އީރާނުގައި މުސްކުޅިއަކާއި ކައިވެނި ކުރި އުމުރުން 18 އަހަރުގެ އަންހެނެއްގެ ގައިގައި އޭނާގެ ބޭބެ އަލިފާން ރޯކޮށްލައިފިއެވެ.

އަލްއަރަބިއްޔާއިން ރިޕޯޓްކޮށްފައިވާގޮތުން، އެ އަންހެން މީހާގެ ގައިގައި އަލިފާން ރޯކޮށްލި ހާދިސާއާ ގުުޅިގެން އޭނާގެ ބޭބެ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ އަންހެން މީހާ ގައިގައި އަލިފާން ރޯކޮށްލާފައި ވަނީ ފިރިމީހާއާއެކު ގޭގައި ހުއްޓާއެވެ.އޭނާ އަލިފާން ރޯކޮށްލާފައި ވަނީ އެ ގޭގައެވެ.

އަދި އޭނާ މަރުވީ އެ ހާދިސާއާ ގުޅިގެން ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ. އެ ހާދިސާއާ ގުޅިގެން އެ އަންހެން މީހާ ހޮސްޕިޓަލްގައި ފަރުވާދެމުން ދިޔަތާ ހަފްތާއެއްހާ ދުވަސް ވެދާނެ ކަމަށް ވެއެވެ/

ރިޕޯޓްތައް ބުނާގޮތުގައި، އެ އަންހެން މީހާ ބޭބެ އޭނާ މަރާލާފައި ވަނީ، ފިރިމީހާއާ އެ އަންހެން މީހާގެ އުމުރުގައި 12 އަހަރުގެ ތަފާތު ހުރުމުންނެވެ. އަދި މީގެ ކުރިން މި ދެ މީހުން ކައިވެނި ކުރަން އުޅުމުން އެކަމާއި ދެކޮޅަށްވެސް އެ މީހާ މަސައްކަތް ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އެފަހަރު އެކަން ކާމިޔާބުވާ ގޮތް ނުވުމުން އޭނާ ބޭނުންވީ އެ މީހުން ދިރިއުޅޭ ގޭގައި ރޯކޮށްލުމަށެވެ،

މި ހާދިސާގައި އޭނާގެ ފިރިމީހާއަށް ލިބުނު ޒަަހަމްތަކުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

އީރާނުގައި އާެއިލާގެ އަބުރުގެ ރައްކަލަށްޓަކައި، އާއިލާ ތެރެއިން މީހުން މަރާލުމަކީ އާއްމުކޮށް ކުރާ ކަމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    ބަލަ އެނުކިޔާނެދޯ މުސްކުޅިއަކަށް ?ކަލޭ މޮޔައީތަ؟؟؟?

    39
  2. ައަލީ

    އުމުރުން 18 އަހަރުގެ އަންހެނަކު 30 އަހަރުގެ ފިރިހެނަކާ ކައިވެނި ކުރުމުން ބޭބެ ނުޤަބޫލު ވެގެން އެ އަންހެންކުއްޖާ އަންދާލިއްޔޭ؟ ސުބުހާނައްލާހި! ތިޔަ ބޭބެ އަކީ ގާތިލެއް. އޭނާ އަށް ހައްގުވަނީ މަރުގެ އަދަބު.

    32
  3. Anonymous

    ޝީޢީ ރާފިޟީ މަޖޫސީންތައް. މަޖޫސީން ގޮތަށް އޭނާ ބޭނުންވީ ކަންނޭނގެ ކޮއްކޮ

    19
    2
    • މޯލްޑިވިޔަން

      ތި ބުނީ ސުންނީން މި ކަހަލަ ކަމެއް ނު ކުރާނެޔޯތަ؟؟؟؟؟

  4. ބުރުތުގާލް

    ބޭބެޔާ ކޮންވާ ބެހެޭކަމެއް .އަހަރެން ބޭބޭންނަށް ނަފުރަތުކުރަން

    8
    2
  5. ހިންދީ ޑްރާމާ

    އިންޑިއާގައިވެސް އުޅޭނެ އީރާންގެ ފާރިސްކަރައަށް ނިސްބަތްވާ ދަރިފަސްކޮޅެއް.

    10
  6. ބަކަރި

    މުސްކުޅިޔެކޭ ލިޔެފަ އޮތީމަ އަހަރެން ހީކުރީ70 އަހަރައް ވުރެ ވެސް މަތީ މީހަކާ ކައިވެނި ކުރީ ކަމަށް