މިހާރު މީސް މީޑިއާގެ ބޮޑު ސަމާލުކަމެއް ލިބިގެން މި އުޅެނީ އިންޑިއާ މީހަކު ބޮޑު މާސިންގ ކޯބްރާއެއް ފެންވަރުވާ ވީޑިއޯއަކަށެވެ. އެ ވީޑިއޯ ޓްވިޓާގައި ހިއްސާކޮށްފައި ވަނީ އިންޑިއަން ފޮރެސްޓް ސާވިސް އޮފިސަރު ސުސަންތާ ނަންޑާއެވެ.

އޭނާ ޓްވިޓާގައި ހިއްސާކުރި އެ ވީޑިއޯއިން ފެންނަނީ މީހަކު ބާލިއްދީއަކުން ކޯބްރާގެ ބޮލަށް ފެން އަޅާ މަންޒަރެވެ. އަދި އެ މީހާ އެ ކޯބްރާ ފެންވަރުވަމުންދާއިރު، އެ ކޯބްރާގެ ފަރާތުން އެއްވެސް ކަހަލަ ނުކިޔަމަންތެރިކަމެއް ފެނިގެން ނުދެއެވެ.

އެ ކޯބްރާ ފެންވަރުވި އެ މީހާއަކީ އެކަމަށް ތަމްރީން ލިބިފައިވާ މީހެއްކަން ވަރަށް ރަނގަޅަށް އެނގެއެވެ. އަދި އެ ކޯބްރާގެ ގައިގައި ފަހުން އޭނާ އަތްލާން މަސައްްކަތްކޮށް، އަނެއްކާވެސް ކޯބްރާގެ ބޮލަށް އޭނާ އަޅާލީ ފެން ބާލިއްދީއެކެެވެ.

އެ ވީޑިއޯ ޓްވިޓާގައި ހިއްސާކުރަމުން ނަންޑާ ވަނީ މިފަދަ ކަންކަން ގޭގައި ނުކުތުމަށް ނަސޭހަތްތެރިވެފައެވެ. އަދި މިއީ ނުރައްކާތެރިކަމެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

51 ސިންކުންތުގެ އެ ވީޑިއޯ އިއްޔެ ޓްވިޓާގައި ހިއްސާ ކުރުމާއެކު 73000 އަށްވުރެ ގިނަ މީހުން ވަނީ އޭތި ބަލާފައެވެ. އަދި އެތައް ސަތޭކަ ބަޔަކުވަނީ އެ ވީޑިއޯއަށް ކޮޮށްފައެވެ.

އެއް ބަޔަކު ވަނީ އެ ކޯބްރާ ފެންވެރުވުމުގެ މަސައްކަތް ކުރަމުން ދާނީ ހަރުފައިގެ ކަންކަމުގައި އެކްސްޕާޓެއް ކަމަށްވާ ވަރާ ސުރޭޝް ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހައްހައް

    ބުރޯ އެ ފެން ބޯން ދެނީ.. ލޮލް