ރިހަ ކެއްކުމަށް އާއްްމުގޮތެއްގައި ބޭނުން ކުރަމުން އަންނަ ރީނދޫއަކީ އޭގެ ސަބަބުން ސިއްޙަތަށް ގިނަގުނަ ފައިދާތަކެއް ކުރާނެ އެއްޗެއްކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އެމެރިކަން ޖާނަލް އޮފް ގެރިއަރޓްރިކްގައި ޝާއިރުކޮށްފައިވާ މިދިރާސާގައި ބުނެފައިވަނީ ކޮންމެ ދުވަހަކު ރީނދޫ ހިމެނޭ އެއްޗެއް ކެޔުމުގެ ސަބަބުން މީހާގެ ވިސްނުން ކޮށިވުމުން ސަލާމަތްވުމަށާއި މީހާގެ މޫޑް ރަނގަޅުކޮށްދިނުމަށް އެހީތެރިވެދޭ ކަމަށެވެ.

މިދިރާސާ ހަދާފައިވަނީ ޔުނިވަރސިޓީ އޮފް ކެލިފޯނިއަރގެ ތަޙްލީލްކުރާ ޓީމަކުންނެވެ. މިދިރާސާ ހެދުމަށްފަހު މިދިރާސާ ހެދުމުގައި އެންމެ އިސްކޮށް އުޅުއްވި ޑރ.ގެރީ ސުމޯލް ވިދާޅުވެފައިވަނީ، ރީނދޫގެ ސަބަބުން ސިނކުޑީގެ އިންފްލޭމޭޝަން ދަށްކޮށްދޭ ކަމަށާއި މިކަމުގެ ސަބަބުން ޑިޕްރެޝަން އަދި ހަނދާންނެތުމުގެ ބަލިން އިންސާނާގެ ހަށިގަނޑު ސަލާމަތްކޮށްދޭކަމަށެވެ.

އުމުރުން 40 އަހަރާއި 90 އަހަރާއި ދެމެދުގެ ގިނަ އަދަދެއްގެ މީހުން ހިމަނައިގެން ޖުމްލަ 18 މަސް ދުވަހުގެ މުއްދަތަށްކޮށްފައިވާ މިދިރާސާގައި ދައްކާގޮތުން ކޮންމެ ދުވަހަކު ޤަވާއިދުން ރީނދޫ ކާ މީހުންގެ ވިސްނުމުގެ ބާރު 28 އިންސައްތަ ގަދަކޮށްދޭ ކަމަށާއި މިމީހުން ކަންކަމާ ސުޓްރެސްވުން ދަށްކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތިމަންނަ

    މިގައުމުން ފިލުވާލުމަށް މަސައްކަތް ކުރަމުން ގެންދާ އެއްޗެއް ޕްރޮމޯޓް ކުރުމަށް މަސައްކަތް ކުރާމީހާއަށް ހުރި އުގޫބާތް ދަންނައެ..........