މޮޑެލްއެއްގެ ގޮތުގައި މަސައްކަތްކޮށް އެކްޓްރެސްއަކަށް ބަދަލުވި މަންޑާނާ ކަރިމި އަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް ދެކެވެމުންދާ ވާހަކަތައް އޭނާ ވަނީ ދޮގުކޮށްފައެވެ. އެހެންނަމަވސް އޭނާ އުޅެނީ ބަލިކޮށެވެ.

އަށް މިނިޓުގެ އިންސްޓަގްރާމް ލައިވް ސެޝަންގައި ކަރިމީ ބުނީ އޭނާގެ ލޮލުގައި އިންފެކްޝަން ހެދި އުނދަގޫތަކާއި ކުރިމަތިލާން ޖެހިގެންވާ ކަމަށެވެ. އޭނާ ބުނީ، ފޭނުންނާއި ބައްދަލު ކުރަން ޖެހުނީ، އޭނާގެ ސިއްހަތާއި ގުޅޭގޮތުން ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން ކަމަށާއި، އޭނާއަށް ކޮވިޑް-19 ޖެހިފައިވޭތޯ ބައެއް ފޭނުން އަހަމުންދާ ކަމަށެވެ.

ކަރިމީގެ އެ ލައިވްއިންވެސް އޭނާގެ ލޮލުގައި މައްސަލަތަކެއް ހުރިކަން ފާހަގަވެއެވެ. އޭނާ ބުނީ،އޭނާގެ ލޮލުގައި އިންފެކްޝަން ހެދިފައިވާ ކަމަށާއި، އެހެންވެ އޭނާގެ ލޯ ފާޑަކަށް ދުޅަވެ، ރަތްވެފައިވާ ކަމަށް އޭނާ ބުނެފައި ވެެެއެވެ.

ފަހުން އޭނާ ބުނީ، މި ދުވަސްކޮޅު ވަރަށް ބިޒީކޮށް އުޅެމުން ދަނީ ގޭތެރެ ސާފް ކުރުމުގައި ކަމަށެވެ. އަދި އޭނާގެ ލޮލަށް މިގޮތަށް ވީ ސާފް ކުރަން އުޅުމުގެ ތެރޭގައި ކަމަށް ބެެލެވޭ ކަމަަށް ކަރިމީ ބުންޏެވެ.

ކަރިމީ އަކީ ވަރަށް ބައިވަރު އިޝްތިހާރުތަކުން ފެނިފައިވާ ތަރިއެކެވެ. އޭނާ ފެނިގެން ދިޔަ ބައެއް ފިލްމްތަކަށް ބަލާއިރު، ރޯއި، ބާގް ޖޯނީ، އަދި ކިޔާ ކޫލް ހައި ހަމް 3 އިންވެސް ފެނިގެން ގޮސްފައި ވެެވެ. އޭނާއަކީ ބިގް ބޮސް 9 ގެ ރަނަރަޕް އެެވެ. އަދި ޓީވީ ސީރީޒް އިޝްގްބާޒް އިންވެސް އޭނާ ވަނީ ފެނިގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު