ބޮލީވުޑް އަދި ހޮލީވުޑްގައި ވެސް ފިޔަ ޖަހަމުންދާ ޕްރިޔަންކާ ޗޯޕްރާއަކީ އެކި ސަބަބުތަކާ ހުރެ ނޫސްތަކުގެ ސުރުހީތަކުން ޖާގަ ހޯދާ މީހެކެވެ.

އެތައް ބައެއްގެ ލޯތްބާއި ސަޕޯޓް ހޯދާފައިވާ ޕްރިއަންކާއަކީ އޭނާ މީސްމީޑިއާގައި ދައްކާ ވާހަކަ އާއި، އާންމު ދިިރިއުޅުމުގައި ކުރާ ކަންކަމުގެ ސަބަބުން ވަރަށް ގިނަ ގޮންޖެހުންތަކާއި ފާޑު ކިޔުމާ ވެސް ކުރިމަތިލާން ޖެހޭ މީހެކެވެ.

ޕްރިޔަންކާއަކީ ފެޝަންގެ ދުނިޔޭގައި ފާހަގަކޮށްލެވޭ ނަމަކަށް ވާނެއެވެ.

އާ ތަފާތު ޚިޔާލުތަކަށް ޕްރިޔަންކާ ވަރަށް ވެސް ލޯބި ކުރެއެވެ.

އަދި އާ ފެޝަން ޓްރެންޑްތައް ފެއްޓުމަކީ ޕްރިޔަންކާ ވަރަށް ކުރާ ހިތްވާ ކަމެކެވެ.

މި ފަހަރުވެސް ޕްރިޔަންކާ މީހުންގެ ސަމާލުކަން ހޯދީ އޭނާ ލާފައިވާ ތަފާތު ހެދުމަކުންނެވެ.

ފުރަބަންދުގައި ގޭގައި ހުރި ޕްރިޔަންކާ ވަނީ އޭނާ ޒޫމް މީޓިންތަކަށް އޮންލައިންކޮށް ދާއިރު ލާ ހެދުން ދައްކާލައިފައެވެ.

އޭނާ ލާފައި ހުރީ ކޯޓަކާއި ފަޓުލޫނެކެވެ. އެ ފަޓުލޫނަކީ އާދަޔާ ޚިލާފަށް ފައިކުރި ފަލަ ފަޓްލޫނެކެވެ.

ބައެއް މީހުން ވަނީ އޭނާގެ އައުޓްފިޓް ހީވަނީ ގޯނި ފޮތިން ފަހާފައިވާ އެއްޗެއް ހެން ކަމަށް ވެސް ބުނެފައެވެ.

ސްވެޓް ޕޭންޓްސްގެ ސްޓައިލަށް ދާ މި އައުޓްފިޓަށް ބައެއް މީހުންގެ ލޯބި ލިބުނު އިރު ވަރަށް ގިނަ ފާޑުކިޔުން ވެސް އަމާޒުވިއެވެ.

އަދި އޭނާ އެ ހެދުމާއެކު އަރާފައި ހުރި ފައިވާން ވައްތަރީ ފެން ފައިވަނަކާ ކަމަށް ބުނެ ފާޑުކިޔުން އަމާޒުވިއެވެ.

މީގެ އިތުރުން އިއްޔެ ޕްރިޔަންކާ ހިއްސާކުރި "ސަންކިސްޑް" ނަފްސީއަކަށް ވެސް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.

ބައެއް މީހުން ވަނީ ހޮލީވުޑަށް ދިޔަ ފަހުން ޕްރިޔަންކާ ގެންގުޅުނު އާދައިގެ ސާދާ ސްޓައިލް ގެއްލިފައިވާ ކަމަށް ވަނީ ބުނެފައެވެ.

އަދި މިހާރު އޭނާ މާބޮޑަށް ހުޅަނގުގެ ގޮތަށް ހެދުން އަޅާތީ އޭނާ އިންޑިއާގެ ސަގާފަތަށް ގޮންޖަހާ ކަމަށް ބުނެ ބައެއް މީހުން ވަނީ މީސްމީޑިއާގައި ފާޑުކިޔައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހުމަދުކަލޯ

    އަހަރުންނަށް ހެޔޮ އޭނާ އެއްޗެއް ނުލާ ހުއްޓަސް

    20
    1
  2. ހުސޭނުބޭ

    ޕްރިޔަންކާ ލައިގެން ހުންނަ އެއްޗެއް ނޭގިގެންތަ މިއުޅެނީ! މިތިބީ ނޯޕޭގަ! ލާރިނުލިބޭގޮތަށް!

    13
    1
  3. ދަރަނި ދަންތުރަ

    އޭނަ ބޭނުން އެއްޗެއް އޭނަލާނެތާ

    9
    1