ކޮވިޑް-19 އަށް ފަރުވާއެއް ހޯދަން ކަމަށް ބުނެ އިންޑިއާގެ ފާދިރީއަކު ބިމުގައި ވަޅުލެވިގެން، ވަށައިގެން އަލިފާން ރޯކޮށްގެން 8 ގަޑިއިރު އޮވެއްޖެއެވެ.

އިންޑިއާއަށް އުފަން، ސްރީނިވާސާ ސިއްދާރް އަކީ ޓެމިލްނާޑޫ ގައި ދިރިއުޅެމުން އަންނަ ފާދިރީއެކެވެ. އޭނާ ވަނީ ކަރާއި ހަމައަށް ފަސްގަނޑުގައި ވަޅުލެވިހެން ހުރެ ވަށައިގެން ކުދި ގުއްބުތަކެއް ގޮތަށް ހަދާފައިވާ އެއްޗެހިތަކެއްގައި ރޯކޮށްގެން 8 ގަޑި އިރު ވަންދެން އޮވެފައަވެެ. އޭނާ ވަނީ އޭނާގެ ބަސް އަހާ މީހުންނަށް މިކަމުން ކޮވިޑް-19 ނިމުމަކަށް އަންނާނެ ކަމަށް ބުނެ ވަސްވާސް ދީފައެވެ.

އޭނާ އެކަން ކޮށްފައި ވަނީ އެ ސަރަހައްދުގެ މީޑިއާތަކަށް ވެސް އަންގައިގެން، ވީޑިއޯކޮށްގެން ކަމަށް ވުމާއި އެކު މިއީ އޭނާ ސަމާލުކަން ހޯދަން ކުރިކަމެއްކަމަށް ބުނެ އެތައް ބަޔަކު ދަނީ އޭނާއަށް ފާޑުކިޔަމުންނެވެ.

ކޮވިޑް-19 އާއި ގުޅިގެން އިންޑިއާގެ ފާދިރީން ދަނީ މިކަހަލަ ބުއްދި ގަބޫލު ނުކުރާ ކިތަންމެ ކަމެއް ކުރަމުންނެވެ.

ކޮވިޑް-19 ފެތުރެން މެދުވެރިވީ ގެރި މަސް ކާ މީހުންގެ ސަބަބުން ކަމަށް ބުނެ، އެކަމުން ސަލާމަތް ވުމަށް އޮތް މަގަކީ ގެރީގެ ކުޑަކަމުދާ ތަކެތި ބުއިން ކަމަށް އިންޑިއާގެ ބައެއް ފާދިރީން ދަނީ ބުނަމުންނެވެ. އިންޑިއާގެ ބައެއް ހިސާބުތަކުގައި ކޮވިޑް-19 އިން ސަލާމަތްވުމަށާއި އެ ބަލި ހުއްޓުވަން ކަމަށް ބުނެ ގެރީގެ ކުޑަ ކަމުދާ ތަކެތި އާންމުންނަށް ދޭން ވަނީ ފަށައިފައެވެ.

ބައެއް ހިސާބުތަކުގައި މި އަމަލުތައް ހިންގަނީ އިންޑިއާގެ ބައެއް ފާދިރީންގެ އިސްނެގުމަށެވެ. މި ހަރަކާތްތައް ފަށާފައި ވަނީ އިންޑިއާގެ ނުފޫޒު ގަދަ ފާދިރީއެއް ކަމަށްވާ ސްވާމީ ޗަކްރަޕާނީގެ އިރުޝާދާއި އެއްގޮތަށެވެ.

އިންޑިއާގައި ގެރިއަށް އަޅުކަން ކުރާ ގިނަ ހިސާބުތަކުގެ ނުފޫޒުގަދަ ފާދިރީން ވަނީ އެ ސަރަހައްދުތަކުގެ އާއްމުންނަށް ގެރީގެ ކުޑަ ކަމުދާ ތަކެތި ދީ، އެއީ ކޮވިޑް-19 އަށް އޮތް ހަމައެކަނި ފަރުވާ ކަމަށް ބުނެފައެވެ.

މި ހަރަކާތްތަކަކީ ކޮވިޑް-19 ހުއްޓުވަން ހިންގާ ހަރަކާތްތަކެއް ކަމަށް ބުނި ނަމަވެސް، އެ ހަރަކާތްތަކުގައި ބޮޑަށް ހިންގި ކަމަކީ ގެރިއަށް އަޅުކަން ކުރާ މީހުންގެ ސަގާފަތާއި އާދަކާދަތަކާއި އެއްގޮތަށް ކަންކަން މީހުން ލައްވާ ކުރުވުމެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ބުރާންތި އިންޑިޔާ ގެރިޔާ ހެދި މޮޔަވެފައި

    61
  2. Anonymous

    ޢެކަމުން އިސްލާމްދީންނަށް އިތުރަށް ބާރުލިބިފާދިރީންގެއަސްލެއްނެއްބާތިލް އަގީދާޔާ ޒުވާނުން ދެކޮޅުހަދާތާކުންތާކުނުޖިހޭ ފާދިރިން ބޭޒާރުވާނެ

    59
  3. ީހިޔާލު

    ??????????????????????

    41
    1
  4. ޟަފް

    މޮޔަ ވެބަލަ ?

    29
    1
  5. Mr.doc

    ތިބެދާނެން ގެރީގެ ނަޖިސް ބޮއެގެން .......ތީގަ ދެން ގާގަ ރޯނުކުރިކަން .........????
    ..ބޮޑެތި ފިރިހެނުން އުޅޭ ވައްތަރު ކަލޭނޭ ފިރިހެނުންނަށް ވެސް ހުތުރޭ ...
    ޗީޗީ.ޗީޗީ..

    34
  6. ޒަމީރު

    ޝިރުކު ގެ ސުންޕާ ކަމުން ހުރިހާ ނުބައެއ އޮތް ތަނެއް ތިއީ

  7. ފަރިމް

    ކީއްކުރަންތަ މި މޮޔަކަލޭގެ ބޯ ފެންނަ ގޮތަށް ވަޅުލެވިގެން މިއިނީ. މުޅި މީހާ އެއްކޮށް ވަޅުލެވިގެން 8 ގަޑިއިރު ވަންދެން ނޫންނަމަ މަރުވަންދެން އޮންނަމަ ކޮވިޑުން ސަލާމަތް ވީސް.ކަލޭ ހަމަ ތިތަނުން ނިކުމުގެން ގެއަށްދާ މަގުމަތީގައިވެސް ކޮވިޑް ޖެހިދާނެ. މި ބުދު ފާދިރީންނަކީ ހާދަހާވާ މޮޔަ ބައެކޭ. އިންޑިޔާ ސަރުކާރުން މި މީހުން ބޮލަށް ބޭސް ކުރަން ވެއްޖެއެއް ނޫންތަ؟

  8. އައްޑޫ ލެއި

    ހޭބަލިވަނީ ބުރާންތިން

  9. ނޫރު

    ??????????

  10. މުސްލިމުން

    ޝައިތާނު އެއީ މޮޔައެކޭ މޮޔަ ބަލި ފަތުރާ. މާތްﷲ ހެޔޮ ވިސްނުން އެންމެނަށް ދެއްވަވާށި އާމީން