ސަލްމާން ޚާންއަކީ ބޮލީވުޑްގެ ވަންމޭން އާމީގެ ނަމުން މަޝްހޫރު ބަތަލެކެވެ.

ސަލްމާން ކުރާ ކަމަކާއި މެދު ހިތްހަމަ ނުޖެހުނު ނަމަވެސް އެކަމާއި މެދު ފާޅުގައި ފާާޑުކިޔަން ކެރޭނީ ވަރަށް މަދު ބަޔަކަށެވެ.

ކޮންމެ އަހަރަކުވެސް އީދާއި ދިމާކޮށް އާއްމުންނަށް ހަދިޔާއެއް ފޯރުކޮށްދެމުން އަންނަ ސަލްމާން މި ފަހަރު އީދުގައި އާއްމުންނަށް ހަދިޔާ ކުރީ ލަވަޔަކާއި، ސެނިޓައިޒާއެކެވެ.

ސަލްމާންޚާންގެ އާ ލަވައިގައި އޭނާ ދައްކަނީ މުސްލިމުންނާއި ހިންދޫން ގުޅިގެން އުޅޭ ވާހަކައެވެ.

އެ ލަވައިގެ ރާގު ހުތުރު ވުމާއި، އެ ލަވަ ކިޔާފައިވާ ގޮތަށް ވެސް އާއްމުންގެ ބޮޑު ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

ބައެއް މީހުން ވަނީ އެ ލަވަޔަކީ ބޮޑު ޖޯކެއް ކަމަށް ބުނެފައެވެ.

ހިންދޫ މަންމައާކާއި މުސްލިމް ބައްޕައަކަށް ލިބިފައިވާ ސަލްމާން އީދާއި ގުޅިގެން މިފަދަ ލަވައެއް ނެރުމުން ބައެއް މުސްލިމުންގެ ނުރުހުންވެސް އޭނާ އަށް އަމާޒުވިއެވެ. އެއީ ސަލްމާން ހިންދޫން ރުއްސަން ކުރި ކަމެއްކަަމަށް ވެސް އެ މީހުން ބުނެފައިވެއެވެ.

މި އީދާއި ދިމާކޮށް ސަލްމާން ދެން ކުރިކަމަކީ ފްރެޝްގެ ނަމުގައި ސެނިޓައިޒައެއް ބާޒާރަށް ނެރުމެވެ. %99 ޖަރާސީމު މަރާލެވޭ އެ ސެނިޓައިޒާ އާއި ގުޅުވައިގެން ވެސް މީހުން ދެއްކީ ލަވައިގެ ޥާހަކައެވެ.

އާއްމުންވަނީ ސަލްމާންގެ ލަވައެހުމަށް ފަހު ބޭނުން ވަނީ ކަންފަތް ސެނިޓައިޒް ކުރަން ކަމަށް ބުނެފައެވެ.

ސަލްމާންޚާންގެ ބޮޑު ފޭންބޭސް އާއި އެކު ވެސް މިފަހަރު އޭނާ އަށް ފާޑުކިޔުން އަމާޒުކުރުމެއް ނުހުއްޓުވުނެވެ. އަދި އޭނާގެ ސެނިޓައިޒާއަށްވެސް އެންމެ އެކަށީގެންވާ ތަރުޚީބެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ސަލްމާން ޚާން މިވަގުތު ހުރީ ކޮވިޑް-19 އާއި ގުޅިގެން އޭނާގެ އާއިލާ އާއި އެކު އޭނާގެ ފާމްހައުސްގައި ކަރަންޓިންވެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހަދީލް

    މިއީ އިންޑިޔާގެ އިސްމާއިލް ވަޖީހު.

    21
    3
    • މޮނާކޯ

      ލޮލް..އަސްލުވެސް ދޯ..!

      11
      3
  2. މަރީ

    ސަލްމާން ގެ މަންމަ އާއި ބައްޕައަކީވެސް ދެ މުސްލިމުން. އެލަވައިގަ އެބުނަނީ ހުރިހާ އިންސާނުންނަށް ވެސް ހަމަހަމަ އަށް ކަންތައްކޮއްދިނުމަށް. ހިންދަޫ އިންނާ މުސްލިމުންނަކީވެސް ހަމަ އިންސާނުންކަން. އިންޑިއާގައި މުސްލިމުންނާ ދޭތެރޭ ކަންކަން ކުރަނީ ވަރަށް އިހާނާތްތެރިކޮށް

    13
  3. ނަދޫ

    އިންޑިއާގެ އިސްމާއިލް ވަޖީހަކީ އެންމެންވެސް ދަންނަ ސުޕާރ ސްޓާރ އާމިރު ހާނު ކޮއްކޯ

    5
    2