އަވަށްޓެރި އިންޑިއާ އާއި ޕާކިސްތާނުގެ މެދުގައި ޒަމާނުންސުރެ ބޮޑެތި ހަމަނުޖެހުންތަކެއް އަންނަނީ އުފެދެމުންނެވެ. ބައެއް ފަހަރު މި ދެ ގައުމުން ކޫސަނި ކަންކަންވެސް ކުރާއިރު ދާދި ފަހުން އިންޑިއާ އިން މިވަނީ ޕާކިސްތާނުގެ ޖާސޫސެއް ކަމަށް ބުނެ ކޮތަރެއް ހައްޔަރު ކޮށްފައެވެ.

އިންޑިއާ އާއި ޕާކިސްތާނު ގުޅޭ ބޯޑަރު ކައިރިން މި ކޮތަރު އިންޑިއާގެ ފަޅިއަށް އަރައި، އެ ސަރަހައްދުގައި ހުރި ގެއަކަށް ވަނީ ވަދެފައެވެ. މިއާއިއެކު އެ ސަރަހައްދުގެ މީހުން ވަނީ އެ ކޮތަރު ހިފައި، އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައެވެ.

އިންޑިއާ ފުލުހުން ބުނެފައިވާ ގޮތުގައި އެ ކޮތަރުގެ ގައިގައި ވަނީ ފިޔާތޮށި ކުލަ ޖައްސާފައި ކަމަށާއި އަދި އޭގެ ފައިގައި ހާއްސަ ނަމްބަރެއްވެސް ޖަހާފައިވާ ކަމަށެވެ. ފުލުހުން އިތުރަށް ބުނީ މި މައްސަލަ ބަލާ ނިމެންްދެން އެ ކޮތަރު އިންނާނީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.

މީގެ ކުރިންވެސް އިންޑިއާ އިން ވަނީ ޕާކިސްތާނަށް ޖާސޫސް ކުރާ ކޮތަރުތަކެއް ކަމަށް ބުނެ ކޮތަރުތަކެއް ހައްޔަރު ކޮށްފައެވެ. ޢެ ގައުމުން ބުނާ ގޮތުން ޕާކިސްތާނާއި އިންޑިއާގެ ދޫނިތައް އެއް ގައުމުން އަނެއް ގައުމަށް ވަނުން ނުހުއްޓުވޭނެ ކަމަށާއި، ނަމަވެސް ފައިގައި ނަމްބަރެއް ޖަހާފައި ހުންނަ ދޫންޏަކީ މިނިވަން ދޫންޏެއް ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރޯދަ މުބާރިކް

    ?????! ޚަރަދު ކުޑަ ގޮތެއް، މި ހާ ތަދު ދުވަސްވަރަކު!

    34
    1
  2. ދަރަނި ދަންތުރަ

    ބުރާންތި އިންޑިޔާ ޕާކިސްތާނުން 1000 ގެރި ފޮނުވައިފިއްޔާ ކިހެނެއްބާ ހަދާނީ

    21
  3. ކޮތަރު

    ބީޖޭޕީ އިންޓެލިޖެންސް: ޕާކިސްތާނާ ޕީޕީއެމް އާއި ގުޅިގެންތާ ތިޔަ ޖާސޫސެއް ތިޔަކުރަނީ. ފިޔާތޮށިކުލަ ޖައްސާފަ ހުންނާނީ އެޕާޓީގެ ކޮތަރެއް ވީމާ ކަމަށް ފެންނަނީ. ތަޙްޤީޤް ކުރިއަށް ދަނީ.

    8
    5
  4. ތެދުމަގު

    ކިޔުންތެރިންގެ ސަމާލުކަމަށް! ޖާސޫސު ކުރުމަށާއި ސިޓީބިޓީ އުފުލުމަށް ހަނގުރާމައިގެ ހާލަތުގައި އަދި ޢާންމުކޮށްވެސް ކޮތަރު ބޭނުންކުރުމަކީ މީގެ އެތަކެއް ޒަމާނެއްކުރިންސުރެވެސް އިންސާނުންކުރަމުން އަންނަކެމެއް! އަދި ކޮތަރު ބޭނުންކުރުމަކީ ޕާކިސްތާނުން ކުރި ވަރަށް ބޯރަނގަޅު ކަމެއް! ކޮމެންޓު ކުރާބޭފުޅުންނަށް ނޭނގުމަކީ ހީ ޖޯކު ޖަހަންވީކަމެއްނޫން! އިންސާނާ އަކީ ކުޑަމިންވަރެއްގެ މައްޗަށްވެސް ބޮޑާވާމީހެއްކަން މިދޭހަވަނީ! ދެރަކަމެއް! ﷲ އަޅަމެން އިސްލާޙުކުރައްވާށި! އެހެންނަމަވެސް މުސްލިމުންނާ އިދިކޮޅު އިންޑިޔާ އަށް ނަފްރަތުކުރަުމަކީ ހަމަ ރަނގަޅުކަމެއްކަމުގައި އަހަރެންވެސް ދެކެން! ﷲ ތެދުމަގުދައްކަވާށި!

    5
    1
  5. އެމަންޖެ

    ކޮބާ އަންނިގޮލާ ސަގަރޭ ޕާކުގަ އުޅޭހާ ކޮތަރުތައް ކިހިނެއް ހަދާނީ ދެން.

  6. ހުސެން

    ކޮަތަރަައް އަނިޔާނުދޭތި މިނިވަންކުރޭ