ދިވެހި ތަރި އައިޝަތު ރިޝްމީ އާއި އަހުމަދު އަޒްމީލް (އަޒޭ)އަކީ ކުރިން ކައިވެނިކޮށްގެން އުޅުނު ދެ މީހުންނެވެ. އެ ދެމީހުންގެ ކައިވެންޏަށް ފިރިހެން ދަރިފުޅަކު ވެސް ލިބިފައިވެއެވެ.

ރިޝްމީ އާއި އަޒޭއަކީ "ޔާރާ" ޕްރޮޑަކްޝަންގައި ވަރަށް އެކުގައި މަސައްކަތް ކުރި ދެ މީހުންނަށްވުމާއި އެ ދެ މީހުންނަކީ އެކަކު އަނެކާ ވަރަށް ގުޅިގެން އުޅުނު ދެ މީހުންނަށް ވުމާއެކު އެ ކައިވެނި ރޫޅިދާނެ ކަމަށް ގިނަ ބަޔަކު ހިއެއް ނުކުރެއެވެ.

ނަމަވެސް އެ ދެ މީހުންނަށް އެކުގައި ނޫޅެވި، އެންމެ ފަހުން ވަރިއަކާ ހަމައަށް ދިޔައީއެވެ. އާންމުކޮށް ފިލްމީ ދާއިރާގައި ދެ މީހަކު ރުޅިވެއްޖެ ނަމަ، ދެން އެ ދެ މީހުން އެކުގައި މަސައްކަތް ކުރާ މަންޒަރު ނުފެންނާނެއެވެ. އަދި އެގޮތަށް ރުޅިވާ ދެމީހުން ގިނަ ފަހަރު ވާހަަކަވެސް ނުދައްކައެވެ.

މިހާރު ރިޝްމީ އުޅެނީ ފިލްމީ ތަރި ރަވީ ފާރޫގްއާ ކައިވެނިކޮށްގެންނެވެ.

އިއްޔެ ރިޝްމީ ކުރިއަށް ގެންދިޔަ އިންސްޓަގްރާމް ލައިވްއެއްގައި އޭނާ ވަނީ އާއްމުން ރަވީ އާއި ކުރިމަތި ކުރުވި ބައެއް ސުވާލުތައް ކޮށްފައެވެ. އެގޮތުން ރިޝްމީ އަޒޭ އާއި ގާތްކޮށް އުޅޭތީ ރަވީ ރުޅި ނާދޭތޯ ކުރި ސުވާލަށް ރަވީ ޖަވާބު ދިނެވެ.

އެ ސުވާލުގެ ޖަވާބު ރަވީ ދީފައި ވަނީ ވަރަށް ހަމަޖެހިގެންނެވެ.

އޭނާ ބުނީ ރުޅި އަންނަ ކަހަލަ ކަމެއް އަދި ނުވާ ކަމަށެވެ. އެހެންވީމަ ރިޝްމީ އާއި އަޒޭ އާއި ގާތްވެގެން ރުޅި ނާންނަ ކަމަށް އޭނާ ބުންޏެވެ.

ރިޝްމީ ވަނީ މުނިފޫހި ފިލުވުމުގެ ދާއިރާގެ ބައެއް ފަންނާނުންނާއި އެކު އިންސްޓަގްރާމް ލައިވްއެއް ކުރިއަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސުންނާފަތި އާދަނާ

    މި މީހުންނަކީ އިރު އިރު ކޮޅުން ކޮޅު ބަދަލު ކުރާ ބައެއް ކަމަށްވާތީ ރަވީ އެގޮތަށް ޖަވާބު ދިނީ ވަރަށް ހަމަޖެހިގެން

    69
    8
  2. ޢާދަނު

    މިމީހުންގެ ވާހަކަތައް ވަގުތުނޫހުން ގެނެސް ނުދިނުން ވަރަށް ބޮޑަށް އެދެން. ހަމަ އެއްގޮތަކަށްވެސް ކިޔާކަށް ބޭނުމެއްނޫން ފިލްމުކުޅި ލަވަކުޅި އުޅޭމީހުންގެ ވާހަކަތަކެއް. މިމީހުންގެ ވާހަކަތައް ލިޔަން ވަކި ނޫހެއްނެރޭނަމަ. ދެން އެކިޔަން ބޭނުންވާ ބަޔަކު އެނޫސް ކިޔާފާނެދޯ. އެކަމަކު ހިޔެއްނުވޭ ދުވާލަކު ފަންސާސް މީހުން ނޫސް ކިޔާނެހެއްވެސް.. ލޮލް

    43
    8
  3. އެމަންޖެ

    ކީކުރާކައްދޯ ރުޅި އަންނަންވީކީ އަމިއްލަ މިނިވަންކަން ކޮއްމެ މީހަކައްވެސް އޮންނަން ޖެހޭނެ.

    19
    19
  4. ޙުޔު

    ޞޮޑުން ހަހަ ބޯހަލާކު

    12
    7
  5. ޙުގުނި

    މިމީހުންގެ ވާހަކަ ކީކުރަންތަ މިޖަހަނީ

    12
    1