ފިލިޕީންސްއަށް ނިސްބަތްވާ މި މީހާއަކީ އުފަންވިއިރު ފެށިގެން އެތައް ބައެއްގެ ބަލާމާތް ލިބެމުން އަންނަ މީހެކެވެ. އޭނާގެ މޫނުގައި އިންނަ އައިބުކަމެއްގެ ސަބަބުން އޭނާއަށް ގަނާ ކުރި މީހުންވެސް މަދެއް ނޫނެވެ. އެހެންނަމަވެސް އެ ހުރިހާ ކަމެއް އެއްފަރާތް ކޮށްލުމަށްފަހު، އޭނާއަށް ލިިބިފައިވާ ލަވަކިޔުމުގެ ހުނަރު އެ ދައްކާލަނީ އެއްވެސް ޖެހިލުމެއް ނެތިއެވެ.

އުމުރުން 39 އަހަރުގެ މި މީހާއަކީ އުފަންވިއިރު ކޮންޖެނިޓަލް ޑީފޯމިޓީ ހުންނަ މީހެކެވެ. އޭގެ ސަބަބުން އޭނާ އިންނަނީ ނޭފަތާއި އަނގަ އަދި ލޯ އިންނަނީ އެއް ވެފައެވެ.

އޭނާ ބުނެފައިވާގޮތުގައި، އެކަމާއި ހެދި ކުޑައިރު އޭނާއަށް އުޅެން ޖެހުނީ ވަރަށް އުނދަގޫ ދިރިއުޅުމެއްގައެވެ. އޭނާއާއެކު ކިޔެވި ކުދިން އޭނާއަށް ކުރަމުން ދިޔައީ މަލާމާތެވެ.

އެހެން ނަމަވެސް، އޭނާ ވަނީ ލަވަ ކިޔުމާއި، ކުލަޖެއްސުމަށް ވަގުތުދީ، ދުނިޔެ އާއި ކުރިމަތިލާމް ދަސްކޮށްފައެވެ.

https://www.facebook.com/108620757324205/posts/154802859372661/

މިހާރު ސެމްސަން ލަވަ ކިޔާ މަންޒަރާއި އަޑު ފެެންނަ ވިީޑިއޯއެއް މީސް މީޑިއާގައި ދަނީ ދައުރުވަމަމުންނެވެ. ފިލިޕީންސްގެ މަޝްހޫރު ލޯބީގެ އެ ލަވަ ކަރޯކޭ މެޝިން ބޭނުންކޮށްގެން ގޭގައި އިނދެގެން ސެމްސަން ކިޔާލާއިރު، އެ އަޑުގެ ރީތިކަމުގެ ވާހަކަ އެ ދަނީ އެތައް ބަޔަކު ދައްކަމުންމެވެ.

"އަހަރެންނަށް ގަނާ ކުރި ސްކޫލްގެ ޕްރޮގްރާމްތަކުގައި ޕާފޯމްކޮށްގެން. "

އޭނާ ބުނީ، ލަވަކިޔުމަކީ އޭނާގެ ހޮބީ ކަމަށާއި، އެހެން ނަމަވެސް އެކަން ކޮށްގެން އޭނާ ފައިސާ ހޯދަމުންދާ ކަމަށެވެ. އަދި އޭނާ ދަނީ ސްކޫލް ކުރެހުމާއި ކުލަޖެއްސުމުގެ ކަންކަންވެސް ކުރަމުންނެވެ.

އޭނާގެ އަޑުގެ ރީތިކަމުން އޭނާ ދިރިއުޅެމުން އަންނަ އަވަށުގެ އެކި އިވެންޓްތަކުގައި ލަވަކިޔުމުގެ ފުރުސަތު އޭނާއަށް ލިބެއެވެ.

ނަމަވެސް މިހާރު ދިމާވެފައިވާ ކޮވިޑް-19ގެ ހާލަތާއެކު، އެއްވެސް އިވެންޓެއް ނެތުމުން، އޭނާގެ ހުނަރު އެ ދައްކާލަނީ މީސް މީޑިއާ މެދުވެރިކޮށެވެ. އޭނާ މިގޮތަށް އަޕްލޯޑް ކުރަމުންދާ ވީޑިއޯތަކަށް އެތައް ބައެއްގެ ސަމާލުކަން ދަނީ ލިބެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޔާޔާ

    އެއީ ފިލިޕީންސްގެ ލޯބީގެލަވައެއްނޫން. އެއީ އެލްޓަން ޖޯން ކިޔާފައިން ސެކްރިފައިސް.
    ސެމްސަންވެސް ވަރަށްރީތި އެލަވަކިޔާފައިންގޮތް. އަދިއޭނަގެ އަޑުވެސް ވަރަށްރީތި

    23
    1