ޝެފެއްގެ ނަން ލިބި ދުނިޔޭގައި މަޝްހޫރުވެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވަނީ ވަރަށް މަދު ބަޔަކަށެވެ. މިގޮތަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓެނީ އެފަދަ ކޯސްތަކެއް ހަދާފައިވާ މީހުންނެވެ.

އެހެން ނަމަވެސް އުމުރުން އެންމެ އެއް އަހަރުގައި ކައްކާއަކަށްވެ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ކޯބްގެ ވާހަކަދައްކާލަމާ ހިނގާށެވެ.

އިންސްޓްގްރާމްގައި "ކޯބް އީޓްސް" ގެ ނަމުން ހުޅުވާފައިވާ އެކައުންޓަށް މިހާތަނަށް 1.3 މިލިއަން މީހަކު ވަނީ ފޮލޯ ކޮށްފައެވެ. އެ އެކައުންޓްގެ ބަޔޯގައި ޖަހާފައިވަނީ ކެއްކުން، ކެއުން އަދި ބަދިގޭ ބެލުން ކަމަށެވެ.

މިހާރު އާންމު ކޮށްފައިވާ ބައެއް ވީޑިއޯތަކުން ދައްކާ ގޮތުގައި ކޯބް ވަނީ ކާއެއްޗެއް ތައްޔާރު ކުރުމަށް އެހީވެ، ކާއެއްޗެއްހި އަމިއްލައަށް ތައްޔާރުކޮށްފައެވެ.

ކޯބްގެ މަންމަ، އޭޝްލީ ވިއަން ބުނެފައިވަނީ މިގޮތަށް ވީޑިއޯ ހަދައި އާންމު ކުރުމަށް ނިންމާފައިވަނީ ކޯބް ބަދިގެއަށް މާ ޝައުގުވެރިކަން ހުންނާތީ ކަމަށެވެ.

https://www.instagram.com/p/CATuOAgh5gA/?utm_source=ig_embed&utm_campaign=embed_video_watch_again

"ކެއްކުމަކީ ކޯބް ގޭގައި ހުންނައިރު އާންމުކޮށް އެންމެ ގިނައިން ފަރިތަ ކުރާ އެއްކަން. ގޭގައި ކުރާ ކަންކަމުން ކެއްކުމަށް ވަރަށް ލޯބި ކުރާކަން ވަނީ ފާހަގަވެފައި. އެހެންވެގެން އެކަން އާންމުގެ ސަމާލުކަމަށް ގެނެސް އެމީހުންގެ ބަހެއް ބަލާލަން ވެގެން ވީޑިއޯ އާންމު ކުރީ." އޭޝްލީ ބުނެފައިވެއެވެ.

ކޯބްގެ މަންމަ ބުނެފައިވަނީ އެ އުމުރުގައި ވަރަށް ގިނަ ކެއްކުމަށް ބޭނުން ކުރާ ތަކެތި ވަކިކޮށް ދެނެގަތުމަށް ކޯބް ވަރަށް މަސައްކަތް ކުރާ ކަމަށެވެ. އެހެން ކަމުން ކުރިއަށްއޮތް ތަނުގައި ކޯބް ކެއްކުމަށް ވަރަށް ލޯބި ކުރާނެ ކަމަށް އާއިލާއިން ވަނީ އުއްމީދު ކޮށްފައެވެ.

ކޯބްގެ ވީޑިއޯއިން އާއިލާ އެންމެ ހައިރާން ކަމެއް ގެނެސްފައިވަނީ ވީޑިއޯއަކުން ފުރަތަމަ ފަހަރަށް ބައްޕަ ކީ މަންޒަރުންނެވެ.