ޓިކްކޮކް އޭ ބުނުމުން އެއީ ކޮން އެއްޗެއްކަން ނޭނގޭ މީހަކު މިހާރު މުޅި ދުނިޔޭގައިވެސް މަދުވާނެއެވެ. ތަފާތު އެކި ވީޑިއޯތައް ހެދުމަށް ބޭނުންކުރާ މި އެޕް ދުނިޔޭގެ އެކި ކަންކޮޅުތަކުން 800 މިލިއަނަށް ވުރެން ގިނަ މީހުން އަންނަނީ ބޭނުން ކުރަމުންނެވެ.

ދާދި ފަހުން އެމެރިކާގެ ކެލިފޯނިއާގައި އަންހެނަކު ވަނީ ވައިރަލް ވެފަައިވާ ޓިކްޓޮކް ވީޑިއޯ އެއް އޭނާ އަމިއްލަ އަށް ކުޅުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އެކަން ނިމުނީ ފުލުހުންގެ ސަމާލުކަމަށް އެކަން އައިސްގެންނެވެ.

ވާނީވެސް އެހެންތާއެވެ. އެ ވީޑިއޯގައި ދައްކުވައިދެނީ އެ އަންހެން މީހާ ގޭތެރޭގައި މޮޕް ޖަހަން ހުއްޓައި އޭނާގެ ފިރިމީހާ ބޫޓާއި އެއްކޮށް ގޭތެރެއަށް ވަދެ، މޮޕް ޖެހި ތަން ހަޑިކޮށްލާ މަންޒަރެވެ. މިއާއިއެކު ދެން ފެނިގެން ދަނީ އެ ފިރިހެން މީހާގެ ހަށިގަނޑު ކަފުންކޮށްފައި ކޮނޑުމައްޗައް ލައިގެން ނަށަމުން އަންހެން މީހާ ގެއިން ނިކުންނަ މަންޒަރެވެ.

މި މަންޒަރު އޭނާގެ އަަވަށްޓެރިންނަށް ފެނިފައި ހީވީ އަސްލުވެސް މީހަކު މަރާލާފައި ކޮނޑުމައްޗައް ލައިގެން އޭނާ ނިކުންނަނީ ކަމަށެވެ. ނަމަވެސް، ހަގީގަތުގައި އެގޮތަށް ނަށަމުން ނިކުމެފައި ވަނީ ދާދި ފަހުން ސަންދޯތައް ކޮނޑުމައްޗައް ލައިގެން ނަށާ މީހުންގެ މީމްތަކާއި ގުޅުވާފައެވެ.

އަވަށްޓެރިޔާ އަށް މިކަން ނޭނގޭ ކަމުން ވަގުތުން ފުލުހުންނަށް ގުޅާފައި މީހަކު މަރާލައިގެން އުޅޭކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. ފުލުހުން އެގެއަށް އައިސް މިކަން ބެލުމަށް ފަހުގައި ވަނީ އެމީހުން ދޫކޮށްލާފައެވެ.