އިންޑިއާގައި އެތައް ބަޔަކު އެ ތިބީ ގެއަށް ދެވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. ގެއަށް ދެވޭނީ ކޮން ދުވަހެއްގައި ކަމެއް ނޭނގެއެވެ. ދާނެ ވަކި މަންޒިލެއް ނެތި އުޅެމުންދާ މީހުން މަދެއް ނޫނެވެ. އަމިއްލަ އާއިލާއިން، ބިކަކޮށްލި އެތައް ބަޔަކުވެސް އުޅެމުން އެ ދަނީ މަގުމަތީގައެވެ. އިންޑިއާގައި ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި އެ ހާލުގައި އެތައް ބަޔަކު އެ ތިބީ މަގުމަތިވެފައެވެ.

މިއީވެސް އޭގެން މީހެކެވެ. އުމުރުން 70 އަހަރުގެ ލޫލަވަތި ކެޑެރްނަތް ޑުބޭ ނަމަކަށް ކިޔާ މި މީހާ ގެއިން ނެރެލީ އޭނާގެ ދަރިފުޅެވެ.

އޭނާގެ އަމިއްލަ ދަރިފުޅު، އޭނާގެ ގައިގައި ތަޅާ ގެއިން ވަނީ ނެރެލާފައެވެ. އޭނާ މަޑުކޮށްގެން ހުރީ މުމްބާއީގެ ރެއިލްވޭ ސްޓޭޝަންގައެވެ. އޭނާ ބުނެފައިވާގޮތުގައި، އޭނާ ގެއިން ނެރެލާފައިވާއިރު، ދިއްލީގައި އޭނާގެ އެހެން ދަރިއަކުވެސް އުޅެމުންދާ ކަމަށެވެ. އެހެން ނަމަވެސް އެދަރިފުޅުވެސް އޭނާ އެގޭގައި ނުބަހައްޓާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.

"އެ ދަރިފުޅުވެސް އަހަރެން އެ ގޭގައި ނުބަހައްޓާނެ، އެކަމަކު މީހުން ކައިރިން ސަލާން ޖަހައިގެން ވިޔަސް ދިރިއުޅެން ދާން އަހަރެން ބޭނުން ވަނީ ދިއްލީއަށް". އެ އަންހެން މީހާ އެގޮތަށް ބުނެފައިވާ ވީޑިއޯ އެއް މިހާރު މީސް މީޑިއާގެ ސަމާލުކަން ވަނީ ލިބިފައެވެ.

އެ ވީޑިއޯ މީސް މީޑިއާގައި ދައުރުވާން ފެށުމުން، މީހަކު ވަނީ އެ ވީޑިއޯ ރީޓްވީޓްކޮށް އޭގައި އިންޑިއާގެ އެކްޓަރ ސޯނޫ ސުއޫދް ޓެގްކޮށްފައެވެ. އެ އެކްޓަރަކީ މިހާރުވެސް ފުރަބަންދާއި ހެދި އެނބުރި ގެއަށް ނާދެވިފައި ތިބި އެތައް ބަޔަކަށް އެހީތެރިވަމުން އަންނަ އެކަކެވެ.

ސޯނޫ މި ވަނީ އެ އަންހެން މިހާއަށް އެހީތެރިވާނެ ކަމުގެ ޔަގީންކަން ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވިސްނަނީ

    ކޮންފަދަ ނުބައި ބައެއް....މައިންބަފައިންނަށް އެހެން ހަދާލިއިރު ހިތަ ކަށް ނާރާތަ ތިމީހުންވެސް މުސް ކުޅިވާނެ ކަމެއް... އެމަންމަ މުސް ކުޅިވެ..އެހީދޭން ޖެހުނު ދުވަހު ތިދިން ހިތްދަތި ކަމުގެ ބަދަލު؛ މާތްﷲ ނުހިއްޕަވައި ފިއްޔާ ކިތައްމެހާވެސް ރަގަޅު...
    އެމުސް ކުޅި މަންމައަށް ކެތްތެރި ކަން ދެއްވާށި..
    އެހީތެރި ކަން ދިން މީހުންނަށް މާތްﷲ ހެޔޮޖަޒާ ދެއްވާށި... އާމީން..

    17
  2. ދަރަނި ދަންތުރަ

    މޯދީ އަދިވެސް ރާއްޖޭގައި މިލިޓަރީ ބޭސްހަދަން ކަތިފައި ވިއްދާފައި މިހިރީ ގައުމު މީހުން އުޅޭހާލު ލަދުކޮބައި މިގައުމުގައި ތިބި އިންޑިޔާ ހުރިހާ ސިފައިން ގެންދޭ ގެންދޭ

    18