ސިއްރުން ބައްދަލު ކުރި ލޯބިވެރިޔާ ކޮނޑަށް ލައިގެން އިންޑިއާގައި އަންހެން ކުއްޖަކު ގަންހިންގުވި މައްސަލައެއް ފެންމަތިވެއްޖެއެވެ.

އެ މައްސަލަ ބޮޑަށް ފެންމަތިވެފައި ވަނީ، އެ ކުއްޖާ، އޭނަގެ ލޯބިވެރިޔާ ކޮނޑަށް ލައިގެން ގަން ހިންގުވާ މަންޒަރު ފެންނަ ވީޑިއޯ އާއްމު ކުރި ފަހުންނެވެ.

އުމުރުން 16 އަހަރުގެ އެ އަންހެން ކުއްޖާ ލޯބިވެރިޔާއާ ބައްދަލު ކުރި އެ މައްސަލާގައި ފުރަތަމަ އެ ކުއްޖާގެ ގައިގައި ހައްދު ޖެހީ އެވެ. އެ މައްސަލާގާއި ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އަދި މީގެ އިތުރުން، އެ އަންހެން ކުއްޖާގެ، އުމުރުން 20 އަހަރުގެ ލޯބިވެރިޔާ ވެސް ވަނީ އެމައްސަލާގައި ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ އެ ކުއްޖާއާ ކައިވެނި ކުރާނެ ކަމަށް ބުނެ، އެ ކުއްޖާ ގޮވައިގެން ފިލުމުންނެވެ.

އެ ކުއްޖާގެ ގައިގައި ހައްދު ޖަހާފައި ވަނީ، އެ ކުއްޖަގެ ބޮޑު ބޭބެ އާއި އަދި އިތުރު ބައެއް މީހުންނެވެ. އެ ކުއްޖާގެ ގައިގައި ހައްދު ޖެހުމަށްފަހު، ލޯބިވެރިޔާ ވައަތު ކޮޑަށް އަރުވައިގެން އެ ކުއްޖާ މަގުމަތީގައި ގަން ހިންގުވީ މިދިޔަ މެއި މަހުގެ 28 ވަނަ ދުވަހުއެވެ.

ފުލުހުން ބުނެފައިވާގޮތުގައި، އެ ކުއްޖާ ގައިގައި ހައްދުވެސް ޖަހާފައި ވަނީ ހަމަ އެ ދުވަހު ކަމަށާއި، އެކަމަކު އެ ވީޑިއޯ އާއްމު ވެފައި ވަނީ ދެ ދުވަސް ފަހުން ކަމަށެވެ. އެ ވީޑިއޯގެ މައްސަލާގައިވެސްބަޔަކު ވަނީ ހައްޔަރުކޮށްފައެެވެ.

"އެ ކުއްޖާ ގައިގައި ހައްދު ޖެހި ވީޑިއޯގައި އެ ކުއްޖާގެ ލޯބިވެރިޔާ ނުފެނޭ، އެކަމަކު ފަހުން އެ ކުއްޖާގެ ލޯބިވެރިޔާ ކޮނޑަށް ލައިގެން ގަންހިންގުވި މަންޒަރު ވީޑިއޯވެސް އެ އޮތީ ދައުރުވެފައި. މިއީ އެ ވިލޭޖުގެ މީހުން ހިންގާފައިވާ އިންސާނިއްޔަތާއި ހިލާފު ކަންކަން". ފުލުހުން ބުނެފައި ވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ކުއްޖާ ގައިގައި ހައްދު ޖަހަން އެކަކު ދަނޑިބުރި ހަލާކު ވަންދެން އެ ކުއްޖާގެ ގައިގައި ހައްދު ޖަހާފައި ވެއެވެ. އަދި އެ ކުއްޖާގެ ބިންމައްޗަށް އެއްލާލައި، ގައިގައި ފައިންވެސް ތަޅާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖ

    ހައްދު ޖެހުމެއް ނުކިޔާނެ ތިޔަކަށް. ތިޔަށް ކިޔާނީ ތެޅުން.

    10
    1
  2. ނަސީދު

    އަންހެން މީހާއަށް ހުރިހާ ވަރެއް.. އިންޑިޔާގައި އުޅެނީ ޖަނަވާރުންތަ؟

    8
    1