މޫދަކީ ހަމަޖެހުމާއި އަމާންކަމުގެ ނިޝާނެކެވެ. ހާސްވުމާއި ނުތަނަވަސްކަމުން ދުރުކޮށްދޭކަމަށް އެތައް ބަޔަކު ބުނާ ކަމެކެވެ. ހަމައެކަނި މޫދު ކައިރީގައި ހުރުމުގެ ބަދަލުގައި، މޫދުގެ ހަރަކާތްތަކުގައި ބައިވެރިވެ އުޅުމަކީވެސް ހާސްވުމާއި ނުތަނަވަސްކަމުން ދުރުކޮށްދޭ ކަމެއްކަމަށް، ދިރާސާތަކުން ވަނީ ހޯދިފައެވެ.
އެމެރިކާގެ ކަނޑުގެ އަސްކަރިއްޔާއިން، އެތައް މަސައްކަތްތަކެއް ކޮށްގެން ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ރާޅާ އެޅުމަކީ ހާސްވުމާއި ނުތަނަވަސްކަމުން މީހުން ދުރުކުރުމަށް، ކުރެވިދާނެ މުޙިއްމު ކަމެކެވެ.
މި ދިރާސާ ކުރުމުގައި ބައިވެރިވެފައިވާ ތަޖުރިބާކާރުން ބުނާ ގޮތުގައި ރާޅާ އެޅުމަކީ، ހާސްކަމާއި ނުތަނަވަސްކަމާ ކުރިމަތިލާން ޖެހިފައިވާ ފަރާތްތަކަށް، ތެރަޕީއެއްގެ ގޮތުގައި ދެވިދާނެ ފަރުވާއެކެވެ.
ދިރާސާގައި ބައިވެރިކޮށްފައިވާ ހޮސްޕިޓަލް ސަރފިންގ ޕްރޮގުރާމެއް ހިންގާ ފަރާތަކުން ބުނެފައިވާ ގޮތުގައި، ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދަމުންދާ އަދި، ހަޔާތުގައި ބޮޑެތި ހިތާމަތަކާ ކުރިމަތިލާން ޖެހިފައިވާ ފަރާތްތަކަށް އޮތް އެންމެ ރަނގަޅު ފަރުވާއެއްގެ ގޮތުގައި ހޯދިފައިވަނީ، ބޭރުގެ ވެށީގައި، ކޮންމެވެސް ކަހަލަ ހަރަކާތެއްގައި އުޅުމެވެ. އަދި، އެކަމަށް އޮތް އެންމެ ރަނގަޅު އެއް މަގުގެ ގޮތުގައި ހޯދިފައިވަނީ ރާޅާ އެޅުމެވެ.
ކަނޑުގެ އަސްކަރިއްޔާއިން ކުރި ދިރާސާގައި ގިނަ އަދަދެއްގެ ސިފައިންވެސް ހިމަނާފައިވާއިރު، އެމީހުންގެ ކަންކަން ބެލުމުންވެސް ހޯދިފައިވަނީ، ނުތަނަވަސްކަމުން ސަލާމަތްވުމަށް އެންމެ ރަނގަޅު އެއް ކަމަކީ ރާޅާ އެޅުން ކަމުގައެވެ.
މި ދިރާސާގައި ހަނގުރާމަތަކުގައި ބައިވެރިވެ، އަތާއި ފައި ބުރިވެފައިވާ މީހުންވެސް ބައިވެރިކޮށްފައިވާއިރު، އެމީހުންގެ ވޭނީ ދިރިއުޅުމަށް އަދި އަބަދަށް ކުރަމުންދާ ހިތާމަ ލުއިކުރުމަށް އެންމެ ރަނގަޅު ކަމަކީ ރާޅާ އެޅުމެވެ. މިކަން ކޮށްފައިވަނީ އެފަރާތްތަކަށް އެކަށޭނެ ގޮތަށް ރާޅާ އެޅުން ފަރުމާކޮށްގެންނެވެ.
އެހެންނަމަވެސް، ދިރާސާގައި މިކަންކަން ސާބިތުކޮށްދިނުމަށް ސައިންޓިފިކް ގޮތުން ގިނަ ހެކިތަކެއް ދެއްކިފައެއް ނުވެއެވެ. އެހެންކަމުން، މުޅިން މިއީ އެއްކޮށް ސައްހަ ދިރާސާއެއްކަމަށް ބުނެވެން ނެތްކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.
ހާސްކަމާއިނުތަނަވަސްކަމާއި ހިތާމައަށްއޮތް ހައްލަކީއަޅުކަން.
އެންމެ ރަގަޅު ފަރުވާ އަކީ ގިނަގިނައިން ﷲ މަތީން ހަދުމަކުރުން އެކަލާނގެ އަށް ޒިކުރު ކުރުން އަސްތައުފަރު ކުރުން
ހާސްވެ ނުތަނަވަސް ވާނަމަ ނަމާދުކޮށް ޤުރުއާން ކިޔަވާ ޒިކުރު ކުރަންވީ.. އެއައްވުރެ ފަސޭހަ ރަނގަޅު އެހެންކަމެއް ނޯންނާނެ.....
ޔާޔާ ، ތީ ރަނގަޅު ވާހަ ކައެއް. އެ ކަމަ ކު ތިދެން ބޮޑުވަރު.
ކޮންމެ ކަމަ ކަށް ދީން.
ކަލޭ ސެކިއުލަރ ނުވެ ހުރެބަ
ބުނާ އެއްޗެއް ދިމަލެއް ވެސް ނުވެއެއއނު
ޔާޔާ.
މީހުންގެ މަސް ކެއުން ރަނގަޅުތޯ. ބައިބައި އުފެދޭ ގޮތަށް މިރޯދަމަހު ކިހާ މަހެއްް ކާލިންތޯ.
ޔާޔާާާަ .
ތިގޮލާ ކަމާކަންފަޝާފަ ،ސީއޯސީ ކުޅެނީ؟؟
?ހަމަ ބޮޓެއް
ހާސްވެ ކަނބޮޑުވުމަށް އޮތް އެއްމެ މޮޅު އެއްމެ ރަނގަޅު ފަރުވަައަކީ ގިނަގިނައިން الله ހަނދުމަކުރުމާއި ނަމާދު ކުރުމާއި ޤުރުއާން ކިޔެވުން! މާތް الله ވަޙީ ކުރައްވާފައިވަނީ (الا بذكر الله تطمئن القلوب) "ހިތްތަކަށް ހަމަޖެހުން ލިބެނީ الله ހަނދުމަ ކުރުމުން ނޫންހެއްޔެވެ؟"
ކޮންމެ ކަމެެއްގައި ދީން އޮންނަން ޖެހޭ..ކޮންމެ ކަމެއްގެވެސް އެންމެ ރަނގަޅު ގޮތަކީ ދީނުގައި އަންގަވައިފައިވާ ގޮތް
ޔާޔާދައްކަނީރަގަޅުވާހަކަ.ކޮންމެކަމެއްގަވެސްއިސްކުރަންވާނީދީން.އޭނާދީނާއެއްކޮޅަށްވާހަކަދައްކާތީކަމުނުދިޔައީދޯ.ދީނާދުރުދިންނަކަށްކަމަކުނުދާނެ