އަވައްޓެރި ސްރީލަންކާގައި ޑަންޑްރިސް ޕެރޭރާ ނަމަކަށް ކިޔާ މީހަކު "މަރުވެގެން" އާއިލާ މެންބަރުން އޭނާގެ ޖަނާޒާ ބާއްވާ، އޭނާ ވަޅުލިތާ މަހެއްހާ ދުވަސް ފަހުން އޭނާ އެނބުރި ގެއަށް އަތުވެއްޖެއެވެ.

ލަންކާގެ މީޑިއާތަކުން ބުނާ ގޮތުގައި ޕެރޭރާ "މަރުވީ" މަގުމަތީގައި ހިނގި އެކްސިޑެންޓެއްގައި ކަމަށެވެ. ޕެރޭރާ މަރުވުމުން އާއިލާ މެންބަރުން ހޮސްޕިޓަލަށް ގޮސް މަރުވީ ޕެރޭރާ ކަން ވެސް ކަށަވަރު ކުރިއެވެ. އެއަށް ފަހު އާއިލާ އިން ވަނީ ޕެރޭރާގެ ޖަނާޒާ ބާއްވާ، އޭނާ ވަޅުލާފައެވެ.

ނަމަވެސް އާއިލާ އަށް ބޮޑު ހައިރާން ކަމެއް ލިބުނީ ޕެރޭރާ މަރުވެއްޖެ ކަމަށް އާއިލާ އިން ނިންމިތާ މަހެއްހާ ދުވަސް ފަހުން އޭނާ އެނބުރި ގެއަށް އައުމުންނެވެ.

ލަންކާގެ ނޫހަކަށް ޕެރޭރާ މައުލޫމާތު ދީފައިވާ ގޮތުގައި އޭނާ ގެއަށް އައުމާއި އެކު ގޭގެ އެންމެން ވަނީ ގެއިން ނިކުމެގެން ގޮސްފައެވެ. އެއްވެސް މީހަކު ޕެރޭރާ އާއި ވާހަކަ ނުދައްކާ، ގެއިން ނިކުމެގެން ދިއުމުން އޭނާ ވަނީ ކައިރީގައި ހުރި ޕޮލިސް ސްޓޭޝަނަކަށް ގޮސް އޭނާގެ އާއިލާ މީހުން ގެއިން ނިކުމެގެން ހިނގައްޖެ ކަމަށް ބުނެފައެވެ.

އެއާއި އެކު ފުލުހުން ހޯދި މައުލޫމާތު އެނގުނު ގޮތުގައި ޕެރާރާ މަރުވެފައިވާ ކަމަށް އާއިލާ އިން ނިންމިތާ މަހެއްހާ ދުވަސް ވެއްޖެއެވެ.

މިހާރު ކަށަވަރު ވެފައިވާ ގޮތުގައި މަރުވެގެން ވަޅުލީ ޕެރޭރާއެއް ނޫނެވެ. އެއީ ކާކުކަން އަދި ދެނެގަނެވިފައެއް ނުވެއެވެ.

އެހާދިސާ ހިނގިއިރު ޕެރޭރާ ހުރީ އޭނާ ދިރިއުޅޭ ސަރަހައްދާއި ދުރު ހިސާބެއްގައެވެ. ޕެރޭރާ ބުނި ގޮތުގައި އޭނާ އަށް ގެއަށް ނާދެވި ގިނަ ދުވަސްތަކެއް ވެގެން ދިޔައީ ކޮވިޑް-19 އާއި ގުޅިގެން ލަންކާގެ ހުރިހާ ސަރަހައްދެއް ފުރަބަންދުކޮށް، ދަތުރު ކުރުން މަނާ ކޮށްފައި އޮތުމުންނެވެ.

"އަހަރެންނަކީ ދުނިޔޭގައި ހުއްޓާ، އަހަރެންގެ މަހާނަ ފެނުނު ފުރަތަމަ މީހާއަށް ވެދާނެ. މިއީ އަހަރެންނަށް ވަރަށް ބޮޑު ހައިރާން ކަމެއް ލިބުނު ކަމެއް." ޕެރޭރާ ބުންޏެވެ.

ލަންކާގެ ފުލުހުން މިހާރު ދަނީ ޕެރޭރާ ކަމަށް ހީކޮށް ވަޅުލާފައި ވަނީ ކާކުތޯ ބެލުމުގެ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހަސަނު

    ޕެރޭރާ އަތުގަ ފޯނެއްވެސް ނެތް ދޯ މިއޮތް ޒަމާނުގަ ގެއަށް ގުޅާލާ ކަށް.

    13
    5
  2. ޯބޯޖަލީލު

    ދިވެހިންނަށްވުރެ ތިދާއިރާގައި އެމީހުން އުޅެނީ މާފަހަތުގައި ، ލަންކާގެ ބޮޑުވަޒީރަކީ ކާކުކަން ނޭންގޭ މީހުންއުޅޭ ލަންކާގައި ލަންކާޔަށް އުފަން އެތާ އުޅެބޮޑުވި މީ ހަގީގަތް ، ދިވެހި 5 އަހަރު ކުއްޖާ އަތުގައިވެސް އައިފޯން 11 ...

  3. ދެމަރުބެ

    "އަހަރެންނަކީ ދުނިޔޭގައި ހުއްޓާ، އަހަރެންގެ މަހާނަ ފެނުނު ފުރަތަމަ މީހާއަށް ވެދާނެ" ޕެރޭރާ މިހެންބުނީ މަޢްލޫމާތުގެ ކުށަކުން ކަމަށް ވެދާނެ 1990ގެ ފަހުކޮޅާ ހަމަޔަށްވެސް މިމާލޭގައި އުޅުނު ދެމަރުބެ ވެސް. އޭނާ ތެދުވީ ކަށްވަޅަށް ފަސްލައިވެސް ނިމުނުފަހުން އޭނާއަށް ވެސް އޭނާގެ މަހާނަ ފެނުނު. މިރާއްޖޭގައި ނުހިނގާ އާކަމެއް ހިނގުމަކީ ވަރަށް ނާދިރު ކަމެއް!

    1
    1
  4. އަޙްމަދު

    ދިވެހިރާއްޖޭގެރައީސްނޭގޭކިތައްމީހުން؟