މިދުވަސްކޮޅު ބޮލީވުޑްގައި އެއް އަޑަކަށް ދެކެވެމުންދާ އެއް ވާހަކައަކީ ކުޅަދާނަ އެކްޓްރެސް ސޯނަމް ކަޕޫރާއި މުންބާއީގެ ވިޔަފާރިވެރިއެއް ކަމުގައިވާ އަނަންޑް އަހުޖާގެ ކައިވެނީގެ ވާހަކައެވެ. ދެތިން ދުވަސް ފަހުން ކުރެވިގެންދާ މި ކައިވެނީގެ ތައްޔާރީތަކުގެ ކަންތައްތައް މުޅި "ކަޕޫރް" އާއިލާ ތައްޔާރު ވަމުންދާއިރު، ބޮލީވުޑްގެ ގިނަ ފަންނާނުންވެސް ދަނީ މި ހަފްލާއަށް އެކި ގޮތްގޮތުން ތައްޔާރުވަމުންނެވެ. އެގޮތުން ހުކުރު ދުވަހުގެ ރޭ، އެކްޓަރު ވަރުން ދަވަން، އަރުޖުން ކަޕޫރު، ޖެކޮލިން އަދި ކަރަން ޖޯހަރު ވެސް ވަނީ ކައިވެނީގެ ރިހާސަލްއަށް ހާޒިރުވެފައެވެ.

ރިހާސަލްގެ ކަންތައްތައް ދައްކުވައިދޭ ބައެއް ވީޑިއޯކޮޅުތައް، އަރުޖުންއާއި ކަރަން ވަނީ މީސްމީޑިއާގައި ހިއްސާކޮށްފައެވެ.

https://www.instagram.com/p/BiXXd4oBx_K/?utm_source=ig_embed

 

ޚަބަރުތައް ބުނާ ގޮތުގައި، އަރުޖުންމެން ނެށުމަށް ހަމަޖެހިފައިވަނީ މިދިޔައަހަރު އާންމުވި ސަލްމާން ޚާންގެ "ޓައިގާ ޒިންދާ ހައި" މި ލަވައަށެވެ.

އާއިލާގެ މީހުންގެ އިތުރުން ގިނަ އަދަދެއްގެ ރައްޓެހިންތަކަކާއިއެކު ބާއްވާފައިވާ މި ރިހާސަލްގައި ނެށުމުގެ ސްޓެޕްތައް ދަސްކޮށްދިނުމަށް ޒުވާން އަންހެން ކުއްޖަކު ހަރަކާތްތެރިވާ މަންޒަރުވެސް ފެނިގެންދެއެވެ.

"އެންމެ ބޮޑު އެއް ސަޕްރައިޒްއަކީ ސޮނަމްގެ ބައްޕަ އަނިލްވެސް މި ރަސްމިއްޔާތުގައި ނެށުން. އޭނާ މިކަމަށް ވަރަށް ޝައުޤުވެރިވެފަ ހުންނަނީ. އޭނާއާއި އެއްކޮށް އޭނާގެ އިތުރު ދެ ރައްޓެހިންވެސް ނެށުމުގައި ހަރަކާތްތެރިވާނެ" އާއިލާގެ ފަރާތުން މައުލޫމާތު ދިން ފަރާތަކުން ބުނެފައިވެއެވެ.

ސޮނަމްގެ ކައިވެނީގެ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަށްވަނަ ދުވަހުގެ ހަވީރުގައެވެ. ނަމަވެސް ހަތްވަނަ ދުވަހުން ފެށިގެން ކައިވެނީގެ އެކިއެކި ކަންތައްތައް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު