ބޮލީވުޑް އަދި ހޮލީވުޑްގެ ފިލްމުތަކުން ބޮޑު މަޝްހޫރު ކަމެއް ހޯދަމުން އަންނަ ތަރި ޕްރިއަންކާ ޗޯޕްރާ ފިލްމު ކުޅުން އެއްފަރާތްކޮށް މުޅިން އާ އަދި ތަފާތު މަސައްކަތެއް ކުރުމަށް ތައްޔާރުވެއްޖެއެވެ.

އެގޮތުން ޕްރިއަންކާގެ މިފަހަރުގެ ވިސްނުން ހުރީ ދުނިޔޭގެ އެތަށް މިލިއަން މީހުންނެއް ބޭނުންކުރާ ޔޫޓިއުބްގެ އޮރިޖިނަލް ޝޯވް އެއްްގެ މަސައްކަތަށެވެ.

މީޑިއާ ރިޕޯޓްތަށް ބުނާ ގޮތުން ޕްރިއަންކާ ފެނިގެންދާނީ ޔޫޓިއުބްއާއި ސަންޑޯހގް ޕިކްޗާސް ގުޅިގެން ގެނެސްދޭ ސޯވ އެއް ކަމަށްވާ " އިފް އައި ކުޑް ޓެލް ވަން ތިން" ގެ ހޯސްޓެއްގެ ގޮތުގައެވެ.

މި ޝޯވގައި ޕްރިއަންކާ ދުނިޔޭގެ މަޝްހޫރު އަދި ކާމިޔާބު އެތަކެއް ބަޔަކާއި ބައްދަލުކޮށް މުޖުތަމައުގެ ތަފާތު ކަންކަމާއި ބެހޭ ގޮތުންނާއި މުޖުތަމައުގައި ރަގަނޅު މާހައުލެއް ބިނާ ކުރުމާ ބެހޭ ގޮތުން ސުވާލު ކުރާނެއެވެ.

އޮންލައިން ޝޯވ އެއް ހޯސްޓް ކުރުމަށް ޕްރިއަންކާ ތައްޔާރުވަމުން އަންނައިރު ދާދި ފަހުން ޕްރިއަންކާ ވަނީ މެދު ކެނޑުމަކަށް ފަހު ދެން އޭނާ ފެންނާނެ ބޮލީވުޑްގެ ފިލްމުގެ ނަން އިއުލާން ކޮށްފައެވެ. އެގޮތުން ޕްރިއަންކާ ދެން ފެނިގެންދާނީ ސަލްމާން ހާންގެ ފިލްމު " ބާރަތް" އިންނެވެ. އެފިލްމު ރިލީސް ކުރާނީ އަންނަ އަހަރުގެ ތެރޭގައެވެ.