އިންޑިއާގެ ވެތެރަން އެކްޓްރަސް މުމްތާޒް މަރުވެއްޖެކަމަށް ބުނެ އަނެއްކާވެސް ހަބަރުތަކެއް ފެތުރެން ފަށައިފިއެވެ. މިދިޔަ ހުކުރު ދުވަހު އޭނާގެ މަރުގެ ވާހަކަތައް ދެކެވެން ފެށުމާއެކު، އޭނާ މަރުނުވާ ކަން އޭނާގެ ދަރިފުޅު ތަންޔާ މަދްވަނީ ވަނީ ޔަގީންކޮށްދީފައެވެ.

މިވަގުތު މުމްތާޒް ހުރީ އޭނާގެ އަންހެން ދަރިންނާއެކު ލަންޑަންގައެވެ. އުމުރުން 73 އަހަރުގެ އެކްޓްރެސް މުމްތާޒްގެ ދަރިފުޅު އިންސްޓަރްމާގައި އާއްމު ކުރި ވީޑިއޯގައި،މުމްތާޒް ވަނީ އޭނާގެ ހާލު ރަނގަޅު ކަމަށާއި، އެއީ ދޮގު ވާހަކަތަކެއް ކަމަށް ބުނެއެވެ.

"އަހަރެންގެ ހުރިހާ ފޭނުންނަށް. އަހަރެން ވަރަށް ލޯބިވޭ ތި އެންމެން ދެކެ، ބަލާބަ؟، އަދި އަހަރެން މަރެއް ނުވޭ. އަހަރެން ދުނިޔޭގައި އެބަ ހުރިން. އަހަރެން އަދި އެހާ މުސްކުޅިއެއް ނޫން އެ މީހުން ބުނާވަރަށް.". އޭނާ ބުނެފައި ވެއެވެ.

https://www.instagram.com/p/CAfAS7PHp_3/?utm_source=ig_embed

2010 ވަނަ އަހަރު ކެންސަރު ޖެހުނު މުމްތާާޒް އާ ގުޅޭގޮތުން އޭނާގެ ދަރިފުޅު އެ ވީޑިއޯ އާއްމު ކުރިއިރު، އޭނާގެ ދަރިފުޅުވެސް ވަނީ މަންމަގެ މަރާއި ގުޅޭގޮތުން އަނެއްކާވެސް ވަހަކަތަކެއް ދެކެވެމުންދާ ކަމަށް ބުނެފައެވެ.

އަދި މަންމަގެ ސިއްހަތު ރަނގަޅު ކަމަށާއި، އުޅެމުން ދަނީ އުފާވެރިކޮށް ކަަމަށް އޭނާ ބުނެފައި ވެއެވެ.

މިދިޔަ އަހަރު ތެރޭގައިވެސް މުމްތާޒް މަރުވެއްޖެ ކަމަށް ހަބަރުތައް ދައުރުވިއެވެ.އަދި އޭނާގެ އާއިލާއިން ވަނީ އެއީ ދޮގެއްކަން ކަށަވަރުކޮށްދީފައެވެ.

މުމްތާޒްއަކީ 1960 އާއި 1970ގެ ތެރޭގައި މަޝްހޫރު ތަރިއެެކެވެ. އޭނާ ވަނީ އެއިރުގެ މަޝްހޫރު އެކްޓަރުންނާއެކު މަސައްކަތްވެސް ކޮށްފައެވެ. އެގޮތުން ޑޭވް އާނަންދު، ޑިލިޕް ކުމާރް، ޑަރްމެންދްރާ އާއި ރަޖޭޝް ޚަންނާއާއެކު އޭނާ ވަނީ މަސައްކަތް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު