އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ވިލޭޖެއްގައި ދިރިއުޅެމުން އަންނަ ބަޔަކަށް ފުރަތަމަ އަޑުއިވެމުން ދިޔައީ ތުއްތު ކުއްޖެއްގެ ރޯ އަޑެވެ. އެ ކުއްޖާގެ އަޑު އަހާކަށް އެއްވެސް މީހަކަށް ކެތެއް ނުވިއެވެ.

އެ މީހުން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފެށިއެވެ. އެ ކުއްޖާގެ އަޑު އިވެމުންދާ ހިސާބަށް އެންމެންވެސް ގޮސް އެކި ތަންތަން ބަލަން ފެށިއެވެ. އެގޮތުން އެ ހިސާބުގައި ހުންނަ ކޮންސްޓްރަކްޝަން ސައިޓަކަށް ވަދެ އެތަންވެސް އެ މީހުން ބަލަން ފެށިއެވެ.

އެތަނުގެ ތެރެއިން އެ ކުއްޖާގެ އަަޑު އިވޭ ކަމަށް ބަލައި، އެތަނުގެ އެތެރެ ވަރަށް ރަނގަަޅަށް ބަލަން ފެށިއެވެ. އެ މީހުން އެތަން ބެލުމުގެ ތެރެއިން އެތަނުގައި ހުރި ވެލިފުނިތަކާއި، ޗަކަ ވެލިތައް ވެސް ބެލި ކަމަށް ވެއެވެ. އަދި އެތަނުގައި ހުރި ޗަކަ ވެލިގަނޑުގެ ތެރެއިން އެ ކުއްޖާގެ ފައި ތިލަ ބޭރަށް ނުކުތް ތަން އެ މީހުންނަށް ފެނުނު ކަމަށް ރިޕޯޓްތައް ބުނެއެވެ.

ވަގުތުން އެ މީހުން ވަނީ އެ ވެލި ފުނި ކޮންނަން ފަށާފައެެވެ. އަދި އެ ކުއްޖާ އެ ވެލި ފުނީގެ ތެރެއިން ވަނީ ނަގާފައެވެ.

އެއީ ތުއްތު ތުއްތު ފިރިހެން ކުއްޖެކެވެ.

އެ މީހުން ވަނީ ވަގުތުން އެ ކުއްޖާ ގޮވައިގެން ހޮސްޕިޓަަލަށް ގޮސްފައެވެ. އަދި އެ ހޮސްޕިޓަލުން އެ ކުއްޖާ ސާފުކޮށް، އެ ކުއްޖާގެ ހަށިގަނޑުގައި އެއްވެސް ޖަރާސީމެއް ހުރިތޯ ވަނީ ބަލާފައެވެ.

އެ ކުއްޖާ ބެލި ޑޮކްޓަރުން ބުނީ، އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށާއި، އެހެން ނަމަވެސް ކޮންމެވެސް ވަރަކަށް އެ ކުއްޖާއަށް ޗަކަ ދިރުވިފައި ހުރި ކަމަށް ބެލެވޭ ކަމަށެވެ.

މި މައްސަލަ މިހާރު ވަނީފުލުހަށްވެސް ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސޒ

    ސުބުހާނަﷲ...... އެހެން ހަދަން ހެއޮވާނެތަ.... މައިވަންތަ ކަމުގެ ކުލުނުވެސް ނެތް ތާނގަ އިންސާނިއަޔަތެއްވެސް ނެތް.....

    96
  2. ??

    މާތްﷲ އެ ކުއްޖާ އާ އެފަދަ ކުދިން އަބަދުވެސް ރައްކާތެރިކޮށްދެއްވަވާށި ޝިފާ ދެއްވަވާށި އަދި މަރުވެ ގޮސްފައިވާ ކުދިންނަށް ސުވަރުގެ ދެއްވަވާށި މައިން ބަފައިންނަށް ހެޔޮ ވިސްނުން ދެއްވަވާށި އާމީން

    32
  3. ައަހުމަދު

    ﷲ ސުބުހާނަހޫ ވަތަައާލާ ކޮންމެކަމަކަށްވެސް ކުޅަދުންވަން އެކަމަކު އެކަމެއް ޖާހިލުކަމުގެ އަނދިރީގައި އުޅޭބަޔަކަށް ނޭގޭނެ އަދި ހިތައްވެސް ނުގެނެވޭނެ . ﷲ އަކުބަރު.

    33
  4. hussen

    (وَإِذَا ٱلۡمَوۡءُۥدَةُ سُىِٕلَتۡ ۝ بِأَیِّ ذَنۢبٍ قُتِلَتۡ)
    [Surat At-Takwir 8 - 9]