ކޮވިޑް-19 ގެ ސަބަބުން އެމެރިކާގައި ހާލުގައި ޖެހި، ރޯދާ ވީއްލުމަށް ބޭނުންވެފައިވާ އާއިލާތަކަށް އެމެރިކާގެ މުސްލިމުން ރޯދާ ވީއްލުން ދީ ނަމޫނާ ދައްކައިފިއެވެ.

ޓެކްސަސްގެ ޖޭސްމިން ކެފޭއިން ހިންގަމުން އަންނަ ނަމީރު ސަލްމާން ބުނީ އެ ރެސްޓޯރެންޓަކީ މީގެ ކުރިން ރަމަޟާން މަހު ގިނަ އަދަދެއްގެ ބަޔަކު ރޯދަ ވީއްލުމަށް އަންނަ ތަނެއް ކަމަށެވެ. އެގޮތުން ދުވާލަކު 400 އާއި 500 މީހުންނަށް ރޯދަ ވީއްލުން ދޭ ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް ރޯދަ މަސް ފެށުމުގެ ކުރިން ކޮވިޑް-19 އާ ގުޅިގެން ރެސްޓޯރެސްޓް ބަންދުކޮށް ރޯދަ މަހުގެ މެދުތެރޭގައި އަލުން ހުޅުވުމުން ގިނަ ކަސްޓަމަރުން ގެއްލިފައިވާ ކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

ރޯދަ ވީއްލުމުގެ ގޮތުގައި ސަލްމާންގެ ރެސްޓޯރެންޓުން ދީފައިވާ ތަކެތި

ރޯދަ ވީއްލުމުގެ ފުރުސަތު ދިނީ ގާތް އެކުވެރިޔާ ދިން ހިޔާލަކަށް ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނެފައިވަނީ 100 މީހުންނަށާއި އިތުރަށް ބޭނުން ވެފައިވާ މީހުންނަށް ވެސް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.

އިތުބާރު ހިފޭ ރައްޓެހިންނާ ބައެއް ޖަމިއްޔާތަކުގެ މެމްބަރުންނާއި މިސްކިތްތަކާއި ގުޅިގެން އޭނާ ފަހުން ވަނީ ރޯދާ ވީއްލުމަށް ބޭނުންވެފައިވާ މީހުން އެމީހުންނާ ގުޅޭނެ ނަންބަރު ހިއްސާ ކުރުމަށް އެދިފައެވެ.

ގިނަ ބައެއް ރޯދަ ވީއްލުމަށް އެދިފައިވާތީ ސަލްމާނު އާއި އޭނާގެ ޓީމުން ވަނީ އެ ހުރިހާ އެންމެންނަށް ރޯދަ ވީއްލުން ދީފައެވެ. ސަލްމާނުގެ އިތުރުން ބައެއް އިސްލާމިކް އޯގަނައިޒޭޝަންތަކުންވެސް ވަނީ ގެދޮރު ނެތް މީހުންނަށް ރޯދަ ވީއްލުން ދީފައެވެ.