މަޝްހޫރު ޑްރާމާ ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭގައި ކީރްތީގެ ރޯލުން މަގްބޫލުކަން ހޯދާފައިވާ، މޮހެނާ ކުމާރީ އަށް ކޮވިޑް-19 ޖެހިއްޖެއެވެ.

މޮހެނާއަށް ކޮވިޑް-19 ޖެހުނުކަން އޭނާ ހާމަކޮށްފައި ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ކުރި ޕޯސްޓެއްގައެެވެ.

މިއަދުގެ ހެނދުނުގެ ވަގުތެއްގައި މޮހެނާ އޭނާއަށް ކޮވިޑް-19 ޖެހުނުކަން ހާމަ ކުރިއިރު، އިތުރު މައްސަލަތަކާއި ކުރިމަތިވެފައިވާކަން އޭނާ ވަނީ ބުނެފައެވެ. އަދި މި ދުވަސްތަކަކީ އުނދަގޫ ދުވަސްތަކެއް ކަމަށާއި، ހާއްސަކޮށް ގޭގައި އުޅެމުންދާ ކުޑަކުދިންނަށާއި، އުމުރުން ދުވަސްވީ މީހުންނަށް ކަމަށެވެ.

"އެހެން ނަމަވެސް އަހަރެން ދުއާ މި ކުރަނީ މިކަމުން އަވަހަށް އަރައިގަނެވޭތޯ. އަހަރުމެންގެ ހާލު ރަނގަޅު، އަހަރުމެން ޝަކުވާ ކުރަކަށް ނެތި، އަހަރުމެންނަށް ވުރެ ހާލުގައި އުޅޭ ބަޔަކު އެބަތިބި". އޭނާ ބުނެފައި ވެއެވެ.

https://www.instagram.com/p/CA6K7hNDJ-Y/?utm_source=ig_embed

މޮހެނާ ކައިވެނިކޮށްގެންް އުޅެނީ ސުޔޭޝް ރަވަތް އާއެވެ. އެއީ އުއްތަރްޚާންދްގެ ފަތުރުވެރިކަމާއި ބެހޭ މިނިސްޓަރުގެ ދަރިފުޅެވެ.

މޮހެނާ މި ބަޔާން ނެރެފައި ވަނީ، އޭނާގެ ފިރިމީހާ އާއި، ފިިރިމީހާގެ މަންމަ އަދި ދައްތަ އާއި ދައްތުގެ ފަސް އަހަރުގެ ދަރިފުޅުގެ އިތުރުން އާއިލާގެ އިތުރު ބަޔަކު ކޮވިޑް-19 އަށް ފައްސިވެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށް ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެންނެވެ.

މޮހެނާއަކީ މަދްޔާ ޕްރަދޭޝްގެ ރޭވާއަށް އުފަން ޝާހީ އާއިލާއަކަށް ނިސްބަތްވާ ތަރިއެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކާށި ބޯޓު

    ސުކުން ނަގާފތަ؟