އިންޑިއާ ކޮޑަމް ބެއްލޫރް ޕަންޗަކަޔަޓް އަށް ނިސްބަތްވާ އުމުރުން 42 އަހަރުގެ ފިރިހެނަކު ކަންނޫރް މެޑިކަލް ކޮލެޖް ހޮސްޕިޓަލްގައި އެޑްމިޓް ކުރީ އޭނާގެ ބޮލަށް ސައްކަޭލެއް ވެއްޓިގެން، ސްޕައިނަލްއަށް ލިބުނު ގެއްލުންތަކާއި ގުޅިިގެންނެވެ.

އެ ފިރިހެން މީހާ އެ ހޮސްޕިޓަލްގައި އެޑްމިޓް ކުރި ފަހުން ވަނީ ކޮވިޑް-19އަށް ފައްސިވެފައެވެ. މިއާއެކު އޮފިޝަލުން މިހާރު އެ ތިބީ ބިރުން ފިއްކަނޑައިގެން ދާ ވަރު ވެފައެވެ. ސަބަބެއް ކަމަށް ވަނީ ޕަންޗަޔަޓް އިން ކޮވިޑް-19 ވޭދަނަ (ކޭސް)އެއް މީގެ ކުރިން ނުފެނުމާއި، އެ މީހާއަކީ ދާދި ފަހުން އެހެން ގައުމަކަށް ދަތުރު ކުރި މީހަކަށް ނުވުމުންނެވެ،

އެ މީހާއަކީ އޮޓޯ ޑްރައިވަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ މީހެކެވެ. އެ މީހާ ކޮވިޑް-19 އަށް ފައްސިވެފައި ވަނީ މެއި 23 ވަނަ ދުވަހުއެވެ.

އިންޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި، ބޮލަށް ސަައްކޭލެއް ވެއްޓިގެން ފަރުވާދެމުން އަންނަ މީހާއާ އެ މީހުންނާއި ވާހަކަދެއްކޭ ގޮތް އަދި ވަނީ ނުވެފައެވެ. އެއީ އެ މީހާއަށް ފަރުވާދެމުން ދަނީ ވެންޓިޓޭލަރުގައި ކަމަސް ވާތީއެވެ.

އޭނާގެ އާއިލާއިން ބުނާގޮތުގައި، އޭނާގެ ބޮލަށް ސައްކޭލެއް ވެއްޓުނީ ސައްކެޔޮ ގަހަކަށް އަރާ އޮއްވާ އެވެ. އޭޕްރިލް 19 ވަނަ ދުވަހު ހިނގި އެ ހާދިސާގައި އޭނާ ވަނީ ގަހުން ވެއްޓިފައެވެ. ފުރަތަމަ އޭނާއަށް ފަރުވާދިނުމަށް ގޮސްފައި ވަނީ ކަސަރާގޯޑް ޑިސްޓްރިކްޓް ހޮސްޕިޓަލަށެވެ. ފަހުން އޭނާ ވަނީ ކަންނޫރް މެޑިކަލް އަށް ބަދަލު ކޮށްފައެެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ހާދިސާގައި އޭނާއަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ. އަދި އޭނާގެ ހަށިގަނޑުގެ ހަތަރު ބަދައެއް ޕެރެލައިޒްވެފައިވާ ކަމަށްވެސް ވެއެވެ.

އަދި އޭނާގެ ހާލު ސީރިއަސްވެގެން ވަނީ ވެންޓިލޭޓަރ އަށް ވަނީ ލާފައެވެ.

އެ ހޮސްޕިޓަލުން ބުނީ، އޭނާ ކޮވިޑް-19 އަށް ފައްސިވެފައި ވަނީ އެ ހޮސްޕިޓަލްގެ ޕްރޮޓޮކޯލް ތެރެއިން އެ ބައްޔަށް ޓެސްޓު ކުރުމުން ކަމަށެވެ. އެ ހޮސްޕިޓަލުން ބުނީ،ކޮވިޑް-19 ބަލީގެ މީހުންނަށް ހާއްސަ އޮޕަރޭޝަން ތިއޭޓަރެއް އެ ހޮސްޕިޓަލްގައި ވަނީ ގާއިމްކޮށްފައެވެ. އަދި އެ މީހާގެ އޮޕަރޭޝަންތައް ކުރިއަށް ދާނެ ކަަަމަށްވެސް ވަނީ ބުނެފައެވެ.

މިމީހާ ކޮވިޑް-19 އަށް ފައްސިިވުމުން 18 މީހެއް ކޮންޓެކްޓްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަމަށް ވެއެވެ. އެހެން ނަމަވެސް އޭގެން އެއްވެސް މީހެއްގެ ހަށިގަނޑުން ބަލީގެ އަލާމަތެއް ފެނިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދިރާސާ

    ސައްކޭލުން ކޮވިޑްއަށް ޓެސްޓް ކުރެވޭކަމަށް ދައްކާފި..

    8
    1