ކޮވިޑް-19 އާ ގުޅިގެން އެންމެންގެ ދިރިއުޅުމަށް ވަނީ ބަލުތަކެއް އައިސްފައެވެ. އެންމެން ތިބެން ޖެހިފައި ވަނީ ގޭގައެވެ. ގޭގައި ތިބެގެން އެކި ކަންކަން ކުރަން ދަސް ކުރަންވެސް ވަނީ ޖެހިފައެވެ. އަދި ބައެއް މީހުން ވަނީ ގޭގައި ތިބެގެން އާ ކަންކަން ދަސް ކުރަންވެސް ފަށާފައެވެ.

މިގޮތަށް ކަންކަން ދަސްކުރާ ބައެއް މީހުން މީސް މީޑިއާއަށް ފޮޓޯ އާއި ވީޑިއޯތައް ހިއްސާ ކުރާއިރު، ރާއްޖޭގެ ޔޫތް މިނިސްޓަރ މަހްލޫފް އަހުމަދުވެސް މި ވަނީ ފުރަބަންދުގެ މި ދުވަސްވަރު އޭޭނާ ގޭގައި ކުރަމުންދާ ބައެއް ކަންކަން މީސް މީޑިއާގެ ސަމާލުކަމަށް ގެނެސްފައެވެ.

މަހްލޫފް މިއަދު އާއްމު ކުރި 22 ސިކުންތުގެ ވީޑިއޯއިން ފެންނަނީ އޭނާ ދަރިފުޅުގެ އިސްތަށިގަނޑު ގަތަން އިށީންދެ އިންނަ މަންޒަރެވެ. އެ ވީޑިއޯ ޓްވިޓާގައި ހިއްސާ ކުރަމުން މަހްލޫފް ވިދާޅުވީ، މިއީ އޭނާ ފުރަބަންދުގައި ދަސްވި ކަމެއް ކަމަށެވެ.

އަދި އެއްވެސް މީހަކު އޭނާ ހަޔާ ކުރަން ބޭނުންވޭތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ.

މަހްލޫފް އަކީ މީސް މީޑިއާގައި ވަރަށް އެކްޓިވް މިނިސްޓަރެކެވެ. އާއިލާ ތެރޭގެ ބައެއް ކަންކަން އަބަދުވެސް މީސް މީޑިއާގެ ސަމާލުކަަމަށް ގެނެއެވެ.

ކޮވިޑް-19 އާ ގުޅިގެން މާލެ ސިޓީ ފުރަބަންދުކޮށްފައިވާ މި ދަނޑިވަޅުގައި ގިނަ ބަޔަކު ގޭގައި ތިބެން ޖެހުމުން، އެކި މަސައްކަތުގައި ޝާމިލްވެ އުޅޭއިރު، އިސްތަށިގަނޑަށް ގޮތްގޮތް ހަދާލާ މީހުން އަދި މާ ގިނައެވެ. އެގޮތުން މިހާރު ގިނަ ފިރިހެނުން ވަނީ އިސްތަށިގަނޑު އެއްކޮށް ބާލާފައެވެ. އަދި ބައެއް އަންހެނުން ވަނީ އިސްތިގަނޑު ވަަރަށް ބޮޑަށް ކޮށާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޗާލު

    ތިއަށްވުރެ ރަނގަޅުވާނެ ދޮގުހެދުން ހުއްޓާލިއްޔާ.

    21
    1
  2. ބަނބުކެޔޮ

    ތިމިނިސްޓަރ ކޮންމެކަމެއްގެވެސް ހައްދަވާނީ މަކަރު!!

    14
    1
  3. ދުންތަރި

    ތިޔައީ މަސްހޫރުވާން އުޅޭ މީހެއް އެއްފަހަރު ޓިޝޫބޮޑިއެއްގަ ފައިންތަޅާފަ ވީޑިއޯކޮށްފަ އަނެއްފަހަރު ޑެލިވަރީ ބޯއީއެއްގެ ގޮތުގަ އަނެއްފަހަރު ބޯގަތާ މީހެއްގެ ގޮތުގަ ސޯސަލްމީޑިޔާއަށް ވީޑިއޯ ލައިގެން ސޯސަލް މީޑިޔާގެ މަޝްހޫރުކަން ހޯދުމަށްކުރާ ކަންކަން ތީ

    18
    1
  4. ޑައެލޯގް

    ތަފާތުކަމެއް ދަސްކުރީކީނޫން މިނިސްޓަރުކަން ކުރަންނޭގިގެން މިނިސްޓަރުގެ ގޮނޑި ހުހަށް ބަހައްޓާފައި ކުރަން އެގޭކަމެއްކުރަން ނިކުތީއެވެ. އެއީ ޑެލިވަރީކުރާށެވެ. މިސަރުކާރުގަ ނުތިބޭނެ ކަމެއްކުރަން އެގޭބައެއް އެހެންތާވާނީ ގޮޑުންނަގާފަ ތިބިބަޔަކަށް ވެރިކަންލިބުނީމަ

    24
    2
  5. އަހުމަދު

    ދަސްވި ކަމަކީ ކަދުރުކޮޅު ކައަވާލުން ކަދުރު މަހުލޫފު

    4
    1
  6. ޓިކްޓޮކް

    ތިޔަންވުރެ ރަގަޅުވީން އަބިމީހާ އައުރަ މިވާކުރިއްޔާ އޭރުންދޯ ދެދުނިޔޭގަވެސް ދަރުމައރއް އޮތީ

  7. ހުވާސް

    ލަދުން ބޯހަލާ ކު މިނިސްޓަރަ ކޯ

    2
    1
  8. ބޮޑު ފަރަންޖީ

    މަހުލޫފް އާއި ގުޅޭ ތިމަސައްކަތް މާބޮޑައްވެސް. ހުރޭ އެކަހަލަ ގޮތެއް

    2
    1
  9. ޓަސް

    ޥަރައްފޮނިދައްކަން އުޅޭ

    2
    1
  10. ބުރޯ

    އަހަރެން ހީކުރީ ސުރުޚީ ކިޔާފަ މީނަ ކޮން މެވެސް އާ އެއްޗެއް އިނޮވޭޓް ކުރީ ކަމަށް، މިސާލަކަށް އާ ސޮފްޓް ވެޔާ އެއް ކަހަލަ ޓެކްނިކަލް ކަމެއް ކުރީ ކަމަށްް

    6
    1
  11. Anonymous

    ހަމަ ފިސާރި ތެދެއް މިބުނީ އަދި ނުފެނެ މިނިސްޓަރު ގެ އަސްލު މަޤާމުގެ ޒިންމާ އުފުލާތައެއް. ހައްތާވެސް މިފެންނަނީ އެހެން ކަންކަމުން މެޑެލް ޖަހަން އުޅޭތަން. ޓިޝޫ ރޯލްކުޅުމާއި ބަދިގޭ މަސައްކަތް ކުރުމާއި ޑެލިވަރީ ކުރުމާއި ބޯގެތުމާއި. ކޮބާތޯ ކުރިން ބުނި ޒުވާނުން ދުޅަހެޔޮކޮށް ތިބެން ބޭރު ކޮންމެސް މީހަކާއި ހެދި އެއްބަސްވުން. އޭގެ ޚަބަރެއްނެތް.