މުޅި ދުނިޔެއިން ކޮވިޑް-19 ބަލި ނެތިގެން ހިނގައި ދާނެ ކަމަށް ބުނެ އިންޑިއާގެ ފާދިރީއަކު އާންމުންގެ މީހެއްގެ ކަރު ބުރި ކޮށްލައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ އިންޑިއާގެ ސިޓީއެއް ކަމަށްވާ ބުބަނެސްވަރުގައެވެ. ސަރޮޖް ނަމަކަށް ކިޔާ މި ފިރިހެން މީހާގެ ކަރު ބުރި ކޮށްލާފައިވަނީ ސަންސާރީ އޮހާ ނަމަކަށް ކިޔާ ބްރަހްމަނީ ޑެއި ފައްޅީގައި އުޅޭ ފާދިރީއެކެވެ.

އެ ފިރިހެން މީހާގެ ކަރު ބުރި ކުރި މައްސަލައިގައި ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އޭނާ ވަނީ އަމިއްލަށް ގޮސް ހަވާލުވެފައެވެ. ފުލުހުން ބުނީ، އޭނާ އެ ފިރިހެން މީހާގެ ކަރު ބުރި ކޮށްފައިވަނީ އޭނާގެ ހުވަފެނުގައި އެމީހުންގެ ކަލާނގެ، ކޮވިޑް-19 ގެ ބަލި މަޑުކަން ނިމުމަކަށް ގެނައުމަށް އިންސާނެއްގެ ފުރާނަ ގުރުބާން ކުރަން އަމުރު ކޮށްފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ.

"އޭނާ ބުނީ، ހުވަފެނުގައި އެމީހުންގެ ކަލާނގެ އޭނާގެ ކައިރީ އިންސާނެއްގެ ފުރާނަ ގުރުބާން ކުރުމުން ކޮވިޑް-19 ގެ ކަންތައް ނިމިގެން ދާނެ ކަމަށް އަދި އެކަމަށް އޭނާ އިންކާރު ނުކޮށް ކުރީ ކަމަށް" ފުލުހުން ބުންޏެވެ.

މި ހާދިސާގައި މަރުވެފައިވާ މީހާގެ ހަށިގަނޑުގެ އޮޓޮޕްސީ ރިޕޯޓެއް ހެދުމަށް މިހާރު ފޮނުވާލާފައިވާއިރު، އޭނާ މަރާލާފައިވާ ހަތިޔާރު ފުލުހުން ވަނީ ހޯދާފައެވެ. އަދި މި މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ވަނީ ބުނެފައެވެ.

އިންޑިއާގައި މިހާދިސާ ހިނގާފައިވާއިރު، ދާދި ފަހުން އެމެރިކާގެ ފާދިރީއަކު ވަނީ ގިނަ އަދަދެއްގެ ބަޔަކަށް ކޮވިޑް-19 ގެ ފަރުވާއެއް ކަމަށްބުނެ ބްލީޗް ވިއްކާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަމަތުﷲ

    لغة الله عليه

    10
  2. އަމަތުﷲ

    لعنة الله عليه. كذاب أسر

    11
  3. އަމަތުﷲ

    سبحان الله!!! نعوذ بالله من شر ذلك العل

    13
  4. ީìމ

    سبحان الله!!! نعوذ بالله من شر ذلك العل