ބޮލީވުޑްގައި އެންމެ ގަޔާވާ އެންމެ ލޯބިދެމަފިރިންގެ ގޮތުގައި ފާހަގަކޮށްލެވޭ ދެ މީހުންނަކީ ދިޕިކާ ޕަދުކޯން އާއި އޭނާގެ ފިރިމީހާ ރަންވީރު ސިންގއެވެ. ދެ މީހުންގެ ލޯބީގެ ވާހަކަތައް މީސް މީޑިއާގެ ސަމާލުކަމަށް އަބަދުވެސް އާދެއެވެ. އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވާކން އަބަދުވެސް ދެ މީހުން ދަނީ ދައްކަމުންނެވެ.

މދެ މީހުންވެސް މިހާރު އެ ތިބީ ކޮވިޑް-19 އާ ހެދި ގޭގައި ބަންދުވެފައެވެ. އެމަަކު އެ މީހުން ތިބީ ފޭނުންނާއި ދުރުގައެއް ނޫނެވެ. އަބަދުވެސް ކޮންމެވެސް ކަމެއް ކޮންމެވެސް އެއްޗެއްގެ ވާހަކަތައް ދިޕިކާ ނޫނީ ރަންވީރު މީސް މީޑިއާގެ ސަމާލުކަަމަށް ގެނެސް، ފޭނުން ހެއްވާލައެވެ.

މިއީވެސް އެގޮތަށް މީސް މީޑިއާގައި ދިޕިކާ އާއްމު ކުރި ޕޯސްޓެކެވެ. އެއީ ރަންވީރުގެ އާއިލާ ގްރޫޕެއްގެ ތެރޭގައި ދައްކާފައިވާ ވާހަކަތަކެއްގެ ސްކްރީން ޝޮޓެކެވެ. މިއީ ފޭނުންނަށްވެސް ސަޕްރައިޒަކަށް ނުވިއެވެ.

ދިޕިކާ އާއްމު ކުރި އެ ފޮޓޯގެ ކެޕްޝަންގައި ދިޕިކާ ވަނީ އާއިލާ ތެރޭގައި އޮތް ގާތް ގުޅުމުގެ ވާހަކަ ހިއްސާކޮށްފައެވެ.

އެ ފޮޓޯ ދިޕިކާ އާއްމުކޮށް، ދިޕިކާ ބުނެފައި ވަނީ، "މިއީ އަހަރުމެންގެ އުޅުން ހުންނަ ގޮތް ކަމަށާއި، އަހަރުމެން އާއިލާ ތެރެއިން މީހަކަށް ބޮޑު ކަމެއް ނޫނީ ބޮޑު ދުވަހެއް އަތުވެއްޖެ ނަމަ އެންމެންވެސް އެކަމަށް ސަމާލުކަން ދޭ، ހިތްވަރުދޭ. މި ކޭސްގައިވެސް ވީ އެހެން،، އެންމެންވެސް އެޕްރިސިޓް ކުރި އަހަރެންގެ ފިރިމީހާ އިންޓަވިއުގައި ވާހަކަދެއްކި ގޮތަށް، އަދި މީގެ ކުރިންވެސް ފީޑްބެކްވެސް ވަނީ ދީފައި، އަދި ރަނގަޅު ކުރަންވީ ކަންކަންވެސް ވަނީ ކިޔާދީފައި"ކަމަށެވެ.

ދިޕިކާ މި ވާހަކަތައް ހިއްސާކުއިރު، އެ މެސެޖްތަކުގެ ތެރެއިންވެސް އާއްމުންގެ ބޮޑު ސަމާލުކަމެއް ލިބިގެން ގޮސްފައި ވަނީ، އޭނާ ފިރިމީހާގެ ނަމްބަރު ސޭވްކޮށްފައި އިންނަ ގޮތުންނެވެ. ދިޕިކާ އޭނާގެ ފިރިމީހާގެ ނަމްބަރު ސޭވްކޮށްފައި އިންނަނީ "ހޭންޑްސަމް" ޖަހާފައެވެ. މިކަން މިއީ އޭނާގެ ފޭނުން ވަރަށް ބޮޑަށް ފާހަގަކުރި ކަމެކެވެ.

ދިޕިކާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ މެގްނާ ގުލްޒާރުގެ ޗައްޕާކްއިންނެވެ. އަދި މި އަހަރު ތެރޭގައި ރަންވީރުގެ ބޮޑު ދެ ފިލްމެއް ނެރޭނެއެވެ. އެއީ ސޫރްޔާވަންޝީ އާއި 83 އެވެ. އެހެން ނަމަވެސް ކޮވިޑް-19 އާ ހެދި ދެ ފިލްމްވެސް މިހާރު ވަނީ ނެރުން ފަސްކޮށްފައެވެ.