ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް މާބަނޑު ނުވުމަކީ ވަރަށް ގިނައިން ދިމާވާ ކަމެކެވެ. ބައެއް ފަހަރު މިކަން މިހެންވުމަށް ދިމާވަނީ އުފެދުމުގައިވެސް ހުންނަ ބައްޔެއްގެ ސަބަބަބުންނެވެ. އަނެއްބައި ފަހަރު މިކަން މިހެން ދިމާވަނީ އަމިއްލަޔަށް ކުރެވޭ ކަމެއްގެ ސަބަބުންނެވެ.

ބަރުބޮޑު ދިރިއުޅުމެއް ކޮންމެ މީހެއްވެސް އުޅެމުންދާއިރު، ތިމާގެ ސިއްޙަތާމެދު ފަރުވާ ކުޑަކުރުމަކީ ވަރަށް ގިނައިން ދިމާވާ ކަމެކެވެ. މިކަން މިހެން ދިމާވަނީ ބައެއް ފަހަރަށް ދިމާވަނީ މިކަމުގެ ސަބަބުން ފަހުން ދިމާވެދާނެ ކަންކަމަށް ނޭނގޭތީއެވެ. މިސާލަކަށް އަންހެން މީހާގެ ކެޔުން ބައްޓަން ކުރާ ގޮތުގެ ސަބަބުން ބައެއްފަހަރު ވަރަށް ބޮޑު ނިޢުމަތެއް ކަމުގައިވާ ކުއްޖަކު ލިބުމުން ތިމާ މަޙްރޫމްވެގެންދެއެވެ.

ހިއުމަން ރިޕުރަޑަކްޝަން ޖާނަލްގައި ޝާއިރުކޮށްފައިވާ ދިރާސާާއެއްގައި ބުނެފައިވަނީ ތަރުކާރީ މަދުން ކެޔުމާއި ގިނައިން ތައްޔާރީ ކާނާ ކެޔުމަކީ މާބަނޑުވާން ގިނަ ދުވަސްތަކެއް ނަގާ ކަމެއްކަމަށާއި ބައެއް ފަހަރު ދަރިން ލިބުމުންވެސް މަޙްރޫމްވެގެންދާ ކަމަށެވެ.

ދުނިޔޭގެ އެކި ހިސާބުތަކުން ޖުމްލަ 5,598 އަންހެނުން ބައިވެރިކޮށްގެން ކުރެވުނު މިދިރާސާއިން ދައްކާގޮތުން މީގެ ތެރެއިން ތައްޔާރީ ކާނާގެ ބާވަތް ގިނައިން ބޭނުންކުރާ މީހުން މާބަނޑުވުމަށް ގިނަ ދުވަސްނަގައެވެ. އަދި ތައްޔާރީ ކާނާ އާއްމުކޮށް ކާމީހުންގެ ތެރެއިން 468 (8 އިންސައްތަ) މީހުންނަކީ ކުދިން ލިބުމުން މަޙްރޫމްވެފައިވާ މީހުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ލާނާ

    މި ލިޔުމާ ދޮންކޭލާ ހުރި ގުޅުމަކީ ކޮބައިތޯ... މިފަދަ ފޮޓޯގެ މާނަ އަކީ ކީއްކުރަން ބޭނުން ކުރާ އެއްޗެއް ކަން އެންމެން ދަނޭ.. ޕްލީޒް ޗޭންޖް

  2. ދިޔާނާ

    ތީ ހުސްހޮޅި ވާހަކަ

  3. ނޯ

    ޙަބަރުގަ ވަަ ފޮަޓޯ ބަދަލުކުރަނެ ޖެހެެ

  4. ަިިިިިހައްގުތެދު

    އާރޓިކަލް ކިޔާނިމުނު އިރުވެސް ދޮންކޭލާ ދަރިންނުލިބުމާހުރި ގުޅުމަކީ ކޮބާކަމެއް ނޭނގުނު

  5. ޒާްން މަންމަ

    މަށަށް އިނގޭ ދޮންކޭލާ މާބަނޑުވުމާ ހުރިގުޅުން ދޮންކެޔަ ކުޑަ ދަރިން ހޯދަން އުދަނގޫވޭ ވަރަށް އުދަގޫ