ދެމަފިރިންގެ ދެމެދުގައި ލޯބި އިތުރު ކުރަމަކީ ގުޅުން އެންމެ ވަރުގަދަ ކުރާ އެކައްޗެވެ. ލޯބި އިތުރު ކުރުމަށް ހަމައެކަނި ދޭން ޖެހޭ އެއްޗަކީ ހަދިޔާ އެއްވެސް ނޫނެވެ. އަގުބޮޑެތި އެއްޗެއްސެއްވެސް ނޫނެވެ. އެކުގައި ހޭދަ ކުރާ ވަގުތަކީ މިއީ ވަރަށް މުހިންމު އެއްޗެކެވެ.
ކޮވިޑް-19 އާ ހެދި މާލެ ސިޓީ ފުރަބަންދުކޮށްފައިވާ މި ދަނޑިވަޅުގައި ގޭގައި ބަންދުވެފައި ތި ހުންނަނީ އަނބިމީހާއާއެކު ނޫނީ ފިރިމީހާއާއެކުގައެވެ. މިއީދެމަފިރިން ލޯބި އިތުރު ކުރަން ވަރަށް ރަނގަޅު ފުރުސަތަކަށް ވެގެންދާނެއެވެ. ސަބަބަކީ ދެމަފިރިން އުޅެމުން ދަނީ އެކު އެކީގައި ކަމަށްވާތީއެވެ.
އެހެންކަމުން ދެމަފިރިން ގޭގައި ތިބެގެން ލޯބި އިތުރު ކުރުމަށް ކުރަންވީ ކަންކަން ކިޔާދީފާނަމެވެ.
1 އެންމެ އިސްކަމެއް ދޭންވީ ލޯބީގެ ދިރިއުޅުމަށް
މިއީ ފުރަބަންދުގެ ދުވަސް ވަރެއް ވިޔަސް ނޫނަސް،އެންމެ ބޮޑު އެއް ހާއްސަކަމެއް ދޭން ޖެހޭނީ ހަޔާތުގެ ބައިވެރިޔާއަށެވެ. މާނައަކީ އާއިލާއާ ރަހުމަތްތެރިންނަށް ވަގުތު ނުދޭށެކޭ ނޫނެވެ. ވީހާވެސް ގިނަ ވަގުތު އަނބިމީހާ ނޫނީ ފިރިމީހާއާއެކު ހޭދަކޮށް ލޯބި އިތުރު ކުރަން މަސައްކަތް ކުރާށެވެ. އެއީ ތިމާ މުޅި ދިރިއުޅުން ހޭދަ ކުރަމުން ދާނީ ތި ލޯބީގެ ގުޅުމުގެ މައްޗަށެވެ.
2 ހާއްސަ މީހެއް ހެން ހީވާ ފަދަ އިހުސާސެއް ގެނުވުން.
އެކުގައި މި ހޭދަކުރަމުންދާ ވަގުތުތަކުގައި، ވަގުތު ދީ އެކުގައި ކެއްކުމާއި ކަންކަމުގައި ޝާމިލު ވާށެވެ. އަދި އެކުގައި ފިލްމް އެއްޗެހި ބެލުމާއި، ބައިވެރިޔާއަށް މީރު ހާއްސަ އެއްޗެއް ކައްކާ ސަޕްރައިޒް ދިނުމަކީވެސް ކުރެވިދާނެ ކަމެކެވެ.ނޫނީ ހަމަ ކޭންޑްލް ލައިޓް ޑިނާއެއް ގޭގައި ތައްޔާރުކޮށްލެވިދާނެއެވެ/
3 ވަގުތު ދިނުން ވަރަށް މުހިންމު
ވަގުތަކީ ވަރަށް މުހިންމު އެއްޗެކެވެ. ގެއްލިއްޖެ ވަގުތެއް އަނބުރާ ނުލިބޭނެއޭ ބުނާ ބީދައިން، އެކުގައި ވަގުތު ހޭދަކޮށް ބައިވެރިޔާ ބީވެ ނުދާނެ ވަރަށް ލޯބި ދީ ހުސްކޮށްލާށެވެ. ވާހަކަދައްކާށެވެ. ހީ ސަމާސަކޮށް ސަކަރާތް ޖަހާށެވެ.
4 ކޮންމެވެސް ވަރަކަށް އެކަނިވާން ވަގުތު ދީ
އެކުގައި މިހެން ގޭގައި ބަންދުވެފައި އޮތް ނަމަވެސް، ބައިވެރިޔާ އެކަނި ވެލަން ވަގުތު ކޮޅެއް ދިނުން ވަރަށް މުހިންމެވެ. އެއިރުން އެމީހަކަށް ވަރަށް ބޮޑަށް އޭނާގެ ހަޔާތާއި މެދު ވިސްނާ ލުމަށް ފުރުސަތު ލިބޭނެއެވެ.
ކައިރި ވާކަށް ނުކެރެ.ބިރު ގަންނަނީ...
ބިރުގަންނަންޏާ ޓެސްޓަކަށް އެ ހިޔާލް ތައް ހިތައް ގެނެސް އެކަމައް ސައުގު އުފެދޭތޯ މަސައްކަތް ކުރޭ