ފޭސްބުކް މެދުވެރިކޮށް ކޭމްބްރިޖް އެނަލިޓިކާއިން އާންމުންގެ މައުލޫމާތު ވަގަށްނެގި މައްސަލައިގައި ފޭސްބުކްއަށް އެތައް އާންމުންގެ ފާޑުކިޔުންތަކެއް އަމާޒުކުރެވިގެންދިޔައިރު އެހާ ހިސާބުން އަދި ފޭސްބުކްގެ މައްސަލަ ނިމުނީއެއް ނޫނެވެ. އޭގެ ފަހުން ފޭސްބުކްއިން އާންމުން އިންސްޓަގްރާމްއަށް ޕޯސްޓުކޮށްފައިވާ ސެލްފީ އަދި ކާ އެއްޗިހީގެ ފޮޓޯވެސް އެ ކުންފުނީގެ އަމިއްލަ ޓެކްނޮލޮޖީ ކުރިއެރުވުމަށް ބޭނުންކުރާ ދިރާސާތަކުގައި ބޭނުންކޮށްފައިވާކަމަށް ވަނީ ހާމަވެފައެވެ.

ފޭސްބުކްގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު މައިކް ސްކްރޯފާރ ވަނީ ކޮންމެ އަހަރަކުވެސް އެ ކުންފުނިން ބާއްވާ ޑެވެލޮޕާރސް ކޮންފަރެންސްގައި ފޭސްބުކްއިން އާންމުން ޕޯސްޓުކޮށްފައިވާ ސެލްފީ އަދި ކާ އެއްޗިހީގެ ފޮޓޯ އެ ކުންފުނީގެ އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ ކުރިއެރުވުމަށް ކުރިއަށްގެންދާ ދިރާސާއާއި ތަހުލީލުތަކުގައި ހުއްދައާއި ނުލައި ބޭނުންކޮށްފައިވާކަމަށް އެއްބަސްވެފައެވެ.

ދެން އުފެދޭ ސުވާލަކީ ފޭސްބުކްއަށް ނުވަތަ އިންސްޓަގްރާމްއަށް ފޮޓޯއެއް ޕޯސްޓުކުރުމުން ތިބާއަށް އެ ފޮޓޯގެ މައްޗަށް އެއްވެސްކަހަލަ ބާރެއް އޮންނަތޯ ނުވަތަ ނޫންތޯއެވެ. ހަގީގަތުގައި ތިބާގެ ފޮޓޯއެއް ފޭސްބުކްއަށް އެހެން ކަމެއްގައި ތިބާގެ ހުއްދައާއި ނުލައި ބޭނުންކުރެވިގެންނެއް ނުވާނެއެވެ. އެކަމާއި ސޯޝަލް މީޑިޔާގައި ގިނަ ބަޔަކު އެއްބަސްވާނޭއިރު ފޭސްބުކްގެ މި އަމަލުތަކަށް އަނެއްކާވެސް އާންމުންގެ ފަރާތުން ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.

ފޭސްބުކްއިން އެފަދަ އެތައް ހާސް ފޮޓޯއެއް ބޭނުންކޮށްފައިވާއިރު އެ ކުންފުނިން ވަނީ އެންމެ ފަހުން އެ ފޮޓޯތައް 2012 ވަނަ އަހަރު އެއް ބިލިއަން ޑޮލަރަށް ގަނެފައެވެ. ފޭސްބުކްއިން ބުނާގޮތުގައި އެ ފޮޓޯތަކުގެ ސަބަބުން އެ ކުންފުންޏަށް ވަނީ އެކުންފުނީގެ ވާދަވެރި ގޫގުލްގެ މައްޗަށް އާޓިފިޝަލް ޓެކްނޮލޮޖީގެ ދާއިރާއިން ކުރިހޯދުމުގެ ގާބިލުކަން ލިބިދީފައެވެ.

އެހެންނަމަވެސް ފޭސްބުކްގެ މި އަމަލަކީ ގާނޫނާއި ޙިލާފް އަމަލެއް ނޫނެވެ. އެ ކުންފުނިން އެ ފޮޓޯތައް ގަތް ހިސާބުން އެ ފޮޓޯތައް ވާނީ އެ ކުންފުނީގެ މުދަލަކަށެވެ. އެކަމަކުވެސް ފޭސްބުކްއިން އެންމެ ފުރަތަމަ އެ ކުންފުނީގެ ހިދުމަތްތައް ބޭނުންކުރާ ފަރާތްތަކަށް އެފަދަ އަމަލެއްގެ މައުލޫމާތު ނުދިނުމަކީ ގިނަ ބައެއްގެ ހިތްހަމަނުޖެހުން އެ ކުންފުންޏަށް އަނެއްކާވެސް އަމާޒުވެފައިވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހްމަދު

    އެފްބީ ގައި އާންމުން ޕޯސްޓް ކުރާ އެއްޗެހި ފެސްބުކް އިން ބޭނުން ކުރަން އެއްވެސް ބައެގެ ހުއްދަ ނަގަން ޖެހޭ ތަ!

  2. ޟިންޔާމް

    މޮޔަ ވާހަކަ ނުދައްކަބަލަ ވަގުތު ކުދިން
    ޢެއީ މިހާރު ކޮއްގެން އުޅޭ ކަމެއް ނޫން