ވަރި ވަރަށް ގިނަ އެވެ. އެއީ ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލަތައް ވެސް ގިނަ ވުމުން ދިމާވާ ކަމެކެވެ. ނަމަވެސް އެއްވެސް ދެމަފިރިޔަކު ކައިވެނިކޮށް އާ ހަޔާތެއް ފަށާނީ ވަރިވާން ނިއަތް ގަނެގެނެއް ނޫނެވެ. ކޮންމެ ދެމަފިރިޔަކު ވެސް ބޭނުން ވާނީ އެމީހުންގެ ކައިވެނީގެ ގޮށް މަރު ދުވަހަށް މޮހެވިގެން ނުގޮސް އޮތުމެވެ.
ސުވާލަކީ މައްސަލަ ނުޖެހި ދެމަފިރިން އަބަދު އުޅޭނީ ކިހިނެއް ހެއްޔެވެ؟ ޖަވާބަކީ މައްސަލަ ނުޖެހި އުޅެވޭނެ ފޯމިއުލާއެއް ހޯދިފައެއް ނެތެވެ. ކޮންމެ ދެމަފިރިއެއްގެ ދެމެދުގައި ވެސް މައްސަލަ ޖެހޭނެއެވެ. ނަމަވެސް މިކިޔައި ދެނީ މައްސަލަތައް މަދުކޮށް ދެމަފިރިންގެ ގުޅުން ރަނގަޅުކޮށްއުފާވެރި ދިރިއުޅުމެއް އުޅޭނެ ގޮތެވެ.
ދެމަފިރިން އެކުގައި ނިދުން
ދިރިއުޅުމުގެ ޚަަރަދުތައް ހަމަޖައްސަން ދެމަފިރިން ވެސް އާންމުދަނީ ހޯދަން މިވަނީ މަސައްކަތް ކުރަން ޖެހިފައެވެ. ނުވަތަ ފިރިމީހާ އަކީ ތަންކޮޅެއް ލަހުން ގެއަށް އަންނަ މީހަކަށް ވެދާނެއެވެ. އޭރު އަނބިމީހާ އޮންނާނީ ނިދާފައެވެ. ނަމަވެސް ތަޖުރިބާކާރުންގެ ނަސޭހަތަކީ ކައިވެނީގެ ގުޅުން ބަދަހި ކުރަން ދެމަފިރިން ވެސް އެކުގައި ނިދަން އޮށޯތުން ކޮންމެހެން މަޖުބޫރެވެ.
ފޯނާއި ނުކުޅޭތި
ދެމަަފިރިން އެކުގައި ބޭރަށް ދިޔަސް، ގޭގައި އެކަނި ތިއްބަސް ދެމަފިރިންގެ ތެރެއިން އެކަކު ވެސް ނުވަތަ ދެމީހުންގެ ތެރެއިން ކޮންމެވެސް އެކަކު އަބަދުވެސް ފޯނާއި ކުޅުމުގެ މައްސަލަ އަކީ މިހާރު ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. އެއީ މައްސަލައެއް ކަމަށް ބައެއް މީހުންނަށް ހީނުވި ނަމަވެސް ހަޤީޤަތުގައި މިއީ ދެމަފިރިންގެ ދެމެދުގައި އޮންނަ ގުޅުން ހީނަރުވެ، ދެމަފިރިންގެ މެދުގައި މައްސަލަތަކެއް އުފަންވުމަށް މެދުވެރިވާ ސަބަބެކެވެ. އެހެންކަމުން ދެމަފިރިން އެކުގައި ހޭދަކުރާ ވަގުތުތަކަކީ އެއްވެސް މީހަކު ފޯނުގައި އަތް ނުލާ "ފޯން ފްރީ" ވަގުތު ކޮޅަކަށް ހައްދަވާށެވެ.
ލޯބި ފާޅުކުރަން ހަނދާން ކުރާތި
ބައެއް މީހުންނަށް ހީވަނީ ކައިވެނި ކުރުމަށް ފަހު ދެން އެމީހުންގެ ރޮމޭންޓިކް ދިރިއުޅުމަށް ނިމުން އައީ ކަމަށެވެ. ލޯބިވެރިންގެ ގޮތުގައި އުޅުނު އިރު ކަންތައް ކުރި ގޮތައް ދެން ކަންތައް ކުރާކަށް ނުޖެހޭނެއެވެ. ނަމަވެސް އެއީ ގޯހެކެވެ. ކައިވެންޏަށް ފަަަހު ވެސް އަނބިމީހާ އާއި އެކު އަތުގައި ހިފައިގެން ހިނގާލަން ދިއުމާއި، ސަޕްރައިސް ހަދިޔާތައް ދިނުން އެއީ ކުރަން ޖެހޭނެ ކަމެކެވެ. ރޮމޭންޓިކް ޑޭޓްތަަކަށް ދިއުން މަޖުބޫރެވެ.
މަޢާފަށް އެދެން ހަނދާން ކުރާތި
ގޯހެއް ހެދިއްޖެ ނަމަ މަޢާފަށް އެދުން އެއީ ފަސޭހަކަމެއް ނޫނެވެ. ހާއްސަކޮށް ކައިވެންޏަށް ފަހު ހެދޭ ގޯސްތަަކުގައި މަޢާފަށް އެދެން އުނދަގޫ ކަމަށް ވެއެވެ. ނަމަވެސް އެއީ ގޯހެކެވެ. ކޮންމެ ހާލަތެއްގައި ވެސް ގޯހެއް ހެދިއްޖެނަމަ މަޢާފަށް އެދެން ވާނެއެވެ.
ދެމަފިރިންގެ ޝެޑިއުލް
ދެމަފިރިން ކުރެ އެކަކު ކުރާ ހުރިހާ ކަމެއް އަނެކަކަށް އެނގުން އެއީ މަޖުބޫރު ކަމެއް ނޫނެވެ. ނަމަވެސް ކޮންމެ މީހަކަށް ވެސް އަނެއް ބައިވެރިޔާގެ ޝެޑިއުލް އެނގިފައި އޮތުން ކޮންމެހެން ބޭނުމެވެ. އެއީ އިތުރު މައްސަލަތަކެއް ކުރިމަތިނުވެ ކޮންމެ ދުވަހެއް ވެސް ނިންމާލުމަށްޓަކައި ކުރަން ޖެހޭނެ ކަމެކެވެ.
ޒުވާބު ކުރުމަށް ފަހު ހުސްވަގުތުކޮޅެއް
ކުރިން ވެސް ބުނިހެން ކޮންމެ ދެމަފިރިއެއްގެ ދެމެދުގައި ވެސް މައްސަލަ ޖެހޭނެއެވެ. ޒުވާބު ވެސް ކުރާނެއެވެ. ޚިޔާލު ތަފާތުވުންތައް ވެސް އުފެދޭނެއެވެ. އެކަންކަމަށް ފަހު އަލުން އާންމު ހާލަތަކަށް ރުޖޫޢަ ވުމަށް ކޮންމެ ބައިވެރިޔަކު ވެސް އަނެއް ބައިވެރިޔާ އަށް ފުރުސަތު ދޭން ވާނެއެވެ.
އެންމެ ރަނގަޅީ ޒުވާބުގެ ވަކި ހިސާބަކުން އެއީ ނިމުމެއް ނެތް ކަމެއް ނަމަ ފަހުން އެކަމާއި މަޝްވަރާ ކުރުމަށް ނިންމާ ހުސް ވަގުތުކޮޅެއް ނެގުމެވެ. ހިނގާލަން ގޮސް ނުވަތަ ނިދާލާ ނުވަތަ ފިލްމެއް ބަލާލުން ފަދަ ކަމެއް ކުރުމެވެ.
މުހިންމީ އަދަދެއް ނޫން މުހިންމީ ކޮލެޓީ
ބައެއް މީހުންނަށް ހީވެދާނެއެވެ. ކޮންމެ ދެމިނެޓަކުން އަނބިމީހާ އަށް ދޮނެއް ދޭން ޖެހޭނެއެވެ. ކޮންމެ ދުވަހަކު ފަސް ދުވަހު އެހެން ކަމެއް ކުރަން ޖެހޭނެއެވެ. ކޮންމެ ދުވަހަކު އަށެއްކަ ފަހަރު ހަގެއް ދޭން ޖެހޭނެއެވެ. ނަަމަވެސް އެއީ ގޯހެކެވެ.
މުހިންމީ އަދަދެއް ނޫނެވެ. މުހިންމީ ކޮލެޓީއެވެ. ރަނގަޅު ވަގުތުުގައި ރަނގަޅަށް އަމަލު ކުރުުމެވެ.
ނިންމާލުން
ކައިވެންޏެއްކޮށް އެކުގައި 80 ވަަރަކަށް އަހަރު ހޭދަ ކުރުން އެއީ އެއްވެސް ދެމަފިރިޔަކަށް ފަސޭހަ ކަމެއް ނޫނެވެ. އެހެންކަމުން ދެމަފިރިން އެކުގައި ކުރަން ހުރި މަސައްކަތް ވަރަށް ބުރަވެފައި ވަރަށް ގިނައެވެ. އުފާވެރި ބާއްޖަވެރި ހަޔާތެއް ލިބޭނީ އެކަކު އަނެކަކަށް އިޙްތިރާމްކޮށް، އެކަކު އަނެކެއްގެ ބޭނުންތައް ދެނެގަނެ އެބޭނުންތައް ފުއްދައިދީގެންނެވެ. މައްސަލަތައް މަދު އުފާވެރި ދިރިއުޅުމަކީ މިފަދަ ލިޔުމެއް ކިޔާލައިގެން ލިބޭނެ އެއްޗެއް ނޫނެވެ. އެއީ އެތައް ޤުރުބާނީ އަކާއި އެތައް މަސައްކަތަކުން ނޫން ގޮތަކަށް ލިބޭނެ އެއްޗެއް ނޫނެވެ.
ބްރޯ ވަޓް އިޒް ދިސް ؟
ހުސްފޭކް. މުސްލިމުންނަމަ. ދެމަފިރިން ކޮންމެ ދުވަހަކު ކުރަންޖެހޭކަމަކީ ބަރާބަރަށް ނަމާދުތައް ކުރުމާ ގިނަގިނައިން ޤުރްއާން ކިޔެވުން. ކީރިތިރަސޫލާ ދެއްވާފައިވާ އިރުޝާދުތަކުގައި ހިފަހްޓާ ފުރިހަމައަށް އަމަލު ކުރަންވީ. އޭރުން ކާވެނި ބާއްޖަވެރިވެ އުފާވެރި ދިރިއުޅުމެއް ލިބޭނެ.
ރަގަޅު ވާކައެއް! މިއީ ދެމަރިތިންކަން ނޭގޭ ހުޅަގުގެ ތެޅިބާލާ މީހުންނަށް ހަދާންކޮށްދޭން ލިޔެފައިވާ ލުިޔުމެއް!
އެކުގައި މަރުވުމާ ހަމައައް ލެއްވުން އެދިގެން ދުޢާ ކުރާތި!!މުޢުމިނުންގެ އެންމެ ބޮޑު ލަތިޔާރަކީ ދުޢާ...ދުޢާ ކުރަން ހަދާންނައްތާ ނުލާތި!!
ސޮރީ ގަބޫލެއް ނުކުރެވޭ.