އަންހެންކުއްޖަކު ގެއަށް ދިޔުމަށް އޮޓޯއަކަށް އެރުމުން 5 މީހެއްގެ ގުރޫޕަކުން ރޭޕްކޮށްލައިފި އެވެ.

އިންޑިޔާގެ ގުރުގްރާމް އަށް ދިޔުމަށް މި 19 އަހަރުގެ ކުއްޖާ އޮޓޯއަށް އެރުމުން ދުއްވަންއިން މީހާ އޭނާގެ ރަހުމެއްތެރިންނަށް އެކަން އަންގާ، ދިޔަ މަގުމަތީގައި އިން އަނދިރި މަގަކަށް މަޑުކުރިއެވެ.

އެހިސާބަށް ދިޔައިރު އޭނަގެ 4 ރަހުމެއްތެރިން ތިއްބެއެވެ. ގަދަކަމުން އެކުއްޖާ ގެންގޮސް ރޭޕްކޮށްލުމަށްފަހު އެމީހުން ފިލީއެވެ.

އަންހެންކުއްޖާގެ ހިތްވަރުން އޮޓޯގެ ނަންބަރު ނޯޓްކުރިއެވެ. އަދި ސަލާމަތްވެގެން ޕޮލިހަށްގޮސް އެކަން ވަނީ ރިޕޯޓްކޮށްފައި އެވެ.

ފުލުހުން ބުނިގޮތުގައި އެ މައްސަލަ ބަލަމުންދާ ކަމަށާއި އޮޓޯ ނަންބަރު ނޯޓް ކުރެވިފައި އޮތުމުން ހޯދުމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

އޭގެ އިތުރުން އެ ހިސާބުން ވަނީ މިދިޔަ ބުދަ ދުވަހު 4 ކުއްޖެއް ރޭޕްކޮށްގެން އެ މައްސަލަ ރިޕޯޓްކޮށްފައި ކަމަށާއި އެ މައްސަލަވެސް ބަލަމުންދާކަމަށް އިންޑިޔާގެ ފުލުހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މީ

    ކުޑަވަގުތު ކޮޅެއްގެ އަސްލެއްނެތް ބޭކާރު ހީވާހީވުމަކަށްޓަކާ އަމިއްލައެދުން އިސްކޮށް އަނިޔާވެރިވެ ރޭޕް ކުރި ގުރޫޕަށް ތިޔޮތީދެން ބިރުވެރިކަމާ ހާސްކަން މީހުންގެ ބަދު ދުޢާވެސް ޖެހުމަށް މާތްﷲ އިރާދަފުޅު ކުރެއްވުމުން ޖެހޭނެ.. ދެން އަނދިރިކަން ބިރުވެރިކަން ސަޒާ ގިސްލާރުއިން.. ދެން ކިހިނެއްވާނީ ތިޔަ ގުރޫޕަށް.. ކޮބާހޭ އުފަލެއް ނެތެއްނު ނެތެއްނު.. ރާއްޖޭ ކުދިން އިންޝާﷲ މި ހުތުރު ނުބައި ފާފަ ނުކުރާތި..