އާއްމު ގޮތެއްގައި މާބަނޑު އަންހެނުން 9 މަަސް ވަންދެން އުޅެން ޖެހެނީ ވަރަށް ބޮޑެތި އުނދަގޫތަކެއް ތަހައްމަލް ކޮށްގެންނެވެ. ނަމަވެސް އެމެރިކާގެ މި އުމުރުން 23 އަހަރުގެ ޒުވާން އަންހެން މީހާ އަށް އޭނާ ބަނޑުބޮކަން އެނގުނީވެސް ވިހެއުމުގެ ދެ ގަޑިއިރު ކުރިންނެވެ.

އިލިނޯއީގެ ބްލޫމިންގޓަން އަށް ނިސްބަތްވާ ލިޒީ ކުއާ އަކީ ބެލޭ ނެށުން ދަސް ކޮށްދޭ ޓީޗަރެކެވެ. މިދިޔަ އަހަރުގެ ތެރޭގައި ލިޒީ އަށް ކުރިމަތިވި މި ހާދިސާ ޓިކްޓޮކް މެދުވެރިކޮށް ހިއްސާ ކުރަމުން އޭނާ ބުނީ އެއް ރޭ ދަންވަރު ތެދުވެވުނީ މާ ގަދައަށް ބަނޑުގައި ރިއްސާތީ ކަމަށާއި، އޭނާ ހީކުރީ އެއީ މައްސަރުގެ ކަންތައް ނުވަތަ ކިޑްނީ ހިލައެއް އުފެދުމުން ކަމަށެވެ. އެއީ ލިޒީ އަށް ކުރިންވެސް އެ މައްސަލަ ކުރިމަތިވެފައި ވާތީއެވެ.

މިއާއިއެކު އެރޭ ދަންވަރު ލިޒީ ވަނީ އޭނާގެ މަންމަ އާއި އެކު ހޮސްޕިޓަލަށް ގޮސްފައެވެ. ކިޑްނީ ހިލަ އަށް ބޭސް ދިނުމުގެ ކުރިން ހޮސްޕިޓަލުން އަބަދުވެސް އަންހެން މީހެއް ނަމަ މާބަނޑު މީހެއްތޯ ބަލައެވެ. އެހެންކަމުން ލިޒީވެސް މާ ބޮޑު ވިސްނުމަކާއި ނުލައި ޓެސްޓު ހެދިއެވެ.

އޭގެ އިރުކޮޅެއް ފަހުން ޑޮކްޓަރުން އެންގީ ލިޒީ ބަނޑުބޮޑު ކަމަށާއި އަދި އޭނާ ވިއްސަން މިހާރުވެސް ލަސްވެފައިވާ ކަމަށެވެ. މި ހަބަރު ލިޒީ އަށް ލިބުމުން އޭނާ ހުރީ ވަރަށް ބޮޑަށް ސިހިފައެވެ. ކުއްލިއަކަށް މަޔަކަށް ވުމުގެ ސިހުމާއި އެކު ހަމަ އެރޭ ޑޮކްޓަރުން ވަނީ ލިޒީ އަށް ސީރިއަަސް ބަލިތަކެއް ޖެހިފައިވާ ކަމަށްވެސް ބުނެފައެވެ.

ލިޒީ އަށް ލިބުނީ އަންހެން ދަރިއެކެވެ. ލިޒީ އޭނާގެ ބަލިތަކަށް މިހާރު ފަރުވާ ހޯދަމުން އަންނައިރު ލިޒީ އުޅެނީ ވަރަށް އުފަލުގައި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ލިލީ

    ކޮބާ މިއީ ކޮންބައެއްގެ އިހުމާލެއް؟

  2. އ. ޖ. އ

    އަޖައިބެއް ނުވާނެތަ އަޅެ

  3. ޙ

    ލިޒީއަށް އަސްލު ބަލިތަކެއް ޖެހިފަހުރީ އެއް ނޫން. އެއީ ބަނޑުބޮޑު އިރު ބައެއް މީހުންނަށް ދިމާވާ ނުރައްކާތެރި ހާލަތްތަކެއް ދިމާވެފަހުރީ

  4. Anonymous

    އުޅޭ ވައްތަރު، ޒިނޭ ދަރިން ހައްތާވެސް ހޯދާނީ. ކީއް ކުރަން ކުރާ ކައިވެންޔެއްތަ ހަތަރު ފަސް ދަރިން ހޯދާފަ އެކި ފިރިހެނުންނަށް