ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އާއި އެކީ ޝިފާ ޓިކްޓޮކް ވީޑިއޯ އެއް ކުޅެން ބޭނުންވާ ނަމަ އެކަމަށް ތާއިދު ކަމަށް ޖާބިރުގެ އަނބިކަނބަލުން އަދި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ޝަހްސިއްޔަތުތަކުގެ ތެރެއިން ޝަހްސިއްޔަތަކާއި އެކު ޓިކްޓޮކެއް ހަދަން ފުރުސަތު ލިބިއްޖެނަމަ އިހްތިޔާރު ކުރާނީ ޖާބިރު ކަމަށް ޝިފާ ބުނެފައިވާތީ އެކަމާއި ގުޅިގެން ދިޔާނާ ވަނީ އެކަމަށް "ހުއްދަދީ" ޓްވީޓެއް ކޮށްފައެވެ.
"އަސްތާ، ތިޔައީ ވަރަށް ފައްކާ ކަމަކަށްވާނެ" ދިޔާނާ ކޮށްފައިވާ ޓުވިޓެއްގައި ބުނެފައިވެއެވެ.
Asthaa, thiyaee varah fakkaa kamakahvaane. pic.twitter.com/x2z6vUoukR
— Dhiyana ?🌹 (@dhiyanasaid) May 25, 2020
ޝިފާއަކީ ދިވެހިންގެ މެދުގައި މަގުބޫލު "ޓިކްޓޮކް" ތަރިއެކެވެ. "ބައިސްކޯފް" އިން ގެނެސްދޭ "ލޮކްޑް އަޕް ވިތު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝިފާ ބުނީ، ޖާބިރު އާއި އެކީ ޓިކްޓޮކް ވީޑިއޯއެއް ހަދާލަން އޭނާ ބެނުންވަނީ ޖާބިރަކީ މަޖާ މީހަކަށް ވާތީ ކަމަށެވެ.
ޖާބިރާއި އެކު ޓިކްޓޮކެއް ކުޅެން ޝިފާ ޝައުގުވެރިކަން ފާޅުކުރުމުން ގިނަ ބަޔަކު ގެންދަނީ ޝިފާ އާއި އެކު ޓިކްޓޮކަކުން ފެނިލުމަށް ޖާބިރުގެ އަރިހުން އެދެމުންނެވެ. ނަމަވެސް މިކަމާއި ގުޅިގެން އަދި މިހާތަނަށް ޖާބިރު އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
ކޫލްވާނެ ދޯ އެއީ އެހެންނޫނަސް އެދެމީހުން އުޅޭ ގޮތް ވިއްޔަ!!!!!
ޖާބިރު ކަހަލަ މަޖާ ބައެއް މީހުން ތަންކޮޅެއް ކުރިން ރާއްޖޭގައި އުޅުނު. ޢެއީ ބޭހޮއްކޮ، ގޯނިބޭކުޑައަލީ، މޮޔަމުހަދޭ، ފަދަ ބައެއް މީހުން.???
މަވެސް ބޭނުން ދިޔާނާ އެކު ޓިކްޓޮކް ޖައްސަން... ޥަރަ ށް ފައްކާވާނެ
ބޭހޮއްކޮއާއި ބޮޑާބެއާއި ގޯނިބޭ ކުޑަ އައްޔާއި، މޮޔަ މޮހޮދޭއާއި، ވާލުސޮރާއި، ބަތްބަނޑުއަޅާއާއި އުނިމަސް ދޮންމޫސާފުޅާއި ބުޅިތުއްތުއާއި ޑޮންޓުއްޓުއާއި އުދަމުދިމާއި، ހޮނޑައިދޫ ބޮޑު ހުސައިން ފަދަ މީހުންނަކީ އެ މީހުންގެ ޒަމާނުގައި އެ މީހަކު އެކުރާ ކަމަކަށް ވަރަށް މަޝްހޫރު ބައެއް. މިވައްތަރުގެ މީހަކު މި ގައުމުގައި ނޫޅޭ ޒަމާނެއް ނުދާނެ. މި ލިސްޓަށް ލޮލީ އިތުރުކުރީމާ އިތުރަށް ލިސްޓު ފުރިހަމަވާނެ.
ދެން ޖާބިރު ޓިކްޓޮކް އިންވެސް ފެނިދާނެ... އެއައްފަހު ފިލްމުތަކުގެ ލީޑް ރޯލް ކުޅެންވެސް ފުރުސަތު ލިބޭނެ...
ލޮލީ އާޢި އެކީ ޓިކްޓޮކް ކުޅެން ޝިފާ އަށް fakkaa kamakahvaane.
ދިޔާނާ ފަހުންނުރޯތި
ބިތުފަންގި ނެގުނު ދުވަހަކުން މި ދެމީހުންގެ އަސްލު ސިފަ އެނގޭނީ!! ހިއެއްނުވޭ ސަހަލު ގޮތަކަށް ދާނެހެން
ބޮޑުމޮހޮރުޖަހާއިރު ތަދުވާނެ އެއްބަސްނުވާނަމަ ވީމާ އެއްބަސްނުވެ ކޮންތާކައް ދާނީ މުސްލިމުންނޯތިވެސް
ދިޔާނާއަކީ ތައުލީމީ ޑިޕްލޮމެޓިކް ލޭންގްއޭޖް ދަންނަ ކަނބަލެއް. އެއޮތީ "ފައްކާ" ، ދަ ފ ވޯރޑް ޜީތިގޮތަކަށް ބޭނުންކޮށްފައި
ކޮއްކޯ އާދަމުގެ ދަރިޔާ. ބޭހޮއްކޮ އާއި ބަތްބަނޑުއަޅާ އާއި އެއީ އެކަކު އިނގޭތޯ. ބޭހޮއްކޮ އާއި ދިމާލަށް ބަތްބަނޑުއަޅާއޭ ގޮވިމީހަކު އަތުޖެހިއްޖެއްޔާ ރޮލުން ކައިވެސްފާނެ. އަޅުގަނޑުމެން ކުޑައިރު، މަގުމައްޗަށް ސަކަރާތްޖަހަން ނުކުމެ އުޅޭ ކުދިން އޭނާ ރުޅިއަރުވަން ބަތްބަނޑުއަޅާއޭ ގޮވީމަ އެކުދިން ފަހަތުން ދުވާތަން ދެކެން. ބޭހޮއްކޮ އަކީ ކުޑަކޮށް މޮޔަގޮތެއް ހުންނަ ގައިބާރު ވަރަށްގަދަ މީހެއް. އުޅޭނީ މުޅޮއެއް ކޮނޑަށްލައިގެން ގޭގެއަށް ގޮސް ދަރުފަޅައިދޭން. އެއީ އޭނާ ކާންބޯން ކުރާ މަސައްކަތް. ބޭހޮއްކޮ ނިޔާވީ ގުރައިދޫ ބަލިމީހުން ބަލަހައްޓާ މަރުކަޒުގަ ހުއްޓާ.
ކޫލްވާނެތާ އެއކަހަލަ ދެ މަރުމޯލުންވިއްޔާ ހެހެހެ