ކޮވިޑް-19 އާ ގުޅިގެން ފުރަބަންދުގައި ހުންނަން ޖެހޭ އިރު އެންމެ ބިރު ގަންނަނީ ފުރަބަންދު ނިމޭ އިރު އާއްމުން އޭނާ މަތިން ހަނދާން ނެތިދާނެތީ ކަމަށް ކަލާސްގެ މަޝްހޫރު ޝޯ ބިގްބޮސްއިން އާއްމުންގެ ސަމާލުކަން ހޯދާފައިވާ ޝެހެނާޒް ގިލް ބުނެފިއެވެ.

ޝެހެނާޒް ގިލް އަކީ ބިގްބޮސްގެ ހުރިހާ ސީޒަނެއްގެ ތެރެއިން ވެސް އެންމެ މަގުބޫލްކަން ހޯދި އެއް ބައިވެރިޔެކެވެ. ޕަންޖާބަށް އުފަން ޝެހެނާޒްގެ ތަފާތު، ރީތިކަމާއި އޭނާގެ އަނގަ ގަދަ މިޒާޖުގެ ސަބަބުން އޭނާއަށް އެތައް ބައެއްގެ ސަމާލުކަން ލިބުނެވެ. ބިގްބޮސްގެ ގޭގައި ޝެހެނާޒް ފެނުނީ އަނގަ ހިމޭނުން ލައިގެން ހުންނަން އުނދަގޫ އެންމެންނާ ވެސް ގުޅޭ، ހިތްހެޔޮ މީހެގެ ގޮތުގައެވެ.

އަދި ބިގްބޮސްގައި އޭނާ އާއި ހިންދީ ޑްރާމާ ސީރީޒްތަކުން މަޝްހޫރުވި ސިދާރްތް ސުކްލާ އާއި ދެމީހުންގެ މެދުގައި އުފެދިގެން އައި ގާތް ގުޅުމަށް ވެސް ފޭނުންގެ ބޮޑު ސަމާލުކަމެއް ލިބުނެވެ.

ޝެހާނާޒް އިންޑިއާގެ މީޑިއާއަކަށް ބުނީ އޭނާ އަކީ އެކްޓަރެއް ކަމަށާއި އޭނާގެ ހުނަރު ދައްކާލަން ފުރުސަތު ނުލިބި ގިނަ ދުވަސްތަކެއް ވާތީ ދެރަވާ ކަމަށެވެ. އަދި ހަމައެކަނި ރީތިކަމާއި އަނގަ ގަދަ ކަމަށް މަޝްހޫރުވާން ބޭނުން ނުވާކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

"ބިގްބޮސް ނިމުނީމަ ބޭރަށް ގޮސް މީހުންނާ ބައްދަލުވެ، ފޭނުންނަަށް ފެންނަން ބޭނުންވީ. އެކަމަކު ބިގް ބޮސްއަކަށް އައިސްފައި މިއޮތީ،" އޭނާ ބުންޏެވެ.

ކަަލާސް ޓީވީ އިން ގެނެސްދޭ މަގްބޫލް ޝޯ ބިގްބޮސް އިން އާއްމުންގެ މެދުގައި ބޮޑު މަގްބޫލްކަމެއް ހޯދި، ޝެހެނާޒާއި ސިދާރްތްގެ ޖޯޑު ފެނިގެންދާ ހިންދީ ލަވަ ރިލީޒްކުރުމާއެކު އެތައް ބައެއްގެ ސަމާލުކަން އެ ލަވައަށް ވަނީ ލިބިފައެވެ.

"ސިޑްނާޒް"ގެ ފޭނުންގެ ފަރާތުން މި ލަވައަށް ލިބުނީ ވަރަށް ހޫނު ތަރުޚީބެކެވެ.

އިންޑިއާއިން އޮތީ މިވަގުތު 21 ދުވަހުގެ ފުރަބަންދެއްގައި ކަމަށް ވުމާއެކު، ވަރަށް ގިނަ ޓީވީ ޝޯތަކުގެ ރިޕީޓް މި ދަނޑިވަޅުގައި ދަނީ ދައްކަމުންނެވެ. އެގޮތުން ބިގްބޮސްގެ ރިޕީޓް ވެސް ދައްކަން މިހާރު ދަނީ ތައްޔާރުވަމުންނެވެ.

ބިސްބޮސްގެ މި އަހަރުގެ ސީޒަން އަކީ އެންމެ ހަމަނުޖެހުން ބޮޑު އެހެންނަމަވެސް އާއްމުންގެ ތެރެއިން އެންމެ ގިނަ ބަޔަކު ބެލި އެއް ޝޯއެވެ. އެ ޝޯގައި އެންމެ ގިނަ ބަޔަކަށް ކަމުދިޔަ އެއްކަމަކީ ސިދާރްތް އައި ޝެހެނާޒްގެ ލޯބީގެ މަންޒަރުތަކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާައަންނި

    ޝެހޭ މަތިން އަބަދުވެސް ހަނދާންވާނެ އަދި ހާއްސަކޮއް އެކަޅުފޮއި ރޭގެ މަތިން.

    4
    10
  2. ޒާރާ

    ޢިންޑިއާގެ މީހުނަށް ރަގަޅުވާނީ ފާހިޝް އަމަލްތައް ގިނައިން ދެއްކިވަ ރެއް އެހެންވެއެދެމީހުންގެ މަސްހުނި މަންޒަ ރު ތައް ވެސް ކަމު ދިޔައީ

    5
    1