ދުނިޔޭގައި އިންސާނިއްޔަތަށް މަސައްކަތް ކުރާ އެތައް ބަޔަކު އުޅެއެވެ. އަދި އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް އަޑު އުފުލާ މީހުންވެސް ނުހަނު ގިނައެވެ. ގިނަ ފަހަރަށް ހައްޤު ބަސް ބުނާ މީހުންނަށް އޮންނަ އަދަބަކީ މަރެކެވެ. ނަމަވެސް މަރުވެދާނެތީ ފަސްޖެހުމެއް ނެތި އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ނުކުމެ ދުނިޔޭގެ ބޮޑެތި ގައުމުތައް ހަމަބިމަށް ތިރިކުރިކުރި އެއް ސަހުސިއްޔަތަކީ ކޮންގޯގެ ބުކަވޫއަށް އުފަން ޑޮކްޓަރ ޑެނިސް މުކްވޭޖް އެވެ.

ޑރ. ޑެނިސް އަކީ ޕެންޒީ ހޮސްޕިޓަލްގައި މަސައްކަތް ކުރަމުން އަންނަ ގައިނޮކޮލޮޖިސްޓެކެވެ. ފަގީރު އާއިލާއަކަށް ނިސްބަތްވާ ޑެނިސް އަކީ އޭނާގެ ޅައުމުރުގައި އާއިލާގެ މީހުންނާއި ބައެއް ރަށްޓެހިންގެ ފުށުން އެތަކެއް ޖިސްމާނީ އަދި ނަފްސާނީ އަނިޔާއެއް ލިބިފައިވާ މީހެކެވެ.

އުމުރުން 63 އަހަރުގެ ޑެނިސް ޕެންޒީ ހޮސްޕިޓަލުގައި ގައިނޮކޮލޮޖިސްޓެއްގެ ވަޒީފާ އަދާކުރަމުންދާއިރު އޭނާ އެންމެ ގިނައިން ކުރަން ޖެހޭ އެއް މަސައްކަތަކީ ރޭޕްއާއި ގުޅިގެން ޑޮކްޓަރަށް ދައްކަން އަންނަ ބަލި މީހުން ބެލުމެވެ. އެގޮތުން އެކި ފަހަރު މަތިން އެކި ގޮތް ގޮތަށް ރޭޕްގެ ޝިކާރައަކަށް ވެފައިވާ 2000 ވުރެއް ގިނަ މީހުންނަށް ޑެނިސް ވަނީ ފަރުވާ ދީފައެވެ.

ރޭޕްގެ ޝިކާރައަކަށް ވި މީހުންނަށް ފަރުވާ ދިނުމުގެ އިތުރުން އެމީހުންގެ ވާހަކަތަށް އަޑު އެހުމަކީ ޑެނިސް ގަޔާވެގެން ކުރާ ކަމެކެވެ.

ނަތީޖާއެއްގެ ގޮތުން ޑެނިސް ވަނީ އޭނާގެ އުމުރުން 45 ގައި އޭނާގެ އެންމެ ފުރަތަމަ ފޮތް "ޕަންޒީ" ނެރިފައެވެ. އެ ފޮތުގައި އޭނާ ވަނީ ރޭޕްއާއި ގުޅުންހުރި ތަފާތު މައްސަލަތަކާއި ރޭޕްގެ ޝިކާރައަށްވި އެތަކެއް މީހުންގެ ބަސް ހިމަނައި، ރޭޕްއާއި ދެކޮޅަށް އެތަކެއް ވާހަކައެއް ލިޔެފައެވެ. އަދި އެފޮތުގެ ބޭރުގަނޑުގެ ތިރީގައި "ރޭޕް އަކީ ހަނގުރާމައެއް" ކަމަށް ލިޔެފައިވެއެވެ.

ޑެނިސްގެ އެފޮތަށް ދުނިޔޭގެ އެތައް ބައެއްގެ ސަމާލުކަން މަދު ދުވަސްކޮޅެއްގެ ތެރޭގައި ލިބުނު އިރު އެ ފޮތަށް ވަނީ އެމެރިކާއިންދޭ ޝަކްހަރަވް އެވޯޑްވެސް ލިބިފައެވެ.

ރޭޕްއާއި އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ޑެނިސް ނެރުނު ފޮތަށް ބޮޑު ތަރުހީބެއް ލިބުނު އިރު ޑެނިސް ވަނީ އެކި އެކި ޕޯޑިއަމްތަކުގައި ރޭޕްއާއި އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް އަޑު އަފުލާފައެވެ.

އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ޑެނިސް ކުރި މަސައްކަތުގެ އަގު ވަޒަންކޮށް ޔުނައިޓެޑް ނޭޝަންސް ( ޔޫއެން ) އިން ވަނީ އެވޯޑެއް ދީފައެވެ.

ޑރ. ޑެނިސް އަކީ އިންސާނިއްޔަތަށް ބޮޑު ހިދުމަތެއް ކޮށްދިން ވަފާތެެރިއެވެ. އަދި އެއީ ނަމޫނާއަކަށް ބެލުން މުހިންމު ޝަހުސިއްޔަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ާައަހުމަދު

    މާތް ވެގެންވާ އިސްލާމްދީން ވަނީ ތިކަމުގެ ހައްލު ގެނެސް ދީފައި..ޑެނިސް މިސާލަކަށް ބަލައިގެން ދުވަހަކުވެސް ތިކަންހައްލެއްނުވާނެ..