކާ އެއްޗެހި ނުލިބި މަގުމަތީގައި ތިބޭ މަންޒަރުތަކުގެ ފޮޓޯތަކާއި ވީޑިއޯތައް މީސް މީޑިއާގެ ސަމާލުކަމަށް އައިސްފައި ވެއެވެ.

އެގޮތުން ނަރުކާގެ އެ ވީޑިއޯގައި، ނަރުކާ ވަނީ އެ މީހާ މަގުމަތީގައި އިނދެ ކުއްތާ މަސް ކަމުންދާ ކަމަށް ބުނެފައެވެ.

"ކާނެ އެއްޗެއް ނެތީތަ؟ ކޮން އެއްޗެއް ތިކަނީ؟. ތި ކައިގެން މަރުވެދާނެ" އޭނާ އެމިހާއާ ދިމާއަށް ބުނެއެވެ. އަދި އޭނާ ވަނީ އެ މީހާ ކައިރީގައި މަގުގެ އެއް ފަރާތެއްގައި މަޑު ކުރުމަށް އެދިފައެވެ. އޭނާ ވަނީ އެ މީހާއަށް ކާއެއްޗެއްސާއި ފެންފުޅިއެއް ދީފައެވެ.

އަދި އެ މީހާ ކާން އިންނަ މަންޒަރުވެސް އޭނާ ވީޑިއޯއިން ފެނެއެވެ. ނަރުކާ އެ މީހާ ކައިރިން އޭނާގެ ހާލަތު އޮޅުން ފިލުވައެވެ. އޭނާއަށް ފައިސާ ދޭނެ ކަަމަށް ވެސް ނަރުކާ ބުންޏެެވެ.

"އަހަރެންނަށް ފެނުނީ މި މީހާ މަގުމައްޗަށް މަރުވެފައި އޮތް ކަމަށް ބެލެވޭ ކުއްތާއެއް ކާން އިންދާ، އަހަރެން ދިއްލީއަށް ދިޔަ މަގުމަތީ އެ މަންޒަރު ފެނުނުއިިރު، އަދި މަގުމަތިން މިފަދަ މީހަކު ފެނިއްޖެ ނަމަ އެހީތެރިވެދީ". އެ ޒުވާނާ ބުންޏެވެ.

އެ ވީޑިއޯ މީސް މީޑިއާގެ ސަމާލުކަަމަށް އައިސް ގިނަބަޔަކު ދަނީ އިންޑިއާގެ ސަރުކާރަށް ފާޑުތައް ކިޔަމުންނެވެ. އަދި މިފަދަ ފަރާތްތަަކަށް އެހީތެރިވުމަށް ދަނީ ގޮވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ޥVvޗ

  އިންޑިޔަ ެ ެެެެެެެެެ ރައްޔިތުން ވެސް އެހުރި ލިޔެފަ ޝެމްލެސް ބިޖެޕި

  42
 2. ސާ

  އަދިވެސް އަމިއްލަ ގައުމުގެ އެތައް ބަޔަކު ބަނޑަށް މަރުވާއިރުވެސް އެހެން ގައުމުތައް އަޅުވެތި ކުރުމަށް މިލިއަން ޑޮލަރުގެ އެހީހާއި އެތައް މިލިއަން ޑޮލަރެއްދީ. ހެޔޮ ނުވާނެ އަމިއްލަ ގައުމުގަ ތިބި ނިކަމެތިންނަށް އެ ފައިސާ ހޭދަކުރޭ. އޭރުން ގައުމަށް ވާނީ ފައިދާ

  87
  1
 3. ޔާޔާ

  އަ މިއްލަ ޤައު މުގެ މީހުން ބަނޑަށް މަރުވަނީ. އެކަ މަކުވެސް މޯދީބަލަނީ އެހެން ޤައު މުތަކަަށް އެއްޗެހިދީގެން އެ މީހުންގެ ބާރުގެދަށަށް އެހެން
  ޤައު މުތަށް ގެނެވޭތޯ

  67
 4. އޭނާ

  ހިތާ މަޔަކީ މި ދޭހުން ފެންނަ ޢިބްރަތްތައް ނުވިސްނޭކަން
  މިތާ ޢާފިލްވެގެން ތިއްބާ ޒުވާންކަން ގެއްލި ނި މިދާކަން

  57
 5. އެމަންޖެ

  އަންނި ބޭނުންވާނެ ދިވެހި ރައްޔިތުންވެސް މިހާލުގަ އުޅެން.

  43
  11
 6. މައުނާ

  މޯދީ ކަންދައްކަން ވެގެން އުޅެނީ މާރަނގަޅެއްނުން އަމިއްލަ ގައުމުގެ މިހުންނަ އެހީ ވިއްޔާ އޭނަ އަތުން ނުވާނެ އެއްވެސް އެހީއެއް ހޯދަން މިވެސް އަމިއްލަ ގައުމުގަ ރައްތުން ބޭކާރުކޮއްލާ.މީހެއް މި ވަރު މީހެއް ނެތިގެން ރާއްޖެއިން ވެސް އުޅެނީ

  22
  1
 7. ރޯދަ މުބާރިކް

  މުޅަ ކުއްތާމަސް ކޭ މީހާ ކުއްވެރި ކުރަމާ ކޮންމެވެސް ޕޮލިސީއެއްގެ ދަށުން!

  18
  3
 8. ޢަންސާރު

  ނަރެންދްރަ މޯދީ އަކީ މުޅި ސިންދު ކަރައިގަ ވަރުގަދަ ހަގުރާމައެއް ފަށާނެ ޝައިތާނަކަށް ވާނެ

  26
 9. ނަންނުގަތި

  ގައުމުގެ ރައްޔިތުންނަށް ކާންބޯން ނުދެވުނަސް ސިޔާސީއެދުމުގާ ރާއްޖެއަށް އެހީވެވޭތޯބަލަ

  29
 10. ދަރަނި ދަންތުރަ

  ކޮބާ މިގަމުގެ މޯދީ އާ ލޮލާލޯ ދިމާވާ ބޭފުޅާ މިކަމާ ބަޔާނެއްނުނެރޭތަ އިބޫ ބުނަނީ ކީކެބާ ؟ މިހެރަ ފެއްނަނީ މޯދީގެ އޯގާތެރިކަން ދެން ކިހެނެއްތޯ އިންޑިޔާގެ އެހީގައި ދިވެހިންތަރަށްގީ ހާސިލް ކުރާނީ ، މިމަންޒަރުން މިކިޔަދެނީ ކިހާގިނަ ވާހަކަތަކެއްތޯ 2 ހެލިކޮޕުޓަރާ 100 ސިފައިން ގެންދޭ ގެންދޭ ގެންދޭ...

 11. ދަރަނި ދަންތުރަ

  ނަފުސާނީ ބަލިމީހަކަށް ހަދާފައި ހަތަރެސްފައިގަ ބިޑިއަޅުވާފައި ބަހައްޓާނީކީނޫން މޯދީ ރައްޔިތުންގެ ހާލުބަލާ އެހީވެބަލަ އެހެން ގައުމުތަކުގައި މިލިޓަރީބޭސް ހަދަން ކަތިފައިނުވިއްދަބަލަ އިންޑިޔާ ރައްޔިތުން ބަނޑުފުރޭވަރުކޮށްބަލަ...

 12. ސޯބެ

  އަމިއްލަ ދީން ދޫކޮށް އިސްލާމްދީނައް މޯދީ ވަދެބަލަ އަމިއްލަ ގައުމުދޫކުރާމީހުންވީމަ ހަމަރަގަޅު ވާނެދޯ/