ދާދި ފަހުން ފޯބްސް އިން ހާމަކޮށްފައިވާ ގޮތުގައި މީގެ ކުރިން ބިލިއަންރުންގެ ލިސްޓުން ޖާގަ ހޯދާފައިވާ ކައިލީ ޖެނާގެ އަސްލު ހިސާބުތައް ދައްކާ ގޮތުން އޭނާ އަކީ ހަގީގަތުގައި ބިލިއަނަރެއް ނޫނެވެ. އޭނާގެ އަސްލު މިލްކިއްޔާތު އުޅެނީ 900 މިލިއަން ޑޮލަރުގައެވެ.

ފޯބްސް އިން މިކަން ހާމަ ކުރުމާއި އެކު ކައިލީ ވަނީ ވަރަށް ރުޅި އައިސް ޓްވީޓުތަކެއްވެސް ކޮށްފައެވެ. އަދި އެ ލިސްޓުގައި ކޮންމެ ގޮތަކަށް އޮތަސް އޭނާ ހާސް ނުވާ ކަމަށްވެސް ކައިލީ ވަނީ ބުނެފައެވެ.

ނަމަވެސް، މިހާރު ފެންނަ މަންޒަރުތަކުން ކައިލީ ހުރީ ހާސްވެފައިކަން ހާމަވެގެން ދެއެވެ. މިހާރު ކައިލީގެ މަންމަ ކަމުގައިވާ ކްރިސް ޖެނާގެ ފަރާތުންވެސް ވަރަށް ބޮޑަށް ފެންނަމުން ދާއިރުގައި ރިޕޯޓުތައް ބުނާގޮތުން ކައިލީ މިހާރު ކަންބޮޑުވެފައި ހުރީ އެކަމުގެ ސަބަބުން އޭނާގެ ވިޔަފާރި އަށް އަސަރު ކޮށްފާނެތީ އާއި އޭގެ އިތުރުން، ސަރުކާރުގެ ސަމާލުކަންވެސް އެކަމަށް ލިބިދާނެކަމަށްޓަކައެވެ.

ސައްހަ ނޫން ލިޔެކިޔުންތައް ބޭނުން ކޮށްގެން މިލްކިއްޔާތު އޮޅުވާލުމަކީ ކުށެކެވެ. ފޯބްސް އިން ބުނެފައި ވަނީ ކައިލީ ކަންތައް ކޮށްފައި ވަނީ އެގޮތަށް ކަމަށާއި އޭނާ މީޑިއާތަކަށް ދައްކާ ވަރަށް ވުރެން ކައިލީގެ ވިޔަފާރި ކުޑަ ކަމަށެވެ.

މިހާރު ކައިލީގެ ގާނޫނީ ވަކީލު ވަނީ ފޯބްސް އިން އާއްމު ކުރި ލިޔުން ނެގުމަށް ފަހުގައި އެކަން އާއްމުންނަށް ހާމަ ކުރުމަށްވެސް އަންގާފައެވެ. ނަމަވެސް ފޯބްސް އިން އެކަން ކުރާނެ ކަމަކަށް ނުބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހަބީބު

    ޓިކްޓޮކް ވީޑިއޯއެއް ހަދާލާ ކައިލީ

    16
    1
  2. ޔަހާން

    މި މީހުން ނެހެދޭނީ ކޯޗަކައް. މީނާއަކީ މޫނުގައި ޓޭޕްއަޅައި ފައުންޑޭސަން އެޅިއެޅީނުން މޭކަޕް ކޮއްފަ ހުންނައިރު ހީވެސް ނުލެވޭ މީހެއް.މިކަން އެނގުނީވެސް ވަރައްފަހުން މޭކަޕް ނުކޮއް ހުއްޓާ މީހަކު ނެގި ފޮޓޯއަކުން.

    27
    1
  3. އިލޮން މާސްކު

    ޙާލުގައިޖެހިފަތިބި ފަގީރުންނަށް އެހީނުވާ އަމިއްލައަށް މަޝްހޫރު ވާން މިލްކިއްޔާތު ޙީލަތާއި މަކަރުން އޮޅުވާލާ ބޮޑާވެރި އަންހެނާ ، ކަލެއަށްވުރެ މިސްޓަރބީސްޓް މާ ރަނގަޅު. އޭނައަކީ އަނެއްކާ ޔޫޓިއުބުގައި ބައިވަރު ސަބްސްކްރައިބުންތަކެއް ލިބި ފަގީރުންނަށް އަވަދިނެތިކޮށް ހިލޭސާބަހަށް އެހީވެ އުޅޭ ޔޫޓިއުބަރެއް.

    32
    2
  4. ދަރަނި ދަންތުރަ

    ފުޓޯ ބަދަލްކޮށްދެއްވީތީ ސުކުރިއްޔާ

    33
    1