ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އާއެކު ހޭދަކުރެއްވި ފުރަތަމަ އީދު ދުވަހުގެ ހެނދުނުގައި ކާން ބަތް ހުރުމުން އެކަމާއި ވަރަށް ބޮޑަށް ހައިރާންވެވަޑައިގެންނެވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ދެކަނބަލުން މިހެން ވިދާޅުވީ، "ރާއްޖެ ޓީވީ" އިން މިއަދު ގެނެސްދިން "އީދު ތަހުނިޔާ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޞާލިހު ވިދާޅުވީ، މި އީދާއި ގުޅިގެން އެންމެ ބޮޑަށް ހަނދުމަފުޅުވީ އިދު ނަމާދު ކަމަށާއި، އަދި އާއިލާ ގޭގެއަށް ގޮސް ކޭން ބައްލަވާ ހަނދާންތައްވާ ކަމަށެވެ.

"އަޅުގަނޑުމެން އީދު ނަމާދަށް ދަނީ ގޭގައި ތިބި ކުދިންނާއި އެކީގައި، އެކަން ވަރަށް ބޮޑަށް މިސްވޭ، ހެނދުނު ކެއުން އޮންނާނީ ފަޒޫ މަންމަމެން ގޭގައި، އަޅުގަނޑު މެންދުރު ކެއުން މި އޮންނަނީ މަންމައާއި އެކީގައި،އެއިން އެއްވެސްކަމެއް އަޅުގަނޑުމެންނަކަށް މި އިދަކުއެއް ނުކުރެވުނު، އެއީ ވަރަށް ދެރަ ކަމެއް، މިއިން ކޮންމެ ކަމެއްގެ ފަހަތުގައި ފޮރުވިފައި ކަމެއް އޮންނާނެ،". ރައީސް ވިދާޅުވިއެވެ.

ރައީސްގެ އަނބިކަނބަލުން ފަޒްނާ ވިދާޅުވީ، މި އީދުަގައި އެންމެ ބޮޑަށް ހަނދުމަފުޅުަވަނީ އާއިލާ ގޭގައި ޒިޔާރަތް ކުރާ ހަނދާންތައް ކަމަށެވެ.

"އާއްމުކޮށް އަޅުގަނޑުމެން އީދު ދުވަހުގެ ހެނދުނު ދަނީ އަޅުގަނޑުމެން ދަނީ މަންމަ ގެއަށް އިނގޭތޯ، އާއިލާ އެންމެން ދާނީ،، މިއަދުވެސް ހެނދުނު ތެދުވީމަ އެ ފަަޅުކަން އިހުސާސުވި، ވަރަށް ދެރަވެސް ވި އެކަމާ، މަންމަގެ ނިންމާފައި ދެން އަޅުގަނޑުމެން ދަނީ ބޮޑުދައިތަމެން ގެއަށާއި،އަޅުގަނޑުމެންނާއި، އަޅުގަނޑުމެންގެ ދަރިން ގޮވައިގެން އެކި ގޭގެއަށް ޒިޔާރަތް ކުރަނީ، ފަތިހު ހޭލާފައި ވަރަށް ދެރަވި އެކަމާއި، އެ ފަޅުކަން އިހުސާސުވި، ހުރިހާ އެންމެންވެސް އެ ހާލުގައި ދެއްތޯ" މެޑަމް ފަޒްނާ ވިދާޅުވިއެވެ.

ރައީސް ވަނީ އެމަނިކުފާނު ރަށުގައި އުޅުއްވިއިރު، އީދު ދުވަހު މަގުމައްޗަށް ކުޅެން ނުކުމެ އުޅޭ ކަންވެސް ފާަހަގަކުރައްވާފައެވެ. އަދި ރަށްރަށުގައި ވަރަށް އާދަޔާ ހިލާފު އުފާވެރި ކަންތައްތައް އޮންނަކަަންވެސް ފާހަގަކުރައްވާފައި ވެއެވެ. އަދި އެކަންތައްތަކީ އެމަނިކުފާނު ވަރަށް ހަނދަން އާ ވާ ކަންތައްތަކެއް ކަަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ޝޯވގެ ތެރެއިން ރައީސް އަނބިކަބަލުންނާއެކު ހޭދަކުރެއްވި ފުރަތަމަ އީދު ދުވަހުގައި ދިމާވި ކަންތައްތަކުގެ ހަނދާންތައް އާ ކުރައްވާފައެވެ.

"އަޅުގަނޑު ފުރަތަމަ ފަޒޫ އާ އިނދެގެން އައިސްވެސް އީދުގަ ފުރަތަމަ، ހެނދުނު ކެއުން މި އޮންނަނީ އެގޭގައި، އަޅުގަނޑަކީ ހެނދުނު ސައިބޯ މީހެއް، އެކަމަކު، އެގޭގައި ހުރީ (ބަތް) ކާން ހަދާފައި، އަޅުގަނޑަށް ވަރަށް ބޮޑު ހައިރާން ކަމެއް ލިބިގެން ދިޔައީ، އަޅުގަނޑު ހިތައް އެރި ހެނދުނު ހެނދުނު މިއަދު ބަތް ކާންވީބާއޭ. އޭގެ ފަހުން މިހާރު ކޮންމެ އީދެއްގައި ހެނދުނު އަޅުގަނޑަށް ލިބޭ ރޮށި، އެ ގޭގައި ހުރޭ، އަޅުގަނޑުމެން ގޭގައި ހެނދުނު އޮންނަނީ ސައި، ދެން މެންދުރު ކުކުޅު ރިހަ އާއި ބަތާއި އެއްޗެހި" ރައީސް އެ ޝޯވގެ ތެރެއިން ވިދާޅުވިއެވެ.

ފަޒޫ ވިދާޅުވީ، އެއިރު ދިރިއުޅެމުން ދިޔައީވެސް ފަޒޫގެ ގޭގައި ކަމަށާއި، އެ ދުވަހު ރައީސް ސާލިހުގެ ފަރާތުން އެ ހައިރާކަން ފެނިގެން ދިޔަ ކަމަށެވެ.

ރައީސް ވަނީ ޝޯވގެ ތެރެއިން ކޮވިޑް-19 އާ ހެދި ރައްޔިތުންގެ ދިރިއުޅުމަށް އައިސްފައިވާ ބަދަލުތަކާއި ގުޅޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ. ރައީސް ވިދާޅުވީ، މިފަހަރު ކުރިމަތިލާން ޖެހުނީ މިއީ ރާއްޖޭގެ ތާރީހުގައި ދިމާނުވާ ކަހަލަ ބޮޑު ހާދިސާއަކާއި ކަމަށާއި، ގޭގައި ތިބޭތާ މިހާރު ދޮޅު މަސް ދުވަސް ވެދާނެ ކަމަށެވެ. އަދި މިހެން ތިބެ އީދެއް ފާހަގަ ކުރެއްވުން މިއީ އާ ކަމެއް ކަމަށާއި، ގޭގައި ތިބެން ޖެހުނަސް މިއަދުގެ ޓެކްނޮލޮޖީގެ އެހީގައި އަޅުގަނޑުމެން މި ތިބީ އެއްތަނަކަށް އާދެވިފައި ކަމަށް ރައީސް ވިދާޅުވިއެވެ.

"އޭގެ ބޭނުން ހިފައި އަޅުގަނޑު ވަރަށް ގިނަ އާއިލާތަކާއި، އަޅުގަނޑުމެން ބަދަހި ކުރަމުން ގެންދޭ، އަޅުގަނޑުވެސް މިއަދު ކުރަމުންގެންދާ މަސައްކަތަކީމިއީ." ރައީސް ވިދާޅުވިއެވެ.

ރައީސް ސިފަކުރެއްވިގޮތުގައި، މިއީ ވަރަށް އަދާޔަ ހިލާފު އީދެކެވެ. އަދި މި އީދުގެ އުފަލަކާއެކު އަޅުގަނޑުމެން އެންމެންނަށްވެސް އުފާވެރި ވެގެން ދިޔުން އެއީ އެމަނިކުފާނުގެ އުއްމީދުކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަރީ

    ބޯހަލާކު

    33
    6
  2. ރައްޔަތު އަހުމަދު

    މާ ޝާ ﷲ... ރައީސަކީ ސަގާފަތާއި އާދަ ކާދަ ދަމަހައްޓަވާ ބޭފުޅެއް ދޯ.

    އީދު މުބާރަކް ރައީސުގެ ދަކަންބަލުން...

    22
    50
  3. ބަނބުކެޔޮ

    އަަދޭސްކޮއްފަ ބުނަން އައުރަ ނިވާކޮއްބަލަ!!

    54
    7
    • ދެރަ

      ޢައުރަނިވާކުރަންވެސް ޖެއްސުންކޮށްފަ ގޮވާލުމުން ހެއޮކަމަކަށްވާނެތަ ؟ ބަނބުކެޔޮ ނަމަކަށް ޖަހައިގެން ތިޔަ ގޮވަނީ ހެވަކަށްތަ ނުވަތަ ޖެއްސުމަކަށްތަ ؟ ދީނަށް ގޮވާލުން ކަމަށް ދައްކައިގެން ތިޔައުޅެނީ ކޮންކަމެއްކުރަން ؟ ޢައުރަނިވާނުކުރާމީހާޔާ ދީން ހަތިޔާރަކަށްހަދާމީހާޔާ ހުރި ފަރަގަކީ ކޮބާ ؟ ސުބްޙާނަ ﷲ!

      4
      3