މޯލްޑިވިއަން އައިޑޮލް އިން ދިވެހިންގެ ތެރޭގައި މަޝްހޫރުވި ލަވަކިޔުންތެރިޔާ ހުސެއިން އިރުފާން (ޒަކިއްޓެ) މީސްމީޑިއާގައި ކުރި ޕޯސްޓެއްގެ ސަބަބުން، އޭނާ އާއި ލޯބިވެރިޔާ އަށް މަރުގެ އިންޒާރުތައް އަންނަމުންދާ ކަމަށް އޭނާ ބުނެފިއެވެ.

ޒަކިއްޓެ ބުނެފައި ވަނީ ޕޯސްޓުގެ ސަބަބުން އޭނާއާއި ލޯބިވެރިޔާގެ އިތުރުން އާއިލާގެ މީހުންނަށް ވެސް ފުރައްސާރަ އާއިއިންޒާރުތަކާއި ކުރިމަތިވަމުން އަންނަ ކަމަށެވެ. އެހެންކަމުން އެކަން އެގޮތަށް ނުކުރުމަށް ޒަކިއްޓެ ވަނީ އެދިފައެވެ.

ޒަކިއްޓެ ބުނާގޮތުން އޭނާއަށް ބަޔަކު މަރުގެ އިންޒާރުތައް ދެމުން އަންނަނީ، އަލީ ރަމީޒަށް ފާޑުކިޔުން އަމާޒުކޮށް މީގެ ދެވަރަކަށް ދުވަސްކުރިން ކުރި ޕޯސްޓަކާއި ގުޅިގްނެނެވެ. އެ ޕޯސްޓުގައި ޒަކިއްޓެ ބުނެފައި ވަނީ އަލީ ރަމީޒްގެ ލަވަތަކަކީ %80 ކޮޕީ ލަވަތައް ކަމަށެވެ.

ޒަކިއްޓެގެ ޕޯސްޓަށް ބައެއް މީހުންގެ ނުރުހުންވުން އަމާޒުވާން ފެށުމުން، އޭނާ އަކީ އަލީ ރަމީޒަށްވުރެ ކުޅަދާނަ މީހެއް ކަމަށް ދޭހަކޮށް ބުނެފައި ވަނީ، އަލީ ރަމީޒަކީ ހަމައެކަނި ލަވަ ކިޔާ މީހެއް ކަމަށާއި، އެއާއި ޚިލާފަށް އޭނާ އެއީ އަމިއްލައަށް މިއުޒިކް ހަދައިގެން އެ މިއުޒިކަށް ލަވަކިޔާ މީހެއް ކަމަށެވެ.

"އޭނާ އާއި އަޅާބަލާއިރު، އަހަރެން އަދި ކިރިޔާ ލަވަކިޔަން މި ފެށީ. އަދި ކިރިޔާ ތިން އަހަރު މިވަނީ. އެއްވެސް މީޑިއާއެއް އަދި ޕްރޮޑިއުސަރެއްގެ އެހީތެރިކަމަކާ ނުލައި އަމިއްލަ މަސައްކަތުން މިހިސާބަށް މި އައީ،" ޒަކިއްޓެ ބުނެފައި ވެއެވެ.

މިކަމާއި ގުޅިގެން ޒަކިއްޓެއަށް މީސްމީޑިއާގައި ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެގެން ގޮސްފައިވާއިރު، ބައެއް މީހުން ބުނެފައި ވަނީ ޒަކިއްޓެއަށް އަދި "އަލީ ރަމީޒާއި ގާތައް ވެސް ދެވެން ނޫޅޭ" ކަމަށެވެ. މި މައްސަލަ ގޯސްވުމުގެ ސަބަބުން ޒަކިއްޓެ މިހާރު ވަނީ އޭނާގެ ޕޯސްޓު ޑިލީޓުކޮށް މައާފަށްވެސް އެދިފައެވެ.

ޒަކިއްޓެ ވަނީ ފާޑުކިޔުންތައް އަމާޒުވުމުން، ބައެއް މީހުން މީސްމީޑިއާއިން ބްލޮކްވެސް ކޮށްލާފައެވެ. އެކަމާއި ގުޅިގެން ބައެއް މީހުން ގެންދަނީ ސްކްރީން ޝޮޓްތަކާއި އެކު ޒަކިއްޓެއަށް ފާޑުކިޔަމުންނެވެ. މީގެ ކުރިން ވެސް ޒަކިއްޓެ މީސް މީޑިއާގައި ފާޅުކުރި ތަފާތު ޚިޔާލުތަކުގެ ސަބަބުން އޭނާ އަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވެއެވެ.

އަލީ ރަމީޒަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލްކަން ހޯދި ލަވަކިޔުންތެރިއެކެވެ. އޭނާ ލަވަކިޔުން ހުއްޓާލިތާ މިހާރު ވިއްސަކަށް އަހަރުވާން ކައިރިވެފައި ވާއިރު އަދިވެސް ދިވެހިންގެ މެދުގައި އޭނާގެ ލަވަތައް ވަރަށް މަގުބޫލެވެ.

ކިޔުންތެރިންގެ ހިޔާލު

66 ކޮމެންޓް

 1. ޙަަަސަން

  ބޯގޯސް ނުވެހުރެބަލަ ބީތާޔާ ފޭމަސްވާން ވެގެން ޖައްސާ ސްޓަންޓް

  175
  5
 2. ތުއި ޒަކީ

  މަ ހީހީ ހަލާކު

  155
  2
 3. ވިސްނާ

  ދޮންކަލޯ އަވަހަށް ބުއްދީގެ ބޭނުންހިފައިގެން މަރަށް ތައްޔާރުވޭ، އަހަރުން ދުނިޔެއަށް އައުމުގެ މާކުރިން މަރުގެ އިންޒާރުވަނީ ލިބިފައި. ބުއްދިވެރިން މަރުވެދާނެތީ ބިރެއްނުގަންނާނެ، ބުއްދިވެރިން ބިރުގަންނާނީ މަރަށް ތައްޔާރުނުވެވި ހުއްޓާ މަރާ ބައްދަލުކުރަން ޖެހިދާނެތީ.

  240
  3
 4. ?

  amila ah molhuvan ulhey meehun thi bey dhw than thaa

  131
  4
 5. ޒަކިއްޓެ

  ޢަދި ވާނުވާގައި ތިއުޅުއްވަނީ.. އަލީ ރަމީޒްގެ އެއްމެ ލަވައެއްގެ އޯޑިއެންސެއް ނުވަތަ ތާއީދެއް މުޅި އުމުރުގައި ޒަކިއްޓެ އުޅުނަސް ނުލިބޭނެ..

  175
  7
 6. ޒަކިއްޓެޓެ

  ޢަދި ވާނުވާގައި ތިއުޅުއްވަނީ.. އަލީ ރަމީޒްގެ އެއްމެ ލަވައެއްގެ އޯޑިއެންސެއް ނުވަތަ ތާއީދެއް މުޅި އުމުރުގައި ޒަކިއްޓެ އުޅުނަސް ނުލިބޭނެ..

  164
  2
 7. ހުސޭނުބޭ

  އަގުވެއްޓުނީމަ އަނެއް ދޮގު!

  218
  3
 8. އިބްރާހިމް މުޙައްމަދު

  ޒަކިއްޓެ ތިހަދަނީ ދޮގު، ކާކު ތީ މަރުގެ އިންޒާރު ތައްދޭން

  203
  3
 9. ކިހާއްބެ

  އާނ ދެން މާ ސިންޕަތީހޯދަން ނޫޅޭ. ތިހިރީ ހަމަ ރަނގަޅަށްވެސް ދިވެހިންތެރޭ ސައިޒުވެފަ. ތަންކޮޅެއް އަނގަބޮޑުކޮށް އުޅެނީ. އެބައި އޯކޭ ކޮށްލަނިކޮށް މީހުންތެރޭ އުޅެލެވޭވަރުވާނެ. ރަނގަޅުކޮށްލާތި އެހެންމަ. ސްޓޭ ހޯމް، ސްޓޭ ސައިޒް. ވަރަށް ވެދުމޭ ކޮއްކޯ.. އެހެހެހެ..

  154
  1
 10. ގ

  ބޭކާރު ވާހަކަ ސިމްޕަތީ ހޯދަން

  179
  2
 11. ޒައި

  ސިމްޕަތީ ހޯދަން އިތުރު ދޮގެއް ނެތްތަ؟

  179
  2
 12. ޙުސޭނު

  ކާކުތަ ކައެ މަރަން އުޅޭނީ. ކައެއަށް އަދި ތި އާދެވުނީ ސްކޫލް ލަވަ މުބާރާތާ ހަމަޔަށް.

  222
  1
 13. އާރގ

  ތީ ވަރަށް ސީރިއަސް ތުހުމަތެއް.
  އެޓެންޝަން ހޯދަން ދައްކާ ކަހަލަ ވާހަކައެއް ނޫން ތީ.
  މިކަމުގެ ބޮޑުކަމާއި އެހެން މީހުން ނުބައި ކުރަން އުޅުނަސް ތިވަރު އިލްޒާމް އަޅުވަން ހެޔޮ ނުވާނެ

  162
  1
 14. ޥހއހ

  ކޮނމެސް މީހަކު މި ގޮލާ ގައިގަ ބައްތިއެއް އަޅުވަދީބެ.. މި ގޮލާ ބޭނުންވާ “ސާމާލުކަން”ކަޅުފޮއެ ރޭގަނޑުގަވެސް މި ގޮލާށާ ބިޓަށާ މާދަމާ ހަދަން ހުރި ދަރިންނަށްވެސް ލިބޭވަރަށް...

  87
  2
 15. ސަޅި

  މަޝްހޫރުވެލީ ދެއްތޯ

  134
  2
 16. މަ

  ހެޔޮނުވާނެ ދެން ތިވާހަކަ ހުއްޓަން ވެއްޖެއްނު. ތިކަމަކާ ހުރެ ބޯ ފަޅައިން ދާވަރުވެއްޖެ.?‍♀️?‍♀️?‍♀️ އަލީ ރަމީޒްވެސް ނުބުނޭ ދޯ އެއްޗެކޭ މާނައަކީ ދެން ތި ޒުވާބު ކުރުމުގެ ބޭނުމެއް ނެތޭ ކަންނޭނގެ.☺️ ކޮންމެ ގޮތެއްވިޔަސް އަލީ ރަމީޒް އެހުރީ މިއުޒިކާ ދުރަށްގޮސް ދެން އެހެންވީމަ އެއްވެސް މީހަކު އޭނަގެ ލަވަތައް އެހުންވެސް އެހާ ރަނގަޅެއް ނޫން ކަންނޭނގެ.? ދެން ހުރީ ޒަކިއްޓެ އޭނަވެސް އެކުރެވުނީ ކުށެއްކަމަށް ގަބޫލުކޮށްފަ މަޢާފަށް އެދިފަ ދެންވެސް އެކަހަލަ ކަންތައް ތަކުރާރު ނުކުރީމަވީ.?
  ދެން މިހާރުގެ ޒުވާނުންވެސް އަލީ ރަމީޒް ނަމޫނާއެއް ގޮތަށް ބަލައިންވިޔަސް މިއުޒިކާ ދުރުވެބަލަ. ތި ދެމީހުންނާ ބެހޭ ގޮތުން ފާޑު ފާޑު ވާހަކަ ދައްކާ މީހުންވެސް ގަޓު ހުރިއްޔާ މިއުޒިކާ ދުރުވެބަލަ. އަލީ ރަމީޒްދެކެ ލޯބިވާ ކުދިންވެސް އަލީ ރަމީޒް ދިފާއުކޮށް ވާހަކަ ދެއްކުމަށްވުރެ އަލީ ރަމީޒްގެ ލަވަތައް އަޑުއެހުން ހުއްޓާފަ މިއުޒިކާ ދުރުވެބަލަ. އޭރުން ތިކުދިންދެކެ އަލީ ރަމީޒް ލޯބިވާނީވެސް.?
  އެހެންވީމަ އެންމެންވެސް މީހުންގެ މަސްކެއުން ހުއްޓާ.?‍♀️
  މީ މަގޭ ޚިޔާލު?
  މީ ވަރަށް ވާހަކަ.
  ޝުކުރިއްޔާ.?

  153
  8
  • ..

   ޕަރްފެ ކްޓު!??

 17. ޙަސީނާ

  ޤައިމުވެސް އައްޔައެއް ނުކުރާނެ ތިކަހަލަ ކަމެއް. އައްޔަ އަދި އައްޔަދެކެ ލޯބިވާ މީހަކުވެސް ނުކުރާނެ. ޔަޤީން. ބަޔަކު އައްޔަވެގެން ޒަކިޓެއެެކޭ ކިޔާ މީހަކާ ދިމާކުރިޔަސ އައްޔަ ހަމަ ކޫލް.

  88
  2
 18. މީ

  މާތްﷲ ހެޔޮ ވިސްނުން ދެއްވަވާ ރައްކާތެރިކޮށް ދެއްވަވާށި އާމީން

  93
  1
 19. މުގުނީ

  ހުސް ދޮގު، ކާކު ދެން ކަލޭއަށް މަރުގެ އިންޒާރު ދޭނީ، ކޮންމެސް މޮޅުވާހަކައެއް ދައްކަނީ

  81
  2
 20. ކެކެކެ

  ތިވާނީ ލޯބިވެރިޔާގެ ބިޓު ނަންބަރ 2 ގެ ކަމަކަށް.

  87
  1
 21. ތަޚާނުގެ ޢަލިދީދީ

  މީދެން މީހާކު މަރާވަރުމީހެއްތަ؟

  79
  2
 22. ސަމްސު

  މީ އަނެއް ނަޝީދު. ތުކި އަނެއް އެލެކްސް.

  75
  3
 23. މައިކާލޯ

  އަދި ކިރިޔާ 3 ަހަރު ދާއިރާގަ ވީމަ ގަބުލް ކުރަންތަ ތިމާގެ ފެންވަރާ ނުގުޅޭވާހަކަން ދެއްކުނޭ ތިމާ އަށް. ކޮންމެ ގޮތެއްވިޔަސް އަލީ ރަމީޒް ގެ ފެންވަރަކަށް ނާދެވޭ އަދި. އަލީ ރަމީޒް އަކީ ދިދާއިރާއިން މީހުންގެ ހިތްތަކުން އާދަޔާހިލާގް ޖާގައެއް ހޯދާފަ އެހާމެ އުހަށް ގޮސްފަ ހުރި ފަރާތެއް. އެެކަން އަމިއްލަ އަށް ތި ތަޖުރިބާކުރެވިގެން ދިޔައީ. އަލީރަމީޒް މެނަކީ ހަގީގީ އާޓިސްޓުން.އޭނަ ރިޕްލޭސް ކުރެވޭ ވަރުގެ މީހަކު އަދި ނާދޭ. ކޮޅުމައްޗެއްވެސް ނުފެނޭ. އަލަށް މިދާއިރާއަށް އުފަންވާ މީހުނަށް ނެތް އަދި މާ މޮޅުއެއްޗެއް މީހުން ބަލަިގަންނަ އެއްޗެއް އުފެއްދިފައެއް. އެމީހުން ހީކުރާ ކަހަލަ ކޮންމެ މީހަކު ގިޓާގަނޑު އަތުން ދޫކޮށް ނުލާ އޅުނީމަ އެދެން ތިމާ ވ ކޮލިޓީވީއޭ. އއހިސާބަށް ދެވުނީމަ އނގޭނެ. މިހުން އެކަން ބަލަިގަންނާނެ. ދެންވެސް ވާހަކަ މޮޅުނުކޮށް އަލީރަމީޒް ހުދިކަހަލަ އޯޑިއެންސް އެއް ހޯދޭތޯ މަސައްކަތްކުރޭ.

  59
 24. ޢަފީ

  އަމިއްލަ އަށް އަމިއްލަ ފެންވަރު އޮޅުނީމަ ތިކަހަލަ ގޮތެއްވެސް ވެދާނެ.އަލީ ރަމީޒް އެއީ ވިދާ ތަރިއެއް ކަމަށްވާނަމަ ޒަކިއްޓޭ ތީ ބިމުގެ ވެލިފުކެއް.ވަރަށްވާހަކަ މިވެސް.

  35
 25. ކަހީނު

  ތީ އަދި ކާކު....

  24
 26. ގަމާރު

  ބޭހާއި ނުކުޅޭތި ބަޑި
  ނޭނގި ހުއްޓާ އަނދައި ދާނެ
  ގޭ މަކޮޔާ ފިހިދާނެ

  29
 27. އަހްމަދު

  ހަމަ ޖެހޭ ސޮރެއް ބާ

  31
 28. ބްރިގޭޑިއާރ ޖެނެރަލް މިއުޒިކަލީ ރިޓަޔާޑް ޒަކިއްޓެ

  ހޫ ވޯންޓްސް ޓު ކިލް ޔޫ އޯމައި ގޯޑް! ނޯބޮޑީ އިޒް އިންޓްރެސްޓެޑް!

  30
 29. މައިޝާ

  ޒަކިއްޓެ ބުނީ ހަމަ ރަގަޅަށްވެސް ތެދުވާހަކަ އެއް. ބަޔަކު މީހުން އަލީރަމީޒު ވަރެއްގެ މީހެއް ނެތިގެން އުޅުނަސް އެނާ ކިޔާފަ ވަނީ ހަމަ 88% ކޮޕީ. އެހެން ނޫނަސް އަލީ ރަމީޒަކީ ހަގީގަތުގައި ވަރަށް ބޮޑާ ތިމާ ފެނިފަ ހުރި މީހެއް. ދީނީ ވެގެން ތިމާ މާމޮޅުކަމަށް ހެދިގެން އުޅެނީ ހަގީގަތުގައި އިނގޭ އެއްޗެއްވެސް އަދި ނޭގޭ އެއްޗެއްވެސް ހުރި މީހެއްނޫން. ތި އަލީރަމީޒްގެ ހަގީގަތްވެސް އަދި ކަލޯމެންނަށް ނޭގެނީ.

  3
  93
  • ޢަފީ

   ދިވެހިން އަމިއްލަ ރާގުގެ ލަވަ އަޑުއްހަންފެށީ އަލީ ރަމީޒް ލަވަ ކިޔަންފެށި ފަހުން، އެއީ ހަޤީޤަތަކީ، އޭގެ ކުރިން ދިވެހިންމީ މުޅިންވެސް ހިންދީ ލަވައިގެ ކޮޕީލަވަ އަޑުއަހާ ބައެއް.

   17
   1
  • ޢަލީ ރަމީޒް

   ހިތް ކޮނެގެން ބަލާކަށް ނޯވޭ ދީނަކުއެއް...އަދި ޖަޖު ކުރަން މީ ކާކު މާމޮޅުވެގެން...ބަޔަކަށް ހަޖަމެއް ނުވާނެ މީހަކު ރަނގަޅު މަގުންދާތަން އުޅެން ފެށުމުނެއް. ޙަސަދަވެރިން ހަމަ ގިނައީ.. ކިތަންމެ ރަނގަޅަށް އުޅުނަސް މީގެ މީހުންގެ ލޮލުގައި ހުންނާނީ އަނދުން އެޅިފައި. އާން އެހެންޔަ މި މޮޅު ވާހަކަ ދައްކާ މީހަކީ މާ މަތީ ދަރަޖައިގެ މީހެެއްތާ ދޯ. ދެން އެންމެންނަކީ ގަމީހުން ތޯއްޗެ

   18
 30. ޙަމަހަމަ

  ނޫޅޫނެ މީހަކު ތިވަ ރަކުންނެއް. ޙީކު ރިގޮތާ ހިލާފަށް މީހުން ކޮމެންޓުކު ރަން ފެޢްޓީމަ ވާހަކަ ބަދަލުކޮށްލަން ތި އުޅެނީ.

  26
  1
 31. އަމީދު

  އަޅުގަނޑާއި ލޯބިވެ ރިޔާއޭ.. ކީކޭ ކިޔާންތަ ތިޔައުޅެނީ..

  26
  1
 32. ފާތުން

  ތީދޮގެއް. ކަލޭ މިކަމުން ރެކެން ކިޔާންއުޅޭ އެއްޗެއްތީ.

  23
 33. ދޭސީބާއި

  އެއްމެ ފު ރަތަމަ ކަމަކީ އުމު ރުދުވަހު ލަވަޔާ މަޖަލުގަ އުޅެފަ ކުއްލި އަކަށް މާބޮޑު ޝޭހަކަށް ވީ ކިހިނެއްތޯ ކޮން ޔުނިވަ ރސިޓީ އަކުން ކޮންތާކުންތޯ ދީންކިޔެވީ؟

  5
  60
  • ސިލީ

   ޢަލި ރަމީޒަކީ ޝެއިޚެއް ނޫން. ޢަލީ ރަމީޒާ ބެހޭގޮތުން ކައެއަށް ހާދަ އެއްޗެއް ނޭގެޔޭ ދޯ. ޙަހަހަ.. އަނގަ އަވާ އަދި ވެސް.

   23
 34. ދިދަ ދަނޑި

  ޕިސް ޕިސް އަނެއްކާ އަނެއް ވާހަކަ.. ކީއްކުރާނީ ދޯ މިކަހަލަ މީހުނަށް މަސްހޫރުކަން ހޯދޭނީ މިކަހަލަ ގޮތަކަށް.. މަބުނާނީ ކަލޯ ހަންޓޯޓް ވިޔަސް އަލީ ރަމީޒު ވަރެއް ނުވާނޭ.. ދެން މާދަމާ ބުނޭ ބަޔަކު އެބަ ކިޔައޭ އަހަރެމެންގެ ރިހަ ކައްކާނަމޭ.. ލޮލް

  28
 35. ޒިޔާދު

  ކާކުތަ މީނައަށް މަރުގެ އިންޒާރު ދިނީ؟ ވިކްޓިމް ކާޑު ކުޅެން ނޫޅިބަލަ. މަރުގެ އިންޒާރު ދިންކަމުގެ ހެއްކެއް ދައްކާށޭ އެތައް ބަޔަކު ކޮމެންޓު ކުރީމަ ހެއްކެއް ނުދެއްކުނު. މަރުގެ އިންޒާރު ދިން ކަމުގެ ހެކި ދައްކަބަލަ. އޭރުން ގަބޫލުކުރާނަން

  24
 36. ޢަޅީ ރަމީޒް

  ކަލޯ މޮޔަވީތަ، ތީ ލަވަޔަކިޔަން ނޭގޭ ކާޅެއް

  27
  1
 37. ނޯ ނޭމް

  ދެން ތިކަންވެސް އަވަހަައް ޢަލީ ރަމީޒްގެ ބޮލުގަ އަޅުވާ، އެއީ ހާބީ އެކޭ ކިޔާފަ

  28
  1
 38. Anonymous

  މަވެސް ނުބަލަން އަލި ރަމީޒަކީ އެވަރު މީހެއްކަމަށް. އޭނަ އު ޅޭނެހާ ގޮތަކށް އުޅެފަ މާބޮޑު ޝަިއޚެއްކަމށްވެގެން އުޅުނަސް ދެން އަހަރުމެން އެއީ މާވަރުގަދަ މީހެއްކަމަށް ނުބަލަން. ކޮންފޮ

  30
  • ީލާލަ

   މޮޔަވަނީތަ އަލީ ރަމީޒް ނޫޅޭ ތިމާ ވަރުގެ މީހަކު ނެތިގެންނެއް ކާކުތަ ބުނީ އެއީ ޝެއިހް އެކޭ އަނެއް ކޮޅުން ކުރިން އުޅުން ގޮތުގެ ވާހަކަ ދައްކާ އިރުގަ ކަލޭ ދަންނަމުތަ ތައުބާވުން ކިޔާ ބަހެއް އޭނަ އަކީ އުޅެވުނު ގޮތާ ކުރެވުން ކަންތަކަށް ތައުބާވެ ދިވެހިންނަށް ނަމޫނާ ދެއްކި މީހެއް މިހާރު ދެން ފާޑެއް ޒަކިއްޓެއެއް އައިސްގެން ފޮނު އެރުވިޔަސް އޭނައަށް ހީނުވާނެ ކަހައިރުވަކު ތޮއްޓޭވެސް

   21
 39. ޙިޔާލް

  ޒަކިއްޓެ އުމުޜު ލަވަ ކިޔުމުގަ ހުސް ކޮއްލިޔަސް އަލީ ރަމީޒްއާ ގާތްވެސް ނުކު ރާނެ.

  18
 40. ޥެއްޓުނު އަނގު

  ވެއްޓުނު އަގެއް އަބުރާ ލިބުމަކީ ދުރު އަދި ވަރަށް އުދަނގޫ ކަމެއް. ޢަދި އެއީ ވަރަށް އުދަގުލުން ތިމާ އިހުލާސްތެރިކަމާއި ހިތްހެޔޮކަމާއި އެކު ވޭވުނު ގޯސް ކުރެވުނު ގޯސްތަކާދުރުވެ މާފަތްއެދެމުން އިތުރު ރަގަނޅުކަންކަމުގާ ހިފުންމުން ފަހަރެއް ގާ ކޮންމެސް ހެޔޮބަދަލެއް އައިސް ފާނެ. ބޮޑަށް އޮންނާނީ ތިމާ އިހްލާސްތެރި ވީވަރަކުން ރަގަނޅު. ބޮޑާކަމާއި އަމިއްލައަށް ފަހުރުވެރިވުން ދޫކޮށް.. ނުރަގަނޅުކަންކަން ދޫކުރުން. ޙާއްސަކޮށް އިސްލާމް ދިނުގާ ކަނޑަށް އަޅުވާފާ ހަރާމް ކަންކަން ޑުކޮށް އަދި ދީނުގާ އެކަންކަމަށް ތަރުހީބުނުދޭ ކަންކަމާއި ދުރުވުން.
  ..
  ޥެއްޓިފާވާ އަގުހޯދަން އިތުރަށް ދޮގުހަދާ އޮޅުވާލުމަކީ އަދި އޭގެ މައްޗަށް އެހެން ވާހަކަތަކެއް އެހެން މީހުންގެ ސަމާލުކަން ހޯދުމަށް ފެތުރުމަކީ އެނެއް ކާވެސް އިތުރަށް ތިމާ ފަލީހައްވެ އަގުވެއްޓިގެން ދާނޭކަމެކަން ދެނެގެން ހުރުން މުހިއްމު.

  12
 41. Anonymous

  އޭ ޒަކީއެވެ. އެކަކު އަނެކަކާއި ވާދަކޮއް ކު ރިއަ ރައި ދާންވީ ޝައިޠާނާގެ ޤު ރުއާން ނުވަތަ ލަވަޔާއި މިޔުޒިކަކުން ނޫނެވެ. މި ކަންތަކަކީﷲ ގެ މަގުން މީސްތަކުން ދު ރުކޮށް ތިމާޔައް ދެދުނިޔޭގެ ގެއްލުމާއި ހަލާކު ލިބޭނެ ކަމެކެވެ. ދުނިޔަވީ ފައިދާއެއް ލިބިދާނެއެވެ. އެހެނަސް ޚި

  12
 42. Anonymous

  ޒަކިއްޓޭ ކަލޭ ތިއުޅެނީ މިހާރު މަޝްހޫރު ވާންވެގެން. އައިޑޮލްގަ އަރާ ލަވައެއްވެސް ކިޔަން އެނގޭ މީހެއްނޫން. ކަލޭ ލަވަކިޔާއިރު މުޅިހަށިގަނޑަށް ބާރު އަރުވައިގެންވެސް ނޭނގޭ ރަނގަޅަށް ބީޓަށް ލަވައެއްކިޔާކަށް. އެކަމަކު އަލީ ރަމީޒާ ބެހޭތި ކުރާނެ ކަމެއްނެތިގެން. ޢަލީ ރަމީޒު އާއި އެއް ގައުމެއްގައިވެސް ކަލެއަށް ނުހުރެވޭނެ. ޢަލީ ރަމީޒު މިހާރު ލަވަކިއުން ހުއްޓާލިތާ 20 އަހަރުވާން ކައިރިވަނީ އަދިވެސް ޢަލީ ރަމީޒުގެ ލަވަތަށް މިރާއްޖޭގައި އެންމެ ގިނަމީހުން ޖަހަނީ. ޢަލީ ރަމީޒު އާއި ބެހޭ ގޮތުން ފާޑުފާޑުގެ ވާހަކަ ދައްކައި ގައްޑާވާން އުޅެންހަދައިގެން ބޯ ބޮނޑި ތިޔައީ. ދެން މިހާރު ތިޔަ އުޅެނީ ހަމްދަރުދީ ހޯދަންވެގެން.

  12
 43. Anonymous

  ކަލޯ ބުނެވުނު އެއްޗަކާއިހުރެ މޮޔަ ހީވެގެން މިހާރު ތިޔައުޅެނީ ސިމްޕަތީ ހޯދަންވެގެން.

 44. ނމލޒ

  ބުރޯ ދެން އެންމެ ގިނަމީހުންގެ ފަރާތުން ރުހުން ހޯދަންބޭނުމިއްޔާ އަވަހަށް ލަވަކިއިމާއި އަލްވަދާއުކިޔާލާ!

  12
 45. ޖިންނި

  އެހެންވެ މަބުނަނީ ޓެރަރިސްޓުންނާ ނުބެހި ތިބޭށޭ

  21
 46. ތުރާކުނު

  އަޅެ މީނަދެއްމީ ކާކުތަ މީހަކު އިންޒާރެއްދޭއް ދެއުޅިއެއްނުވާ މޮޔައެއް މީހުން މަސްހޫރުވާން ކުރާކަންތައްތައް ހުރޭ

  11
  1
 47. ދޮންކާނަ

  މި ޒަކިއްޓޭ އަކީ އަޅެ ކާކުބާ؟؟ އަލީ ރަމީޒް ދަންނަން މަވެސް... ތިޔަބުނާ މީހަކު ގޫގުލް ޖަހައިގެން ވެސް ނުފެނުނު. ތިޔަވާނީ މަޟްހޫ ރު ވާން އުލޭ ބީތާޔަކަށް

  13
 48. ޏަން

  "އޭނާ އާއި އަޅާބަލާއިރު، އަހަރެން އަދި ކިރިޔާ ލަވަކިޔަން މި ފެށީ. އަދި ކިރިޔާ ތިން އަހަރު މިވަނީ. އެއްވެސް މީޑިއާއެއް އަދި ޕްރޮޑިއުސަރެއްގެ އެހީތެރިކަމަކާ ނުލައި އަމިއްލަ މަސައްކަތުން މިހިސާބަށް މި އައީ،" ޒަކިއްޓެ ބުނެފައި ވެއެވެ.
  އެއްވެސް މީޑިޔާއެއް ޕްރޮޑިޔުސަރޭ ނުކިޔާ... މޯލްޑިވިއަން އައިޑަލް ނައިނަމަ ތީ ދުނިޔޭ ހުރި މީހެއްކން ވެސް ނޭނގުނީސް .. މިހާރު ތިހުރީ 3 އަހަރުން އެރުނު ކުރިއެރުމުންވެސް ވެއްޓިފަ... ޒަކިއްޓެއަށް ވުރެ މޮޅުމީހުން މި އިންޑަސްޓްރީގަ އެބަ ތިބި... އިހުތިރާމް ކުރަން ނޭނގެންޏާ ލިބޭނެ ކުރިއެރުމެއް...

 49. ާންނ

  އައްޔަ މެން ދިން އެންމެ ޝޯވ އަކާއި ގާތް ކުރެވޭ ވަރުގެ އެންމެ ޝޯވ އެއްވެސް ތިމޯހުންނަކަށް ނުދެވޭމެ... ޢައްޔަ މެންގެ ޝޯވ ގެ ލަވައެއް ބަލާއިރު އެތާގަ ހުރެވޭ ފަދަ ހަމަ.. ކިކް ހެއްސަ... ޢެކަމް ތިޔާ ޒަކިއްޓއޭ ކިޔާ އަދަމުގެ ދަރިއެއްގެ ލަވައެއް ނުވޭ ޓީވީން ވެސް ބަލާހިތެއް... 3 އަހަރޭ 3 އަހަރޭ އެބަ ކިޔައޭ ރުޅިއަރުވާން...

  8
  1
 50. ޢިލްމުގެ ދަރިވަރެއް

  މީހާގެ ދުލަ ކީ އޭނާގެ ހިތުގެ ރަހަ ލައްވައިދޭ އެއްޗެވެ. މީހާގެ ހިތް އޮތީ ކިހާ ހިސާބަ ކު ގައި ކަން ނުވަތަ އޭނާގެ އިސްލާމް ކަމާއި އީމާން ކަން ދެނެގަނެވޭނެ އެއް ޢަލާމާތަ ކީ އޭނާ ދައް ކާ ވާހަ ކަ.
  މީހާގެ އަގު އެހެންމީހުންގެ (މަލާއި ކަތްބޭ ކަލުންނާއި ހެޔޮލަފާ ސާލިހް އަޅުން) ގެ ކުރިމަތީގައި ވަޒަން ކުރެވޭނީ އޭނާ ކުރާ ހެޔޮ ޢަމަލުތަ ކުން.
  އެހެން ކަމާއި އެ ކު ހުސެއިން އިރުފާން އަށް ދޭނެ ނަސީހަތަ ކީ ޝައިޠާނާގެ ޤުރުޢާން ދޫ ކޮށް ﷲ ގެ ޤުރުޢާން ހިތައް ވައްދާށެވެ. އެއީ ހިދާޔަތެވެ. އެއީ ތެދުމަގެވެ. އެއީ ނޫރެވެ. އެއީ ޝިފާއެ ކެެެވެ. އެއީ ހިތްހަމަޖެހުމެވެ. އެއީ ރަސޫލާ صلي الله عليه وسلم ގެ ޝަޚްޝިއްޔަތެވެ... އެއީ ދެދުނިޔޭގެ ބާއްޖަވެރި ކަމެވެ..............
  އަލީ ރަމީޒު ވެސް ހިނގަމުން އެދަނީ އެ މަގުގެ މަތީގައެވެ. އެހެން ކަމާއިއެ ކު އަލީ ރަމީޒު ހުރި ހިސާބަށް ދާން ބޭނުންނަމަ މި ތެދުމަގު ގައި ރޭސް ޖަހާށެވެ. ސަލާމް...........

 51. ނަންނުގަތި

  ޒަކިއްޓޭއަށް އަލީ ރަމީޒް ތިދާއިރާގާ ކުރިމަސައްކަތް ވަރަށް ނޭގެ. ވެދާނެ އެދުވަސްވަރުގެ މީހަކަށް ނުވާތީކަމަށްވެސް. އަލީރަމީޒަކީ ތިދާއިރާގެ ވަރަށްބޮޑަށް މަސައްކަތްކުރި ތިދާއިރާގާ ރާއްޖޭގާ އެންމެ އުހަށް އެރުނުމީހާ. އޭނާގެ ޝޯވ ތަކާ އޭނާ ލަވަކިޔާފަ ހުރި އަލްބަމްތަކުގެ އަދަދާ އޭޏާގެ އަމިއްލަ އުފެއްދުންތަކުން އެގޭނެ. އޭނާގެ ކޮންމެ އުފެއްދުމަކީ އޭރު ރާއްޖޭގެ އެންމެ ކޮލިޓީ އަލްބަމްތައް. އަމިއްލަރާގުގެ ވެސް ކިތައްރާގު އުފައްދާ ކިޔާފަވޭތަ. އެންމެ ފުރަތަމަ ރިހިރޭ ނަމުގާ އަމިއްލަރާގުގެ އަލްބަމެއް ނެރުނު ލަވަ މުބާރާތު ދުވަސްވަރުގަ. ދިވެހިލަވައަށް އިންގިލާބީ ބަދަލެއްގެނައި މީހެއްއެއީ. ރޯޅި ފުރާނަ ކަޅިރަވަ ކަރުނަ އަލްބަމަކީ ރާއްޖޭގައި ރިކޯޑް އަދަދަކަށް ވިކުނު އަލްބަމްތައް. އޭގެ އިތުރުން އަމިއްލަ ރާގުގެ ކޭތަ ގޮއްޔެ ކަނބުލޮ ގިނަ އަދަދެއްގެ މަދަހަ އަލްބަމް ރަމަޟާން މަހަށްނެރެ ހިލޭ ބަހާފަ ހުންނާނެ. އަދި ސިލްސިލާ ފަދަ އޭނާ އެކްޓް ކޮށް ޕްރޮޑިއުސްކޮށް ނެރުނު. އޭނާގެ ލަވައެއް ނެތް އަލްބަމެއް މަދުވާނެ. ފިލްމާ އަލްބަމަށް ބޭނުންހާ ވަރަކަށް ލަވައެއް ރިކޯޑެއް ނުކޮޑްދޭ. އުސޫލުތަކެއްގެ މަތިން 2 ލަވައަށްވުރެ އިތުރެއް ނުކުރާނެ މީހެއްގެ އަލްބަމަކަށް. މާލެތެރެއިން ހޯބޯލަވާކަށް ނުކުމެ އުޅޭތީއެއް ނުފެންނާނެ. ސޯވ އަކުން ފެނުނަސް ފެންނާނީ.

  10
 52. ޛެހި

  ކާކުތަ ޒަކިއްޓެ ލަަަަަަވަ ރީތިވެގެން އުޅެނީ ؟

  11
 53. ސަޒަން

  ކީކޭދޯދެންބުނާނީ އައިޑަލްއިން މަސްހޫރުކަންހޯދިއޭ ބުނާތީވެސް މަހައިރާންވޭ ކޮންމަސްހޫރުކަމެއް ދުވަހަކުވެސް މަނާހަން ތިބުނާމީހެއްގެ ލަވައެއްވެސް ނުވެސް ދަންނަން އޭނާ ލަވައެއްކީކަމެއްވެސް މިހިރީ މިމީހުންގެ ފެންވަރު އޮޅިފައިވާ މިންވަރު ހަލާކުވެދަނީ ތިމާގެ އެޓިޓިއުޑް ނެތިގެން މިވަރުންވެސް އެއްޗެއް ވިސްނިއްޖެނަމަ ކިތަންމެހާވެސް ރަނގަޅު ...

 54. ފޮނި ސޮރު

  މަމަޅުވީތަނާ އެމެން ފާޑުކިޔާތީ އަނެއްކާ ވެސް މޮޅުވާހަކަ އެއް އުފަންކުރީދޯ

  ވަރަށް ބޮޑު ލޫސާއެއް މިސޮރަކީ މިއުޒިކަށް ވުރެ މަމޅުވާން އުޅޭ މީހެއް
  އާޓިސްސްޓެއްގެ އެއްވެސް ސިފައެްނެތް

 55. ޒަކިއްޓެ އަށް

  (ދުލުން ބަހެއްބުނެ ބޭރު ކޮށްލުމުގެ ކުރިން އެބަހެއް ވާނީ، ތިމާގެ އަޅަކަށެވެ. ނަމަވެސް ބަހެއްބުނެ ބޭރުކޮށްލުމަށް ފަހު، ތިމާ ވާނީ އެބަހުގެ އަޅަކަށެވެ.) ޒަކިއްޓެވެސް މިހާރު ތިހުރީ ބޭރުކުރެވުނު ބަހުގެ އަޅަކަށް ވެފައެވެ. ބުނި ބަހަކުން އެންމެން އެއުޅެނީ ޒަކިއްޓެއާ ދިމާކޮށްލައިގެންނެވެ. ކޮންމެ ކަމެއްގެ ވެސް ހައްދެއް އޮންނާނެތީ އަހަރެން ބޭނުންވަނީ ޒަކިއްޓެއަށް ކޮންމެވެސް ގޮތަކުން އެހީތެރިވެ މިފިތުނަ ނިންމާލާށެވެ. އެއީ ފަހަރެއްގައި ވެސް ޒަކިއްޓެ ކުރީ ރަނގަޅު ކަމަކަށްވާތީ އެއް ނޫނެވެ. ފިތުނައެއް ނައްތާލުމުގެ އުންމީދުގަ އެވެ. ޒަކިއްޓެ މާޔޫސް ނުވާށެވެ! މިކަންތައް ނައްތާލުމުގެ ބާރުވެސް އޮތީ ހަމަ ޒަކިއްޓެގެ އަތުގައެވެ. އެހެންކަމުން ކުރެވުނީ ރަނގަޅު ނޫންކަމެއްކަން ޤަބޫލުކޮށް ދެން އިތުރަށް ސޯޝަލް މީޑިއާ ގައި އެކަމާއިގުޅޭ އެއްވެސް ވާހަކައެއް ނުދައްކާށެވެ! ދޭތެރެ ދޭތެރެއިން އެވާހަކަތައް ޒަކިއްޓެއާ ދިމާލަށް މީހުން ކިޔާނެކަން ޤަބޫލު ކުރައްޗެވެ! އެފަދަ ބަހުގެ ހަމަލާއެއް އަޔަސް، ކެތްތެރިވެ، އެއަށް ރައްދު ނުދޭށެވެ! މަރުގެ އިންޒާރު އަންނަންޏާ، ޕޮލިހަށް ހުށަހަޅާށެވެ!، އިންސާނުންނަކީ ޠަބީޢަތުގައި ވެސް ކުށް ކުރެވޭނެ ބައެކެވެ. ހާސްނުވާށެވެ! ފަރުޟު ނަމާދަކަށްފަހު ތައުބާ ވާށެވެ! އެއީ މާގިނަ ވަގުތެއް ނަގާކަމެއް ނޫނެވެ. ހަމަ އެންމެ 3 ފަހަރު ނަމަވެސް (ﷲންމަ އިންނަކަ ޢަފުއްވުން ތުޙިއްބުލް ޢަފްވަ ފަޢްފުޢަންނީ) މި ދުޢާ ކިޔާލާށެވެ! އިން ޝާ ﷲ، ޒަކިއްޓެ ތިފިތުނައިން ސަލާމަތް ކުރައްވަވާނެ އެވެ.

 56. މަޒް

  ކާލޭއަށް މަރުގެ އިންޒަރު ދެނީއޭ ކިޔާފަ ކޮން ދޮގެއް ހަދާކަށް.. ކަލެއާ ކަލޭގެ ގުރޫޕުން ކިތައް މީހުންނަށް މަރުގެ އިންޒަރު ދިނިންތޯ އަމިއްލަ ނަފުފަސަށް ސުވާލުކްލަބަލަ..

 57. ށާޒް

  އަލީ ރަމީޒް ދަންނަން. ރީތި ،ސާފް މޫނެއްގެ ވެރި އެއް.ރަޙްމަތް ލައްވާށި.
  އާމީން ?

 58. ކޮން ޒަކިއްޓެއެއް؟

  މިއީ މަޝްހޫރުވާނެ ގޮތެއް ނޭންގިގެން އުޅޭ ސޮރެއް.

 59. ވާނުވާ

  މިކަލޭގެ ގައިނީ ޑޮކަކަށް ދައްކާ... ޒަކިއްޓެ އަށް ކުރި ތާއީދު އުމުރަށް ކޮންޓުރޯލް ޒެޑް. ކަލޭ ތިއުޅެނީ މިހާރު އަލިބެޔަކީ މީހުން މަރަން ދުވާ މީހެކޭ ބުނަން. ދީނަށް ނަފުރަތު އުފައްދަނީދޯ ހޫނު ފެނަށް އެރެވިގެން. ޒަކިއްޓެ ފައްސި ވިސްނުމަކުން ވިސްނާ ތެދުވެރިވުމަށް ގިވާލަން

 60. މޮހަދޭ

  ޒަކިއްޓެތީ ލަވަކިޔާމީހެއްތަ؟އޭނަ ރަނގަޅު މާލޫދު ކިޔަން.އަލީ ރަމީޒު ފެންވަރަކަށް ދުވަހަކުވެސް އޭނަޔަކަށް ނާދެވޭނެ.

 61. ޒަކީ

  ސަބަބެއް ނެތި އެއް ނޫން ދޯ