ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއްލަވަ ކިޔުންތެރިޔާ، އަލީ ރަމީޒަކީ ހިތްވަރުގަދަ ބޭފުޅެއް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މީގެ އަހަރުތަކެއް ކުރިން ލަވަ ކިޔުން ހުއްޓާލުމަށްފަހު އިސްލާމްދީނާއި މެދު މީހުން ހޭލުންތެރި ކުރުމުގެ މަސައްކަތުގައި މިހާރު އުޅުއްވާ އަލީ ރަމީޒް އާއި ގުޅޭގޮތުން ޑރ. ޝަހީމް މިގޮތަށް ވިދާޅުވެފައި ވަނީ އޭނާއަށް ތައުރީފުކުރައްވައި މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓުގައި ޑރ. ޝަހީމް ވިދާޅުވީ، އެންމެ އުފާވެރި ކަމަކީ އަލީ ރަމީޒް ރީތިކޮށް ޤުރުއާން ކިޔަވަން ދަށްކޮށް، ބޮޑުބައެއް ހިތުދަސްކޮށް އިމާމް ކޯސް ހަދައި މަދަޙަކިޔައި ދީނީ ޕްރޮގްރާމްތައި ހުށަހަޅައިދެއްވުމާއެކު އިސްލާމީ ކަންކަމާމެދު ބެހެއްޓެވި އަހަންމިއްޔަތުކަން ކަމަށެވެ.

"އަލީ ރަމީޒް އަކީ ވަރަށް ހިތްވަރުގަދަ ބޭފުޅެއް! އެންމެ އުފާވެރި ކަމަކީ ރީތިކޮށް ޤުރުއާން ކިޔަވަން ދަސްކޮށް، އަދި ބޮޑު ބައެއް ހިތުދަސްކޮށް، އިމާމް ކޯސްވެސް ހަދައި، މަދަހަ ކިޔައި، ދީނީ ޕްރޮގްރާމްތައް ހުށަހަޅުއްވައި، އިސްލާމީ ކަންކަމާމެދު ބެހެއްޓި އަހަންމިއްޔަތު." އަލީ ރަމީޒްގެ ޓްވީޓާ އެކައުންޓު ޓެގު ކުރައްވައި ޑރ. ޝަހީމް ކުރެއްވި ޓްވީޓުގައި ވެއެވެ.

ލަވަކިޔުމުގެ ދާއިރާގައި ރާއްޖޭގެ އެންމެ އުހުގައި އުޅުއްވުމަށްފަހު އެކަން ދޫކޮށްލެއްވުމަށް ފަހު އަލީ ރަމީޒް މިހާރު އާންމު ގޮތެއްގައި ފެންނަނީ ދީނީ މަސައްކަތްތަކުންނެވެ. އެގޮތުން ޖަމިއްޔަތުއް ސަލަފުން ހިންގާ ޕްރޮގްރާމްތައް ރޭވުމުގައި އަދި އެކަންކަން ކުރިއަށް ގެންދިއުމުގައި އޭނާ އިސް ދައުރެއް އަދާކުރެއެވެ.

މިއުޒިކް ކުޅުން ހުއްޓާލުމާއި މެދު އަލީ ރަމީޒް ވިދާޅުވެފައި ވަނީ، ދީނުގައި ކުޑަފުރުސަތެއް އޮތް ނަމަވެސް މިއުޒިކް ކުޅުން ދޫކޮށް ނުލީސް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ކާޅު

    ދެމީހުން ދެމީހުންނަށް ހިތްވަރުގަދަޔަށް ގޮވާ. ތީ އެއްފާޑުގެ ދެ ހަރުކަށީން

    12
    222
    • ސަމޭދާން

      ކާޅު ކޯއްކޯނުގޮވާނެވެ.

      78
      5
      • .

        ހެހެހެ.?

    • ސަމީލް

      ހަރުކަށި ވެގެންވެސް ނަރަކައިން ސަލާމަތް ވެއްތޯ ކަލޭވެސް ބަލަންވީ.

      156
      4
      • އައްޔަ

        އަސްލު ހައްދުފަހަނައަޅާފައިވާ ބައެއްތީ އޭއީ ޝިރުކާއި ކުފުރު ހިމެނޭ ޑިމޮކްރަސީ އިކްރާހްގެ ހާލަތު ނާންނަނީސް އެތިބީ ހުއްދަކޮށްގެން،،،، އިޚްވާނީ މުރުޖިއާ ފިކުރުގެ ބައެއްތީ

        8
        52
      • އަމީލު

        ހަރުކަށިވެގެން ތިބޭފުޅާއަށް ސަލާމަތްވެވޭނެ ކަމުގެ އޮތީ ކޮން ޔަގީން ކަމެއް. ކުޑަކޮށް ހަދީސްތަކާ ގުރުއާނާއި ފޮތްތައް ބަލާބަލަ ތިބޭފުޅުންނަށް ޔަގީން ކަމާއެކު ދެވޭނެތަނެއް އޮތްތޯ.

    • ފިއޮއް

      ފަޅޮލޭ ނުކިޔަބަލަ!

      55
      7
    • މަޑޭ

      މަޑުކަށި އަދި ފެންނާނެ

      22
      • ޚަބަރު

        ޝަހީމަށް މިހާ ރު އަލީ ރަމީޒަށް ތައު ރީފު ކު ރާ އިޜު މިނިސްޓަ ރު ކަމުގައި އައްޔަ އިމާމުކަން ކުޜާތީ އެކަން މަނާ ކު ރި މީހެއްތީ

        5
        11
    • ދޮގެއް؟

      މަޑުކަށި ވެގެން ތިހެން ހުއްޓާ މަރު އައިސް ޖެހުނީމާ ދެން ކުރެވޭނެ ކަމެއް ނެތް. ވަގުތު ފާއިތު ނުވަނީސް ކަލޭވެސް އެ "ފާޑު ހަރުކަށްޓަކަށް" ވެވޭތޯ ބަލާ.

      66
      3
    • ޏަމްޏަމް

      ދެން ކާޅާ މީހުންގެ މަސްނު ކައި ކިތަންމެ ރުޅި އަޔަސް.?

  2. ނޫސްކިޔާ މީހާ

    ތިކަމާމެދު އެއްޗެއް ބުނާކަށް ނެތީމެވެ.

    28
    5
  3. ޙަސަނު

    ތިޔަ 2 ބޭފުޅުންނަށް ޓަކައި ދިވެހި އިސްލާމީ އުއްމަތް ފަޚުރުވެރުވޭ ( މީ ސިޔާސީ ވާހަކައެއް ނޫން މީ މުސްލިމުން އެއްބަޔަކު އަނެއްބަޔަކު ދެކެ ވާ ލޯބި މުނާފިޤުންނަކަށް މިއެއް އިޙްސާސް އެއް ނުކުރެވޭނެ )

    66
    6
  4. ބީބީ

    އަލީ ރަމީޒަކީ ލަވަކިޔާމީހެއް. މިޓުވީޓަކީ ޢަލީ ރަމީޒު ޤުރުއާން ހިތުދަސް ކުރާކަން އެންމެނަށް އަންގާލަން ކުރެއްވި ކަމެއް ދެއްތޯ.

    7
    82
  5. އަޙްމަދް

    ދީން ހަތިޔާރަކަށް ހަދައިގެން އުޅޭ ތިކަހަލަ ސިޔާސީ އެކްޓިވިސްޓުން އެކަކު އަނެކަކަށް ތައުރީފުކޮށް ޘަނާކިޔާ އުޅުމުކީ އަހަރުމެންނަށް އޮޅިފައި އޮއްނަކަމެއްނޫންނެވެ.
    ތިޔަކަހަލަމީހުން قرأن ހިތުދަސްވެސް ކުރާނެ އަދި ރާގުރާގަށް ކިޔަވަން ވެސް ކިޔަވާނެ އެކަމަކު قرأن އަކަށް ޢަމަލެއް ނުކުރާނެ އެވެ.
    އަބަދުވެސް ބަލާނީ މީސްތަކުންގެ ޘަނާޔާ ތަޢުރީފް ލިބިގަނެވޭތޯއެވެ!

    10
    66
  6. ބަސްމަދު

    ހިތްވަރު ގަދަޔަ ޔަސް އެބޭޅާ ހެދުން ތުރުކުރައްވާ ގޮތަކީ ހުތުރު ގޮތެއް.ދިވެހި ގޮތެއް ހުރިނަމަ ރަނގަޅު.އަފުއާނި ސްތާނު ........ދެން ކަމަކު ނުދޭ.

    6
    68
  7. ކަލޯ

    އަލީރަމީޒަށް މީހުން އޮއިތާ އިދު ފެނުނީމަ ކޮންމެވެސް އެއްޗެކޭ ކިޔަިގެން އެކަމުންވެސް މީހުންގެ ތާއިދު ކޮޅެއް ހޯދޭތޯ އެއުޅެނީ. މީ ކަން ދެއްކުމާއި މީހުންގެ ސަމާލުކަން ހޮދަން އުޅުމުގެ އެއްވަނަ. މީނަ ނުދައްނަ ބަޔަކު ނޫޅޭ

    11
    48
  8. ޠަންޑާ

    އަލްއަޚު އަލީ ރަމީޒް ބިން ޤާސިމް އަކީ ހެޔޮލަފާ ސާލިހު ބޭފުޅެއް. އަލީ ރަމީޒުއާ ޖައްސާލައިގެން އަބުރު ކަތިނުލުން އެދެން.

    28
    6
  9. މަހްމޫދު

    ޝަޙީމަކީ އަހަރެން ގަބޫލު ކުރާގޮތުގައި މޮޅު އަދި ބުއްދީގެ ގޮތުން ގަބޫލުކުރެވޭ ގޮތަށް ދީނުގެ ނަސޭހަތަކާއި ވާހަކަތައް، މީހުންނަށް ސާފްކޮށްދެއްވާ މޮޅު ބޭފުޅެއް. ނަމަވެސް އަޅުގަނޑު ބުނެލަން ބޭނުމީ އަލީރަމީޒަކީ އަދި ތި ހީކުރާ ފެންވަރުގެ މީހެއްނޫނޭ. ސިދާ ހަރުކަށި ވިސްނުން ގެންގުޅުއްވާ އަދި މާއެނގިގެން ކަމަށް ހެދިގެން އުޅޭ ފޮނި މީހެއް.

    5
    29
  10. ޚަބަރު

    ޝަހީމަށް މިހާ ރު އަލީ ރަމީޒަށް ތައު ރީފު ކު ރާ އިޜު މިނިސްޓަ ރު ކަމުގައި އައްޔަ އިމާމުކަން ކުޜާތީ އެކަން މަނާ ކު ރި މީހެއްތީ

    8
    9
  11. އަޙްމަދު

    ޔަހޫދީ ފިކުރު ގިރައިގެން ބޮއިފަ ތިބި އިސްލާމް ދީނާ ދުރު އިސްލާމް ދީނުގެ އަގު ވައްޓާލަން މަސައްކަތް ކުރާ އޮސްޓްރޭލިޔާއިން ދަރިވަރުވެފަ ތިބި ތުބުން ހިލަ ނުވެއްޓޭ ކުދިން މިތަނުގައި ކޮމެންޓް ކުރާތީ ވަރަށް ދެރަވެއްޖައިން.

    12
    1
  12. ޑްގިން

    ކަލޭމެނަކައް ނޭންގެ ތަނެއްދޮރެއް... ކަލޭމެނައް ތިތިބީ މާމޮޅައް ވާހަކަ ދައްކަން ދަސްވެފަ..