ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގައި އެންމެ ގަދަޔަށް ފިޔަޖަހަމުން އަންނަ ދެތަރިން ކަމުގައިވާ މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލް ގަނީ (ތޭރަވާ) އަކީ އެންމެންގެ މެދުގައި މަގުބޫލު ޖޯޑެކެވެ. ހަމަ އެގޮތަށް އެ ދެމަފިރިން އެކުގައި ކިޔަފައިވާ ލަވަތައްވެސް ސަޕޯޓަރުންގެ މެދުގައި ވަރަށް މަޝްހޫރެވެ. އެއީ މިހާރު ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގައި ތިބި އެންމެ ދުވަސްވީ އެއް ޖޯޑެވެ. އަދިވެސް އެ ދެމަފިރިން އެހާ ލޯތްބެވެ. އަދި އެހާ މަޝްހޫރެވެ.

ބައިސްކޯފުން ކޮވިޑް-19 އާއި ގުޅިގެން ތަރިން ގޭގައި ބަންދުވެފައި ތިބޭ މި ދުވަސްވަރަށް ހާއްސަކޮށް ގެނެސްދެމުން އަންނަ ލޮކްޑް އަޕް ޕްރޮގްރާމަށް އަޝްފާ ދިން އިންޓަވިއު އެއްގައި ބުނީ ތޭރަވާ އަކީ "މިސްޓަރ ޕާފެކްޓު" ކަމުގައެވެ.

"ތޭރަ ސިފަކުރާނީ ހަމަ މިސްޓަރ ޕާފެކްޓުގެ ގޮތުގައި" ބައިސްކޯފުން ކުރި ސުވާލާއި ގުޅިގެން އަޝްފާ ބުންޏެވެ

ދިވެހި މިއުޒިކް އިންޑަސްޓްރީގެ އެންމެ ލޯބި ޖޯޑު

އަޝްފާ ބުނި ގޮތުގައި ލޮކްޑައުން ވެފައިވާ މި ދުވަސްކޮޅު އޭނާއަށް އެންމެ ހާއްސަވެފައި ވަނީ ވެސް ކުޑަކުޑަ ދަރިފުޅާއި އަދި ތޭރަވާ އާއި އެއްކޮށް ގިނަ އަދި މަޖާ ވަގުތުތަކެއް އެކުގައި ހޭދަކުރެވެމުން ދާތީއެވެ.

މި ދުވަސްކޮޅު ގޭގައި ފޫހި ފިލުވުމަށް ކުރަމުންދާ މަސައްކަތާއި ބެހޭ ގޮތުން "ބައިސްކޯފު"ން ކުރި ސުވާލަކަށް ޖަވާބު ދެމުން އަޝްފާ ބުނީ މިހާރު އެންމެ ފޯރިއާއި އެކު ކުރެވެމުން ދަނީ ދަރިފުޅު އާލް އަށް ކާޑްސް ކުޅެން ދަސްކޮށްދިނުން ކަމަށެވެ.

ދިވެހި މިއުޒިކް އިންޑަސްޓްރީގެ އެންމެ ލޯބި ޖޯޑު

އެގޮތުން މިހާތަނަށް އާލް އަށް ޑިގު ކުޅެން ދަސްކޮށްދެވިފައިވާ ކަމަށާއި، އެހެން ކުޅިވަރުގައި އެކުގައި ހޭދަކުރާ ވަގުތުތައް ވަރަށް މަޖާކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން އިންސްޓަގްރާމުގައި އޭނާ އަޕްލޯޑު ކުރާ ފޮޓޯތަކާއި ބެހޭ ގޮތުން ބައިސްކޯފުން ކުރި ސުވާލަށް ޖަވާބު ދެމުން އަޝްފާ ބުނީ އޭނާއަށް ދަރިފުޅު އާލްވެސް ފޮޓޯ ނަގައިދޭ ކަމަށެވެ. އަދި ގިނައިން ހުންނާނީ އިވެންޓުތަކުގައި ފޮޓޯގްރާފަރުން ނަގާފައި ހުންނަ ފޮޓޯތައް ކަމަށް އަޝްފާ ފާހަގަ ކުރިއެވެ.

"ފޮޓޯ އަޕްލޯޑު ކުރާއިރު އަބަދުވެސް ބަލަނީ ވީހާވެސް މީހުން ފާޑު ނުކިޔާ ގޮތަށް، އެއީ ގިނަ ބައެއްގެ ފާޑު ކިއުންތައް ފޮޓޯއަށް އަންނާތީވެ. އެހެންވެ ވީހާވެސް ޑީސެންޓުކޮށް ހުންނަ ފޮޓޯއެއް އަޕްލޯޑްކޮށްލަނީ" އަޝްފާ ބުންޏެވެ.

ދިވެހި މިއުޒިކް އިންޑަސްޓްރީގައި ހުރި އެންމެ ރީތި އެއް ތަރި އަޝްފާ

އަޝްފާގެ އިންޓަވިއުގައި ފާހަގަކޮށްފައިވާ ގޮތުގައި އޭނާ އެންމެ ބޮޑު ސަމާލުކަމެއް ދީގެން ކުރަމުން ދަނީ ދަރިފުޅު އާލް ބެލުމުގެ މަސައްކަތެވެ. އެގޮތުން ވީހާވެސް ގިނައިން ދަރިފުޅާއި އެކު ވަގުތުތައް ހޭދަކުރާ ކަމަށް އޭނާ ފާހަގަ ކުރިއެވެ. އަދި ފުރަބަންދު ނިމޭ ގޮތަށް ބަލަން ބޭނުންވަނީ އާލްގެ ސްކޫލް ކަންކަން އޮތް ގޮތް ކަމަށްވެސް އަޝްފާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. ހުވާން

    މިސްޓަރ ޕާފެކްޓް ޕާފެކްޓެއް ނުވާނެ އަނބިމީހާ ބުރުގާ ނަގުވާފަ ބެހެއްޓީމަކާއެއް

    216
    12
    • އަހުމަދު

      އެއީ އަނބިމީހާގެ އަމިއްލަ ކަމެއް ނު؟؟؟؟

      7
      69
      • ޔސރ

        ފިރިމީހާގެ މައްޗަށް ވާޖިބު ވާނެ އަނބިމީހާއަށް ނަސޭހަތްދީ އިސްލާހުކުރުވަން. އެހެންނޫނީ އޭނާގެ ހަލާކަށް ވާސިލުވާން ދޫކޮށްލާފައި އެ ހުރީ. ކިހާ ލޯބި ވޭ އެހެންވީމަ

        47
      • ހުސް އަމިއްލަކަންތައް

        ވައްކަންކުރާ މީހާ/ މީހުންމަރާ މީހާ ވެސް ކުރަނީ އަމިއްލަކަންތަކެއް. ކީއްކުރަން އެމީހުން ކުށްވެރިވަނީ؟ ކީއްކުރަން މަސްތުވާތަކެތި ބޭނުންކުރާ މީހުންވެސް ހުއްޓުވާންވީ؟ އެއީވެސް އަމިއްލަކަމެއް.

        31
      • ޒީ

        އާޙިރަތް ދުވަހު ﷲޞުބުހާނަހޫވަތަޢާލާ އަށް ތިޖަވާބުދޭން މަޑުކޮށްލަންވީނު. އެފަރާތުން އަންގަވާފައޮތް ގޮތް ކަމުނުދާ ބަޔަކު ހެދުން ލައިގެން އޮރިޔާމުން އުޅޭނެ. އެއީ ފަހު ޒަމާނުގެ އަލާމާތެއް.

        39
  2. ޙޯގްޅާ

    އަޕްލޯޑްކުރާ ފޮޓޯތަކަށް އެއްވެސް ވަރަކަށް ފާޑުކިޔާވަރެއްނުވޭ އެހާވެސް ރިވެތިކޮށް ހެނދުން އަޅާފައި ހުންނަނި

    73
    34
  3. ޙުއްތު

    ޕާފެކްޓުވީމަ ދޯ ތިއުޅެނީ، ﷲ ގެ ހެޔޮރަހްމަތް ލައްވާށި

    65
    4
  4. ކާފަބޭ2020

    ދަރިފުޅަށް ޑިގުކުޅެންދަސްކޮށްދިންއިރު ޤުރްއާނުންކަލިމައެއް ދަސްކޮށްނުދެެއްވީ؟ ބޭނުމީހަމައެކަނިދުނިޔޭގެއުފަލާއަރާމުތޯ؟ އާޚިރަތުގެ ދަރުމައާސަވާބާއަޒާބުގެވާހަވެސް އެކުދިންގެއުމުރާ ގުޅޭގޮތަށް އުނގަންނާދިނުމީ ތިޔަދެކުދިންގެޒިންމާއެއްކަން ހަނދާންބަހައްޓަވާ!

    130
    4
  5. އަލިކޮެއެ

    އަނބި ދަށުވެފަ ހުންނަ ކޮއްމެ ފިރިއަކު އަންހެނުންނަށް ޕާފެކްޓް ވާނެ މީ ތިވާ ގޮތަކީ

    133
    13
  6. ކައްކާ----

    ދެ މީހުން ވެސް ރީތި ޚާއްސަކޮށް އަޝްފާ ލޯބި

    13
    103
  7. ޔާޔާ

    މިކަހަލަބޭކާރު މީހުންގެ ވާހަކަ ތައް ނުގެނެސް ކޮންމެވެސް ރަސޫލެއް ނޫނީ ނަބިއްޔެެއް ނޫނީ ސަހާބީއެއްގެ ވާހަކަގެނެސްދީބަލަ. އެއީދޯ އަހަރުމެން މިސާލުނަގަންޖެހޭނެ ފަރާ ތް ތަކަކީ.
    ޢޮރިޔާމުން އުލޭމީހުންގެވާހަކަ ތައް ނުގެނެސްދީބަަލަ.
    މިހާރުވެސް މުޖު ތަމައުހަލާކުވަނީ މިކަހަލަ ވިޔާނުދާމީހުންނާހެދި.

    180
    5
    • މޯލްޑިވިޔަން

      މަ ހީކުރީ މުޖުތަމައު ހަލާކުވަނީ އައިސިސް ކަހަލަ ފިކުރު މީހުނާ ހެދި ކަމަށް

      16
      34
      • Anonymous

        މޯލްޑިިވިއަން............ނަބިއްޔެއް ނޫނީ ސަހާބީ ބޭކަެއްގެ ވާހަކަ ގެނައުމަކީ އަދި އައިސިސް ކަހަލަ ފިކުރަކަށް ތަބާވުމެއް ނޫން...

        40
        3
  8. ޅިޔަނު

    ޓިވަރަ ދެންވާވެއްދޭނީ

    36
    3
  9. އަޙުމަދު ޙަމީދު

    މރ. ދައްޔޫޘު، ޤިޔާމަތް ދުވަހުން ﷲ ތަޢާލާ އެމީހަކަށް ނުބައްލަވާނެ މީހުން ތެރޭގެ ހިމެނޭ މީހެއް. އޭނާގެ އަނބިދަރިން އޮރިޔާން ކޮށް އެކަމަށް ރުހިގެން ހުންނަ މީހާ. އެއަށް ކިޔަނީ ދައްޔޫޘު. އާޚިރުގަ އެންމެ ކަޑަމީހާ.
    ބޯޓް:މިއީ ޙާދީޘްގަ އޮތްގޮތް. ވައްސަލާމް

    105
    2
    • ކީކީ

      ބޯޓް:..؟؟

      7
      16
      • ނ

        ނޯޓު

        18
        1
  10. ައާންމުން

    2 މީހުންނަށް މަރު ހަދާންވާނަމަދޯ، ހިތާމަހުރި

    95
    2
  11. ދަންބެރު

    ލޮލް އަންހެނުން ބުރުގާ ނަގާ އެއްލާލާފަ އާންމުން ތެރެއަށް އައުރަ ނިވާނުކޮށް ނިކުމެ ދުވާއިރު އެކަން ނުހުއްޓުވޭ ފިރިއަކަށް މިސްޓަރ ޕާފެކްޓް އެއް ނޫން ކިޔަންޖެހޭނީ. މިސްޓަރ އަނބިދަށު.

    137
    4
  12. އިލްމުގެ ދަރިވަރެއް

    ލަވަޔާ އި މިޔުޒިކު ހަރާމް. ޤުރުއާނާއި ސުންނަތުގައި ހަރާމް. ތިމާގެ އައުރަ ހިލޭ ފިރިހެނުންގެ ކުރިމަތީގައި ފާޅުކުރުން ހަރާމް. އޮރިޔާން ނިވާނުކޮށް ސޯސަލް މީޑިޔާގައި ޕޯސްޓް ކުރާ ފޮޓޯ އެތައް ބަޔަކު ބަލާނެ. އެ ބަލާ ކޮންމެ ފަހަރަކު ލައިކް ޖަހާ ކޮންމެ ފަހަރަކު ތިމާގެ ކޮނޑުގައި ފާފަ ލިޔެވެމުންދާނެ ކަމާއި އެ ކަމާއި މެދު މާދަމާ ﷲ ގެ ހަޞްރަތުގައި ޖަވާބުދާރީ ވާންޖެހޭނެކަން ދަންނާށެވެ. މިއީ އިލްމުވެރިން އެއްބަސްވެވަޑައިގެންފައިވާ ގޮތެވެ.
    އަވަހަށް ތި ނުބައި އަމަލުތަކުން ދުރުވެ ﷲ ގެ މަގަށް ރުޖޫޢަވާށެވެ. ވަގުތު ވަރަށް ކުޑައެވެ. ދެދުނިޔޭގެ ސަލާމްތްތެރިކަން ލިބޭނީ އޭރުންނެވެ.

    107
    3
  13. ދަރަނި ދަންތުރަ

    ކަމަނާ ބުރުގާ އެއްލާލި ހިސާބުން އަހަރެން ހައްޕު ....

    74
    3
  14. ބަބޫ

    ތިޔަނީ އަޝްފާ ކެރިޔާއަށްޓަކައި ވި ގުތުބާނީއެއް. މިހާރުވެސް މަގޭދެކެ މާލޯބިވާނެ.

    9
    4
  15. އަހުމަދު

    މަސްހޫރު ވީ ތޭރަވާ ކިޔައިގެން
    އެކަމް މިހާރު މި ކިޔަނީ ތޭރަޔޯ
    ތޭރަވާ މިސޮރާދިމާލައް ކީމާ ލަދުގަނެޔޯ އެހެން ނުކިޔާށޯ ތޭރަކިޔާށޯ
    ތޭރަވާ ކިޔާ މީހުންދެކެ މިސޮރު ރުޅިވެސް އައްނަ ކަމައް ވަނީ ކިހާޕާފެކްޓް ކަނޑިކި ބުރި މަތިން މިސޮރު މިހާރު ހަދާން ނައްތައިފި

    23
    1
  16. ކޯކު

    ކޯކު ފުޅި!

    17
    1
  17. ކްއިކްގަން

    މަހީކުރީ ފުރަތަމަ ފޮޓޯފެނިފަ ދަރިފުޅާ ބައްޕާ އާއި އެކީ ހުރި ފޮޓޯ އެއްކަމަށް. ކިޔާލީމަ މި އެގުނީ.

    16
    2
  18. ޙަގީގަތް

    ވީ ފޫއްސެއްގެ ބޮޑުކަމުން ކައުންޓެއް ނުކުރަން...

    24
    4
  19. މސ

    ތިޔަ ދެކަނބަލުންގެ ޒަވާޖީ ހަޔާތް އެއްބާރުލުމާއި އިހްތިރާމާއިއެކު ކުރިއަށްދާނަމަ އެއީ އުފާވެރި ކަމެކެވެ ތިގޮތުގައި ހަޔާތުގެ ދަތުރު ދެމިގެން ދިއުމަކީ އަޅުގަނޑުމެންގެ ދުޢާއެވެ.

    3
    5
  20. ތަކުރު

    ދިވެހި މިޔުޒިކު އިންޑަސްޓްރީގަ އެންމެ ނުގުޅޭ ޖޯޑް... ދަރިއަކާ ކާފައެއް... މުސްކުޅިއަކާ ޒުވާނެއް... ބުރުގާއަށް ހުތުރު އެރުވި ޖޯޑް.. ލަވަ ވީދާ މީހެއް.. ވަރަށް ނުކިއްސަރު، ވަރަށް ނުގުޅޭ.. ވަރަށަ ފޫހި... ކަލޭ ލަވަ ނުކިޔަސް ހެޔޮ.. ކަލޭ ތީ ލަވަޔަށް ހުތުރު އަރުވާ މީހެއް...

    17
  21. ޙަސަންބެ

    ޢަޝަފާ މިހާރު ކަލޭ ލަވަޔަ ފިޓު
    ނަރަކައަށް ވެސް ފިޓު

    15
  22. ނަމުނާ

    މުޙައްމަދު ޢަބްދުލް ޢަނީ ވަނީ އަނބިމީހާމެދު ދެވަނަ ވިސްނުމަކަށް ގޮސް އަނބިމީހާ އިޞްލާޙުގެ މަގަށް ރުޖޫޢަ ވޭތޯ މަސައްކަތްކުރަން. އެހެންނޫނީ ޢަނީ ފާފަވެރިވާނެ. ބުރުގާ ބާލުވާފަ ރޯއރިޔާމުން ހުންނަން އަނބިހާ އަށް ހިތްވަރު ދިނުމަކީ މޮޔަކަމެއް.އަނބިންނަކީ ފިރީން ގެ ބެލެހެއްޓުމުގެ ދަށުގައި ތިބެން ޖެހޭ ބަޔެއް.

    23
    1