ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއްވީ އެއް ތަނަކީ ރެސްޓޯރަންޓްތަކެވެ. ދުވާލެއްގެ މައްޗަށް އެތައް ސަތޭކަ ބަޔަކު ޖަމާވި ރެސްޓޯރަންޓްތައް މިއަދު އޮތީ ފަޅުކޮށެވެ. އެ ތަންތަން އަލުން ހުޅުވާ އިރު އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ ރެސްޓޯރަންޓް ކަހަލަ ތަނެއްގައި، އިޖުތިމާއީ ގައިދުރުވުން ބާއްވާނެ ގޮތެއް ހޯދުމެވެ.

ޚާއްސަކޮށް އެއް މޭޒެއްގައި އެކުގައި ތިބޭ އިރު އެކަކު އަނެކަކާ މެދު ބަހައްޓަން ޖެހޭ ދުރުކަން ބެހެއްޓުން ވާނީ ދަތި އުނދަގޫ ކަމަކަށެވެ.

ފްރާންސްގެ ޑިޒައިނަރެއް މިވަނީ ވަރަށް ތަފާތު ޑިޒައިނަކާއެކު މިކަމަށް ހައްލު ހޯދައިފައެވެ.

ކްރިސްޓޯފް ގާނިންގޮން ދަނީ "ލެމްޕް ޝޭޑް" ނުވަތަ "ބަބްލް"ތަކެއްގެ ސިފައިގައި އިޖުތިމާއީ ގައިދުރުކަން ކަށަވަރުކުރަން އެހީވާނެ ވަސީލަތެއް އުފައްދާ މާކެޓް ކުރަމުންނެވެ.

އެ ބަބްލްތައް ހުންނަނީ ސީލިންއާ ގުޅާލެވޭ ގޮތަށެވެ. އަދި އެއިން ވައިރަސް ޕާޓިކަލްތައް އެތެރެއަށް ވަނުމުން ދުރުކޮށްދެއެވެ.

ފްރާންސް އާއި ބެލްޖިއަމް، ކެނެޑާ، ޖަޕާން އަދި އާޖެންޓީނާގެ ރެސްޓޯރެންޓްތަކުން ވަނީ މިހާރު މި ޑިޒައިން ބޭނުންކުރަން ފަށައިފައެވެ.

ރެސްޓޯރަންޓްތަކަށް ޚާއްސަ "ބަބްލް" ޑިޒައިން

ޔޫރަޕްގެ ގިނަ ގައުމުތަކުގައި ވެސް އަލުން ރެސްޓޯރެންޓްތައް ހުޅުވާއިރު، އިޖުތިމާއީ ގައިދުރުކަމަށްޓަކައި މިފަދަ އުކުޅުތައް ބޭނުން ކުރަން ޖެހޭނެއެވެ.

ކްރިސްޓޯފްގެ މި އުފެއްދުމަކީ ރައްކާތެރިވުމުގެ އިތުރުން ބަލާލަން ވެސް ރީތި އުފެއްދުމެކެވެ.

ވަށައިގެން ބަންދުވެފައިވާ އެ ބަބްލް އުފައްދާފައި ވަނީ ޕްލާސްޓިކުންނެވެ. އަދި އެ އުފެއްދުމަށް ބޮޑު ތަރުޚީބެއް ވަނީ ލިބިފައެވެ.

މިގޮތަށް ރެސްޓޯރެންޓްތައް އުފެއްދުމުން އެފަދަ ތަންތަނުގައި ބަލި ފެތުުރުމުގެ ފުރުސަތު ވަރަށް ބޮޑު ތަނުން ކުޑަވެއެވެ.

ކްރިސްޓޯފް ވަނީ އޭނާގެ އެ އުފެއްދުމަށް އާއްމުންގެ ތަރުޚީބު ވަރަށް ބޮޑަށް ލިބޭކަން ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައްޑޫ ލެއި

    ތި އެއްޗެހި ވީހާވެސް އަވަހަކަށް ގެންނަންވީ ރައްޔިތުންގެ މަޖީލީހައް. މަޖިލީސް ނުބޭއްވިގެން ސަލާމަތް ނުވެގެން އުޅޭ މީހަކު އެބައުޅެއެއްނޫން މިގައުމުގަ