ގުދުރަތީ ގޮތުން އުފެދިފައި ހުންނަ ކަނޑުތަކާއި ކޯރާއި ފެންގަނޑުތަކަކީ އޭގެ ހަޤީޤީ ޒާތުގައި ނޫކުލަ އޭގައި އެކުލެވިގެންވާ އެއްޗެކެވެ. ނަމަވެސް ބައެއް ކަނޑުތަކާއި ކޯރުތަކުގެ އިތުރުން ފެންގަނޑުތަކުގެ ކުލަ ގަބޫލު ކުރަންވެސް ދަތި ކުލަ ކުލައަށް ބަދަލުވެއެވެ.

މިގޮތުން އޮސްޓްރޭލިއާގެ އުތުރުގެ ސަރަހައްދެއްގައި އޮންނަ " ސްޕެންސާ ލޭކް " އަކީ މިގޮތުން ފާހަގަކޮށްލެވޭ ފެންގަނޑެކެވެ.

އެއީ އެފެންގަނޑުގެ ހުންނަ ފެނުގެ ކުލައަކީ ފިޔާތޮށި ކުލައަށް ވުމެވެ. ބަލާލަން ކިތަންމެ ހިތްގައިމަތް އެ ފެނަކީ އޭގައި ވިހަ އެތަކެއް މާއްދާތަކެއް އެކުލެވޭ ފެނެއް ކަމަށް ސައިންސްވެެރިން ބުނެއެވެ. އަދި ފެނުގެ ކުލަ ފިޔާތޮށި ކުލައަށް ބަދަލުވަނީ ފެނުގައި އެކުލެވޭ ވިހަ މާއްދާތަކުގެ ސަބަބުންކަމަށްވެސް ސައިންސްވެރިން ބުނެއެވެ.

އަދި އެ ފެންގަނޑުގެ ފެނުގެ ކުލަ އެކި މޫސުންތަކަށް ބަދަލުވާއިރު ފެންގަނޑުގައި ފިޔާތޮށިކަން އެންމެ ގަދަވަނީ ހޫނު މޫސުމުގައެވެ. 99 ހެކްޓަރ ބޮޑުމިނުގެ އެ ފެންގަނޑުގެ ފުޅާމިނުގައި 2 ކިލޯ މީޓަރު ހުރެއެވެ.

ސްޕެންސާ ލޭކް އަކީ ދުނިޔޭގެ ފަތުރުވެރިކަމަށް ދުނިޔޭގައި އެންމެ މަގުބޫލު އެއް މަންޒިލެވެ. އެގޮތުން އަހަރެއްގެ މައްޗަށް 3 މިލިއަން ފަތުރުވެރިން އެ މަންޒިލަށް ޒިޔާރަތް ކުރެއެވެ. އަދި އެފެންގަނޑުގެ ސަބަބުން ބޮޑު އާމްދަނީއެއް ލިބޭ ކަމަށް އެގައުމުގެ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެއެވެ. ސްޕެންސިލާ ލޭކްގެ ފެން ބައެއް މީހުން ބޭސްވެރިކަމަށްވެސް ބޭނުންކުރެއެވެ. އެއީ ބައެއް މީހުންގެ ނަޒަރުގައި އެފެނަކީ އޭގައި ހާއްސަކަމެއް އެކުލެވިގެންވާ ފެނަކަށް ވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު