ކޮވިޑް-19 އާއި ގުޅިގެން ދުނިޔެ ހުއްޓުމަކަށް އައިސް، ކައުބަތުﷲ ގެފުޅުގައި ކުރިއެކޭ އެއްގޮތައް އަޅުކަން ކުރުމުގެ ފުރުސަތު ގެއްލިފައިވުމީ މުސްލިމުންގެ ހިތުގައި އޮތް ވަރަށް ބޮޑު ނުތަނަވަސް ކަމެކެވެ. މިނުތަނަވަސް ކަމުގެ ތެރޭގައި މުސްލިމުން ތިއްބާ ސައުދީ އަރަބިއްޔާގެ ދިީނީ އިލްމުވެރިއެއް ކަމަށްވާ ޝެއިހް އަހްމަދު އަލް ޚުޟައިރު ވަނީ ހަޤީޤީ ހާދިސާއެއް ޓްވިޓާގައި ހިއްސާ ކުރައްވާފައެވެ.

ޝެއިހް އަލް ޚުޟައިރު ވަނީ އޭނާގެ ރަހުމަތްތެރިއަކަށް މީގެ 20 އަހަރު ކުރިން ފެނުނު ހުވަފެނެއްގެ ވާހަކަ ވިދާޅުވެ ދެއްވާފައެވެ. އެ ހުވަފެނުގެ ވާހަކަ އެދުވަސްވަރު ޝެއިހު މުހައްމަދު އައްރޫމީ ގާތުގައި ބުނުމުން، ޝެއިހް އައްރޫމީ ވިދާޅުވީ، ހުވަފެން ފެނުނު މީހާ ކޮންމެވެސް ދުވަހަކުން، ކައުބާގެ ވަށައިގެން އެކަނި ޠަވާފު ކުރާނެ ކަމަށެވެ.

ޝެއިހް އައްރޫމީ ހުވަފެން ތައުބީރު ކޮށްދެއްވުމުން، ހުވަފެން ފެނުނު މީހާ އެދުވަހު ބުނީ ތިމަން ފަދަ މީހަކު، ކައުބަތުﷲ ގެފުޅު ވަށައިގެން އެކަނި ޠަވާފު ކުރާނީ ކިހިނެއް ހެއްޔެވެ؟

"ނަމަވެސް މި ރަމަޟާން މަހުގެ އޭނާ ވަނީ ކައުބާގެ ވަށައިގެން އެކަނި ޠަވާފު ކޮށްފައެވެ. އޭނާ އެކަނި ޠަވާފު ކުރީ މިސްކިތް ބަލަހައްޓާ މީހުންގެ ހުއްދަ ހޯދައިގެންނެވެ." ޝެއިހް އަލް ޚުޟައިރުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ޝެއިހް އަލް ޚުޟައިރު ވިދާޅުވީ ﷲ އީ ކޮންމެ ކަމަކަށް ކުޅަދުންވަންތަ އިލާހު ކަމަށާއި ރަނގަޅަށް ވިސްނުމަށްފަހު، ﷲ އަށް އަޅުކަން ކުރުމުގައި ދެމިތިބެން ޖެހޭ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން އުމްރާގެ އަޅުކަން މުސްލިމުންނަށް އަދާނުކުރެވޭތާ މިހާރު ދެތިން މަސް ދުވަސް ވެއްޖެއެވެ. އަދި މިއަހަރުގެ ހައްޖުގެ އަޅުކަން ވެސް ދުނިޔޭގެ އެހެން ގައުމުތަކުން މީހުން ދަތުރު ކޮށްގެން، ކުރިއަށް ގެންދެވިދާނެ ކަމާއި މެދު ވަނީ ސުވާލު އުފެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކުރަފި

    މަވެސް ދުށިން

    3
    15
  2. ޔަގީން ކަމެއް

    ސާލިހުން ނަށް ފެންނަ ހުވަފެން މާތްﷲ ތެދުކޮށްދެއްވާނެ..އެހެނީ އެކަހަލަ ރަނގަޅު ހުވަފެން ފެންނާނީވެސް އެކަލާނގެ ލޯބިވާ އަޅުންނަށް

    18
  3. ޒަމީރު

    ސައޫދީ ހައިއަތުލް ކިބާރުގެ ޝައިޚު ޢަބްދުލްކަރީމް އަލް ޚުޟައިރުގެ ދަރިފުޅު ޝައިޚު އަަަޙްމަދު.
    ޓްރަސްޓް ކުރެވޭ ސޯސްއެއް