އެދުނީ، ބޮޑު އެގްރީމެންޓެއްގެައި ސޮއިކުރާށެވެ. އެއީ ގޭގައި ފިރިމީހާގެ ލޯބިވެރިޔާއާއެކު އުޅެވޭނެ ކަމުގެ ޔަގީންކަން ދޭ އެގްރީމެންޓެވެ. ހަދާނެ ގޮތް ހުސްވެފައިވާ އެ އިންޑިއާގެ ގުޖްރާތްއަށް ނިސބްަތްވާ އަންހެން މީހާ މިހާރު ވަނީ އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައެވެ.

އެ އަންހެން މީހާ ބުނެފައިވާގޮތުގައި، އެ ފިރިހެން މީހާ މަސައްކަތް ކުރަމުން ދަނީ އޭނާގެ ލޯބިވެރިޔާ އާއި އޭނާ ގުޅުން ބަދަހި ކުރާށެވެ. އަދި ދެ މީހުން ވާހަކަދައްކައިގެން ކަންކަން ހައްލު ކުރާށެވެ. އަދި އެކުގައި އެއް ގެެއެއްގައި ސުލްހަވެރިކަމާއެކު އުޅޭށެވެ. އެހެން ނަމަވެސް އެ ފިރިހެން މީހާ މި ހުރިހާ ކަމެއް ކުރަމުން އެދަނީ ގަދަކަމުންނެވެ. އޭނާގެ އަނބިމީހާއަށް މަޖުބޫރުކޮށްގެންނެވެ.

ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓްކޮށްފައިވާގޮތުގައި، އެ އަންހެން މީހާ އެ ފިރިހެން މީހާއާ ކައިވެނި ކުރީ އަންހެން މީހާގެ އާއިލާއިން ބޭނުން ވެގެންނެވެ. އަދި އެ އަންހެން މީހާ ބުނެފައިވާގޮތުގައި، އޭނަގެ ފިރިމީހާއަކީ ޕްރައިވެޓް ބޭންކެއްގައި މަސައްކަތް ކުރަމުންދާ މީހެކެެވެ. އަދި އޭނާގެ ފިރިމީހާ އެހެން އަންހެނަކާއި ގުޅުން އަޮންނަކަން އެނގުނީ، މި އަހަރުގެ ޖެނުއަރީ މަސް ތެރޭގައި ކަމަށް އޭނާ ވަނީ ބުނެފައެވެ.

""އަހަރެންގެ ފިރިމީހާ ބުނީ، އެމީހުންގެ ގެއަށް އޭނާގެ ލޯބިވެރިޔާ ގެންނަން ބޭނުންވާ ކަމަށް. އަހަރެން އެކަމާއި ދެކޮޅު ހެދުމުން އަހަރެންގެ ގައިގައި ޖެހި، އަދި މަރުގެ އިންޒާރު ދިން. އަދި ލޯބިވެރިޔާއާ ވާހަކަދައްކަން ޝަރުތު ކުރަމުންދޭ". އެ އަންހެން މީހާ ފުލުހަށް ހުށަހެޅި އެ މައްސަލާގައި ވެއެވެ.

އެ އަންހެން މީހާ ބުނީ، އެ އެގްރީމެންޓުގައި ސޮއި ކުރަން މަޖުބޫރު ކުރީ އޭނާ މާބަނޑުވެ މައިންބަފައިން ކައިރިއަށް ބަދަލުވި ފަހުން ޑޮކްޓަރަށް ދައްކަން ދާން ފިރިމީހާ ކައިރީ އެދުމުން، އޭނާ ގޮވައިގެން ގޮސް ކަމަށެވެ.

"މެއި 14 ވަނަ ދުވަހު ފިރިމީހާ އައިސް އަހަރެން ގޮވައިގެން ޑޮކްޓަރަށް ދައްކަން ދިއުމުގެ ބަދަލުގައި ދިޔައީ ވަޑޯޑަރާއަށް، އެތަނަށް ގެންގޮސް އަހަރެންނަށް އަނިޔާކޮށް އެ އެގްރީމެންޓުގައި ސޮއި ކުރަން އިންޒާރު ދިން. އަހަރެން މަރާލަންވެސް އިންޒާރުދިން، ދަރިފުޅު އެބޯޓްކޮށްލަންވެސް ބުނި". އޭނާ ބުނެފައި ވެއެވެ.

އެ އަންހެން މީހާ ބުނީ، ފިރިމީހާގެ ލޯބިވެރިޔާ ވާހަކަދައްކާ ކޮންމެ ފަހަރަކު އޭނާގެ ގައިގައި ފިރިމީހާ ތަޅާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަމްރިޝްޕޫރީ

    އިންޑިޔާއާބެހޭގޮތުން މޮޅުވާހަކަ ނޫން އެހެން ވާހަކައެއް ލިއުމަކީ ކުށެއް!

    14
    1