އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިސްނައި ނުލައި ދައްކާ ބައެއް ވާހަކަތަކުގެ ސަބަބުން ވައިޓްހައުސްގެ ތަރުޖަމާނުން އަބަދުވެސް ޖެހެނީ އެކަމުން ދިފާޢު ވުމަކަށް މޮޅު ދޮގުތަކެއް ހަދާށެވެ. ބަރަހަނާ ފިލްމް ކުޅޭ އަންހެނަކާއި ޓްރަމްޕް ސިއްރު ލޯބީގެ ގުޅުމެއް ބޭއްވި ކަމަށް ވާހަކަ ދެކެވޭތާ މިހާރު ދެތިން މަސް ވެއްޖެއެވެ. އެވާހަކަތަކަށް ޓްރަމްޕް ދިޔައީ ވަރަށް ބޮޑަށް އިންކާރު ކުރަމުންނެވެ.

ނަމަވެސް ބަރަހަނާ ފިލްމް ކުޅޭ އަންހެން މީހާ ދައްކަމުންދާ ވާހަކަތައް ހޫނުވެ އެންމެ ފަހުން އެފްބީއައި އިން އެމައްސަލަ ތަޙްޤީޤު ކުރަން ފަށާ ޓްރަމްޕްގެ އެންމެ ގާތް ޤާނޫނީ ވަކީލާއި ސުވާލު ކުރާ ހިސާބަށް ކަންތައްތައް ދިއުމުން ޓްރަމްޕް އަށް ވެސް އަނގަ މަޑުކޮށް ގެން ހުރެވޭ ގޮތެއް ނުވިއެވެ.

އެންމެ ފަހުން ޓްރަމްޕް މިވަނީ ބަރަހަނާ ފިލްމް ކުޅޭ އަންހެން މީހާ އާއި ސިއްރު ގުޅުމެއް އޮތް ކަމަށް ނުސީދާ އިއުތިރާފެއް ވެފައެވެ. ޓްރަމްޕް މިއަދު ބުނީ އެއަންހެން މީހާ އަށް ޓްރަމްޕްގެ ޤާނޫނީ ވަކީލު ދީފައިވާ ފައިސާ އަކީ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ފައިސާއޭ އެއްވެސް ބަޔަކު އެބަ ކިޔައި ހެއްޔެވެ؟ ޓްރަމްޕް ބުނީ އޭނާގެ ޤާނޫނީ ވަކީލު ބަރަހަނާ ފިލްމް ކުޅޭ އަންހެން މީހާ އަށް ފައިސާ ދިން ކަން އެނގޭ ކަމަށާއި ނަމަވެސް އެފައިސާ އަކީ އޭނާ ކެމްޕޭނަށް ހޯދާފައި ހުރި ފައިސާ ނޫން ކަމަށެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓުން އެއްކުރާ ފައިސާ ޚަރަދު ކުރަން ޖެހޭނީ ހަމައެކަނި ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށެވެ. އިތުރު ކަމަކަށް އެފައިސާ ޚަރަދުކޮށްފި ނަމަ އެކަން ކުރި ކެންޑިޑޭޓަކު ކުށްވެރި ވާނެއެވެ. އެހެންކަމުން ޓްރަމްޕް ކެމްޕޭން ފައިސާ ބަަރަހަނާ ފިލްމް ކުޅޭ އަންހެން މީހާ އަށް ޚަރަދު ކޮށްފައިވާނަމަ ޓްރަމްޕް ކުށްވެރި ވާނެއެވެ.

އަމިއްލަ ދިފާޢުގައި ވާހަކަ ދައްކަން އުޅެނިކޮށް ޓްރަމްޕް މިވަނީ އަނެއްކާވެސް މަޅިއެއްގައި ބެލިފައެވެ. އޭނާގެ މުޝީރުންނާއި، ތަރުޖަމާނުންނަށް މިއޮތީ ޓްރަމްޕް މިމަޅިން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަން ޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު