ނިދާފައޮތް ތުއްތު ކުއްޖަކު ދެބުރިކޮށްލާ ވީޑިއޯ އަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.
ޖާދޫގަރެއް ކަމަށްވާ ޖަސްޓިން ފްލަމް ކިޔާ މީހާ އޭނާގެ ތުއްތު ދަރިފުޅު ދެފަޅިކޮށްލާ ވީޑިއޯ މީސްމީޑިއާ އަށް އާންމު ކުރިތާ ގިނައިރު ތަކެއްނުވެ އެ ވީޑިއޯ ވަނީ އާންމުންގެ ސަމާލުކަމަށް އައިސްފައެވެ. އެގޮތުން މީހާތަނަށް 143 މިލިއަން މީހުން މި ވީޑިއޯ ބަލާފައިވެއެވެ.
ޖާދޫ ގެ މޮޅު އުކުޅެއް ބޭނުން ކޮށްގެން ޖަސްޓިން އޭނާގެ ދަރިފުޅު މެދުން ދެބުރިކޮށްލާފައި ވަނީ، ތުއްތު ދަރިފުޅު ނިދާފައި އޮއްވައި އެވެ. އެގޮތުން ދެ ފޮތެއްގެ އެހީގައި ތުއްތު ދަރިފުޅު ދެބުރިކޮށްލާ ތަނުން ނިދާފައި އޮތް ދަރިފުޅު ހޭލާތަން ވެސް ވިޑިއޯއިން ފެނިގެން ދެއެވެ.
https://www.facebook.com/WatchTheMagicShow/videos/10157130671842627/
މި ވީޑިއޯ ބަލަމުންދާ ގިނަ މީހުން ދަނީ އެ ވީޑިއޯއާއި މެދު ސުވާލު އުފައްދަމުންނެވެ. އެގޮތުން ބައެއް މީހުން، އެ ވީޑީއޯ ވަނީ އެޑިޓް ކޮށްފައި ކަމަށް ބުނާއިރު ބައެއް މީހުން ވީޑިއޯގައި ބޭނުން ކުރަނީ ރަބަރު ފައެއް ކަމަށާއި ކުއްޖާގެ އަސްލު ފައި ވަނީ ކުއްޖާ ނިންދަވަން ބާއްވާއިފައި އޮތް ރާޖާގަނޑު ގެ ދަށަށް ލާފައި ކަމަށް ވެސް ބުނަމުން ދެއެވެ.
ނަމަވެސް، މިއިން އެއްވެސް ސުވާލަކަށް ޖަސްޓިން ފްލަމް ގެ ރައްދެއް ލިބިފައެއް ނުވެއެވެ.
ތިކަހަލަ.ވީޑީއޯ ހެދިދާނެ. ތި ދެން ޚަބަރެއްވެސް ނޫން
ޢޭބަލަ އެތެރެ މީހާ އީވަގުތުގަ ހުންނާނީ ހަބަރެއް ނޫނޭ.... އީވަގުތުގަ ހުންނާނީ އެހެނިހެން މައުލޫމާތާ މުނިފޫހި ފިލުވުމޭ.... އެހެން ނޫނަސް އެކި މީހުން ބޭނުންވާނީ އެކި އެއްޗިހި ކިޔަން... އަބަދު ހަބަރު ކީމަ ބޮލުގަ ރިހުން ނޫން ކަމެއްނުވާނެ.... މިކަހަލަ ޒާތް ޒާތުގެ އެއްޗިހިވެސް ކިޔަންބޭނުންވާންނު ބައެއް މީހުން... ސޯ ސަޅި ވަގުތު މިކަހަލަ އެއްޗިހި އަޕް ކުރާތީ.....
ހަހަހަ..... ވީޑިޔޯގެ ފެށޭތަނުން ކުއްޖާގެ ފައިގަ އިންނަ ސްޓާކީނާއި ނިމޭތާނގަ އިންނަ ސަޓާކީން ބަލާލީމަ އެނގޭން ތިޖާދޫގެ ހުރިމޮޅުކަން....
ތި ކުއްޖަގެ ފަޔަށް ބަލާލީމ ވެސް އިނގޭ ތީ ފޭކްފައެއްކަން އއކުއްޖަގެ އަސްލު ފައެއް ނޫންކަން ހަހަހާ