ކޮވިޑް-19އާ ހެދި ވިޔަފާރިތަކަށް ވަނީ ލޮޅުން އަރާފައެވެ. ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް މިކަން އޮތީ މިހެން ވެފައެވެ. މެކްސިކޯއަށް ރެނީ ސައުސެޑޯއަށް މި ދުވަސްތައް ވެފައި ވަނީ އުނދަގޫ ދަތި ދުވަސްތަކަށެވެ. އެހެންނަމަވެސް އޭނާ މި ވަނީ މި ވަނީ އޭނާގެ ރެސްޓޯރެންޓް ވިޔަފާރި ކުރިއެރުވުމަށް މޮޅު އުކުޅުތަކެއް ބޭނުން ކުރަން ފަށާފައެވެ.

އޭނާ ވަނީ ކޮރޯނާ ބަރގާގެ ނަމުގައި ބާގާއެއް އޭނާގެ ރެސޯރެންޓް މެނޫއަށް ތައާރަފްކޮށްފައެވެ. އެ ބާގަރގެ އަގަކީ ހަތަރު ޑޮލަރެވެ.

ސައުސެޑޯ ޑެއިލީ މެއިލްއަށް ދިން އިންޓަވިއުއެއްގައި ބުނީ، އޭނާއަށް މި ހިޔާލު އައީ އެންމެ ދުވަހެއްގެ ތެރޭގައި ކަމަށެވެ. އަދި އޭނާ އެ ބާގަރ ތައާރަފްކޮށްފައި ވަނީ ރަނގަޅު ކަސްޓަމާ ބޭސްއެއް ހޯދުމަށް ކަމަށާއި، އަދި އެކަން ވެފައިވާ ކަމަށެވެ.

އުމުރުން 32 އަހަރުގެ ސައުސުޑޯގެ ރެސްޓޯރެންޓަކީ ހޮޓް ޑޯގްސް ޒުންކޮސް އެވެ. އެ ރެސްޓޯރެންޓް އޭނާ ހިންގާތާ މިހާރު ތިން އަހަރުވެފައިވާއިރު، ދުނިޔޭގެ ވިޔަފާރިތައް ހުއްޓެމުން އަންނަ މި ދުވަސްވަރު މިކަމުން ސަލާމަތްވުމަށް އޭނާ މަސައްކަތް ފެށިއެވެ. އެގޮތުން އޭނާ ބެލީ އިންޓަނޭޓެވެ. އޭގެން މައުލޫމާތުތައް ހޯދައި، ވިޔަފާރި ރަނގަޅު ކުރުމުގެ ދަތުރު ފެށުމަށެވެ.

"އެގޮތަށް ގޮސް އަހަރެންނަށް ފެނުނު މީހުން ކޮރޯނާ ވައިރަސް ކޭކްތައް އަޅާފައި ހުރިތަންވެސް އަދި އެފަދަ ތީމްތަކަށް އަޅާފައި ކޭކް އަޅާފައި ހުރިތަންވެސް. އެހެންވެ އަަހަރެން ހިތައް އެެރީ އެގޮތަށް ބާގާގެ ބަނަސްގަޑު ހަދާލުން ކިހިނެއް ވާނެތޯ، އެހެންވެ އަހަރުމެން ވަނީ ބަނަސް ހަދާ މީހާ އަށް އެ މައުލޫމާތު ދީފައި" އޭނާ ޑެއިލީ މެއިލް ނޫހަށް ބުންޏެވެ.

އެ ބާގަރގައި ބީފްއާއި ތިން ވައްތަރުގެ ޗީޒް އާއި ކައްކާފައި ހުރި ރަތް ފިޔާގެ އިތުރުން، ސްޕިނަސް، ޓޯމާޓޯ، ސޯސް އާއި އެވޮކޭޑޯ އަޅާފައި ހުންނާނެެއެވެ. އަދި ބާގަރގެ ބަނަސްގަޑު ހުންނާނީ ވައިރަސްއެއް ހެން ހަދާފައެވެ.

އޭނާ ބުނެފައިވާގޮތުގައި، ދުވާލަކަށް ފަހެއް ނޫނީ ހަ ބަގަރ އޭނާ މިހާރު ދަނީ ވިއްކަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު