ބޮލީވުޑްގައި އާއްމުންގެ މަގްބޫލުކަމެއް ހޯދާފައިވާ ސަނީ ލިއޯން އާއި ފިރިމީހާ އާއި އެ މީހުންގެ ދަރިން މި މަހުގެ ކުރީކޮޅު މި ވަނީ ލޮސް އެންޖަލަސްއަށް ގޮސްފައެވެ. އާއިލާއާއެކު އެތަނުގައި އޭނާ ދަނީ އުފާވެރި ވަގުތުތަކެއް ހޭދަ ކުރަމުންނެވެ. މިގޮތުން އެ ދަތުރުގައި އޭނާ ތަރުކާރީ ދަނޑަކަށް ކުރި ދަތުރުގެ ފޮޓޯތައް މީސް މީިޑިއާއަށް އޭނާ ވަނީ ލާފައެވެ.

ކެލިފޯނިއާގެ އަންޑާވުޑް ފެމެލީ ފާމްއަށް އޭނާ ކުރި އެ ދަތުރުގައި، އެތަނުން ތަރުކާރީތައް ބިނދެފައި ވެއެވެ. އަދި އެތަނުގައި އޭނާ ވަނީ ފިރިމީހާއާއެކު ފޮޓޯތައްވެސް ނަގާފައެވެ.

އަދި އެތަނުގައި ތިބެ އިތުރަށްވެސް ފޮޓޯތަކެއް ނަގާ އެ ފޮޓޯތައް މީސް މިޑިއާގައި ހިއްސާކޮށްފައި ވެއެވެ.

https://www.instagram.com/p/CAwu2zqjwP4/?utm_source=ig_embed

މީގެ ކުރިން ސަނީ ވަނީ ފޭސް މާސްކް އަޅައިގެން ލޮސް އެންޖަލަސްގެ ޑެސްކަންސޯ ގާޑެންއަށްވެސް ގޮސްފައެވެ. އޭނާ އެތަނަށް ގޮސް ނަގާފައިވާ ފޮޓޯއެއްވެސް އިންސްޓަގްރާމްކޮށްފައި ވެެއެެވެ.

https://www.instagram.com/p/CAt8BjlDxHq/?utm_source=ig_embed

ސަނީ ލޮސް އެންޖަލަސްއަށް ގޮސްފައި މި ވަނީ އޭނާގެ ތިން ދަރިންގެ ސަލާމާތާއި ރައްކާތެރިކަމަށްޓަކައި ކަމާށެވެ. ކޮވިޑް-19 އާ ބިރުވެރިކަމާއި ހެދި އެންމެ ރައްކާތެރިކަމަށް ހީވީ އެތަން ކަމަށް އޭނާ ބުނެފައި ވެއެވެ.

ސަނީގެ އަމިއްލަ ދަރިން ނުތިބެއެވެ. އެހެން ނަމަވެސް އޭނާ އާއި ފިރިމީހާގެ މިހާރު ތިން ކުދިން ތިބެއެވެ އޭގެ ތެރެއިން ފުރަތަމަ ކުއްޖާ އެޑޮޕްޓްކޮށްފައި ވަނީ 2017 ވަނަ އަހަރު އެވެ. އަދި އެއްމާބަނޑު ދެ ކުދިން ހޯދާފައި ވަނީ ސަރަގޭޓް މަންމައެއް މެދުވެރިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޖޯން

    ޢުމުރުދުވަހު މަސައްކަތްކުރިއަސް ޕޯންސްޓާރެއްގެ ލައްގަނޑުން ސަލާމަތެއް ނުވާނެ.

    32
    5
    • ހަނަ

      ކޮންމެ މީހަކުވެސް ޕާސްޓު އޮވޭ ދޯ

      10
      9
    • XD

      ބަލާ މީހުންވަކި ތާހިރުތަ އޭނަ އަކީ އެކަހަލަ މީހެއްކަން އެނގޭނީވެސް ބަލާ ބަޔަކަށް އެކަނި މިހެން ބުނާއިރުވެސް އަހަންނަށް އެނގޭ އަހަރެން މީ ވަކި ސަހަލު މީހެއް ނޫންކަން.

      26
      • ސަނީ

        އޭނައަށް ވެސް މުސްލިމު ވެވިދާނެ ނު؟

  2. ހުސޭނުބޭ

    ބޮލީވުޑްގައި އާއްމުންގެ މަގްބޫލުކަމެއް ހޯދާފައިވާ ............. އަޅެ މިއީ ތެދެއްތަ؟
    އެކޮއި މަޝްހޫރުވީ މުޅިން އެހެންކަހަލަ ދާއިރާއަކުން ނޫންތަ؟

    29
    1
  3. އއއއިބްރާހީމް

    ތިދެން ހަބަރެއްތަ؟؟؟.؟

  4. ރޯޅި

    އޭނާ އުފާވެރި ނޫނީ ކޮން އިރަކު