ޑިޕްރެޝަން ނުވަތަ ދެރައާއި ހިތާމައަކީ ނުރައްކާތެރި ބަލިތަކުގެ ތެރޭގައި ހިމެނޭ ބައްޔެކެވެ. އާންމުކޮށް މީހާ ޑްޕްރެޝަންއަށް ދަނީ މައިގަނޑު ތިން ސަބަބަކާއި ހުރެއެވެ. އެ ސަބަބުތަށް ތިރީގައި އެވަނީއެވެ.

މަރު

އާއިލާގެ މީހެއް ނުވަތަ ތިމާގެ މީހެއް ނިޔާވުމަކީ މީހުން ޑިޕްރެޝަންއަށް ދިޔުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބެވެ. އަދި އެކަމުގެ ސަބަބުން މީހާއަށް ކުއްލި ޝޮކެއް ލިބި ހިތާމައިގައި ގިނަ ވަގުތު ހޭދަކުރާ ކަމަށް ކަމާބެހޭ މާހިރުން ބުނެއެވެ.

ގަނާކުރުން

ގަނާކުރުން ނުވަތަ ބުލީ ކުރުމަކީވެސް މިހާ ޑިޕްރެޝަންއަށް  ދިޔުމަށް މަގުފަހިވާ ސަބަބެކެވެ. އެހެނީ ގަނާކުރުމުގެ ސަބަބުން ނަފްސާނީ ގޮތުން ގެއްލުންވާތީއެވެ. އަދި އެކަމުގެ ސަބަބުން ގިނަވަގުތު މީހުންނާއި އެކަހެެރިކޮށް އުޅެން ބޭނުންވެއެވެ. އަދި އަމިއްލަ ނަފްސަށް ގެއްލުންދީ އަމިއްލައަށް މަރުވުން ފަދަ ކަންކަމަށްވެސް މަގުފަހިވެއެވެ.

ހަސަދަ

ތިމާ އެހެން މިހަކަށް ހަސަދަ ލައިގެން އުޅުމަކީވެސް ފަސޭހައިން ޑިޕްރެޝަންއަށް ދިޔުމުގެ އަސްލެކެވެ. އެހެނީ އެކަމުގެ ސަބަބުން ތިމާ ވިސްނަން ޖެހޭ ކަންކަން ގިނަވެ ސިކުނޑިއަށް ބާރު ބޮޑުވާތީއެވެ.

ޑިޕްރެޝަން ނުވަތަ ދެރައާއި ހިތާމައަކީ މުސްތަގުބަލުގައި އެންމެ ގިނައިން މީހުން މަރުވާނެ ސަބަބު ކަމުގައި ކަމާބެހޭ މާހިރުން ބުނެއެވެ. އެހެންކަމުން ތިމާގެ ހަޔާތް އުޖާލާކޮށް އުފާވެރިކުރުމަށް ތިމާ ދެރަވާނެ ފަދަ ކަންކަމާއި ދުރުވެ އުޅުން މުހިންމެވެ. އަދި ހެޔޮލަފާ ރަހުމަތްތެރިން އިހްތިޔާރު ކުރުމާއި އިސްލާމް ދީނުގެ އަޤީދާގެ މަތީގައި ފައިތިސަ ސާބިތު ކުރުމަކީވެސް މުހިންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެންމެ ގިނަ މީހުން ޑިޕްރެސް ވާ އެއްކަން އޭ އެހެންމީހުންނަށް ހަސަދަ ލައިގެން އުޅުން ގަބޫލް ކުރިޔަސް ނުކުޔަސް މިފަހަރު ހަމަ ރަގަޅަށް ތިބުނީ

    • ާަަަކީއްވެ

      ޢާާއިލާ ގައި ހަމަނުޖެހުން ގިނަވަންޏާ ވެސް ޑިޕުރެސް ވާނެ.